އިޒްރޭލުން ހިފާފައިވާ ހުޅަނގު އައްސޭރީގައި އަލުން ޔަހޫދީން އާބާދުކުރި އެތައް ސަރަހައްދުތަކެއް އިޒްރޭލުގެ ސަރަހައްދުގެ ގޮތުގައި އިޒްރޭލުގެ ކެބިނެޓުން ކަނޑައަޅައިފި އެވެ.
އިޒްރޭލުން ހިފާފައިވާ ހުޅަނގު އައްސޭރީގައި އަލުން ޔަހޫދީން އާބާދުކުރި އެތައް ސަރަހައްދުތަކެއް އިޒްރޭލުގެ ސަރަހައްދުގެ ގޮތުގައި އިޒްރޭލުގެ ކެބިނެޓުން ކަނޑައަޅައިފި އެވެ.
މި ނިންމުމާ އެކު ފަލަސްތީނުގެ ފޮރިން މިނިސްޓްރީން ވަނީ ބައިނަލްއަގުވާމީ ގާނޫނުތަކަށް ގޮންޖަހައި އިޒްރޭލުން ބިންތައް ފޭރުނު މައްސަލަ ކުށްވެރިކޮށްފަ އެވެ.
އިޒްރޭލުން 1967 އިން ފެށިގެން ހުޅަނގު އައްސޭރި ހިފައިގެން ތިބޭއިރު އެއީ ފަލަސްތީނުގެ ތިން މިލިއަނެއްހާ މީހުންގެ ވަޒަނެވެ. އެތަނުގައި އިޒްރޭލުގެ 500،000 މީހުން އުޅޭއިރު ބައިނަލްއަގުވާމީ ގާނޫނުތަކުގެ ދަށުން އެއީ ޣައިރު ގާނޫނީ އާބާދީތަކެކެވެ.
އިޒްރޭލު ކެބިނެޓުގެ ނިންމުމުގެ ފަހަތުގައި ހުރި އިޒްރޭލުގެ ފިނޭންސް މިނިސްޓަރު، ހަރުކަށި ފިކުރުގެ ވަޒަންވެރިއެއް ކަމަށްވާ ބެޒަލޭލް ސްމޮޓްރިޗް ވަނީ މިއީ ހުޅަނގު އައްސޭރީގައި ޔަހޫދީން އާބާދުކުރުމުގައި އެޅުނު މުހިންމު ފިޔަވަޅެއްގެ ގޮތުގައި ސިފަކޮށްފަ އެވެ. ސްމޮޓްރިޗަކީ އިރުމަތީ ގުދުސް ފޭރިގަތް ގޮތަށް ހުޅަނގު އައްސޭރި ވެސް އިޒްރޭލުން ފޭރިގަތުމަށް ގޮވާލުމުގައި އިސްކޮށް ހުންނަ މީހެކެވެ.
"ކޮންމެ (އަވަށެއް) ވަކި ނެއިބަހުޑެއްގެ ގޮތުގައި ބަލައިގަތުން... މިއީ ތަރައްގީއަށް މުހިންމު ފިޔަވަޅެއް،" ޓެލެގްރާމްގައި ސްމޯޓްރިޗް މިއީ އިންގިލާބެއް ކަމަށް ސިފަކޮށް ބުނެފައިވެ އެވެ.
"ފޮރުވިގެން ތިބެ، މާފަށް އެދުމުގެ ބަދަލުގައި ދިދަ އުފުލައި ވަޒަންވެރިވަނީ،" އޭނާ ބުނެފައިވެ އެވެ. ފަލަސްތީނުގެ ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ވަނީ ހުޅަނގު އައްސޭރީގެ އުތުރުގައި އިޒްރޭލުގެ އަސްކަރީ ބޮޑު އޮޕަރޭޝަނެއް ހިންގަމުންދާއިރު، އެއީ ފަލަސްތީނުގެ ބިންތައް ފޭރުމުގައި މި ފަހުން އެންމެ ފުޅާކޮށް ހިންގާ ހަރަކާތް ކަމަށް ބުނެފަ އެވެ.
ތަރައްގީ ކުރަން އިޒްރޭލުގެ ކެބިނެޓުން ފާސްކުރި 13 އާބާދީތައް ހުރީ ހުޅަނގު އައްސޭރީގެ އެކި ހިސާބުތަކުގަ އެވެ. އޭގެ ތެރެއިން ބައެއް ސަރަހައްދުތައް ބޮޑެވެ. އަދި ވަކިވަކިން ހުރި ކުދި ސަރަހައްދުތައް ވެސް ހިމެނެ އެވެ.
ހުޅަނގު އައްސޭރީގައި ޔަހޫދީން ވަޒަންވެރިކުރުމާ ދެކޮޅު އިޒްރޭލުގެ އެންޖީއޯއެއް ކަމަށްވާ ޕީސް ނައު އިން ވަނީ އިޒްރޭލާ އެކު ފަލަސްތީނުގެ ދައުލަތެއް އުފެއްދުމަށް ކުރާ މަސައްކަތަށް ކެބިނެޓުގެ ނިންމުމާ އެކު އިތުރަށް ހުރަސްއެޅޭނެ ކަމަށް ބުނެ އެ ނިންމުން ކުށްވެރިކޮށްފަ އެވެ.
އަރަބި ވަޒީރުންނަށް އިޒްރޭލުން ހުރަސްއަޅައިފި
ޑިޕްލޮމެޓުންގެ ޓީމަކާ ދިމާލަށް އިޒްރޭލުން ބަޑިޖަހައިފި
ކާރުތަކަށް ގާ އުކާ ކަމަށް ބުނެ ކުއްޖަކު ޝަހީދުކޮށްފި
"ގާ އުކާތީ" ފަލަސްތީނު ކުއްޖަކު ޝަހީދުކޮށްލައިފި
ހުޅަނގު އައްސޭރިން އެތައް ހާސް ބަޔަކު ނެރެލައިފި
ހުޅަނގު އައްސޭރީގައި މާބަނޑު މީހަކު ޝަހީދުކޮށްލައިފި
ހުޅަނގު އައްސޭރީގައި މިއަހަރު 70 މީހަކު ޝަހީދުކޮށްފި
އިޒްރޭލުން ހުޅަނގު އައްސޭރި ފޭރެން އުޅޭތީ ކަންބޮޑުވުން
ބިން ފޭރުމުގެ ބޮޑު ޕްލޭން އިޒްރޭލުން ތަންފީޒުކުރަނީ
ފަލަސްތީނު މީހަކު ވެހިކަލެއްގެ ބޮނެޓް މަތީ އައްސާފައި!