އިޒްރޭލުން ހިފާފައިވާ ފަލަސްތީނުގެ ހުޅަނގު އައްސޭރީގައި ޔަހޫދީން އާބާދުކުރުމުގެ އާ ޕްލޭނަކީ ފަލަސްތީނުގެ މިނިވަން ދައުލަތެއް އުފެއްދުމުގައި އެކަމަށް ހުރަހަކަށް ވެދާނެ ކަމުގެ އިންޒާރު ބައިނަލްއަގުވާމީ މުޖުތަމައުން އިންޒާރު ދެމުން ދަނިކޮށް އިޒްރޭލުން އެކަން ރަސްމީކޮށް ފާސްކޮށްފި އެވެ.
އިޒްރޭލުން ހިފާފައިވާ ފަލަސްތީނުގެ ހުޅަނގު އައްސޭރީގައި ޔަހޫދީން އާބާދުކުރުމުގެ އާ ޕްލޭނަކީ ފަލަސްތީނުގެ މިނިވަން ދައުލަތެއް އުފެއްދުމުގައި އެކަމަށް ހުރަހަކަށް ވެދާނެ ކަމުގެ އިންޒާރު ބައިނަލްއަގުވާމީ މުޖުތަމައުން އިންޒާރު ދެމުން ދަނިކޮށް އިޒްރޭލުން އެކަން ރަސްމީކޮށް ފާސްކޮށްފި އެވެ.
ގުދުސްގެ އިރުން އޮންނަ އީ1 ގެ ނަމުން ނަންދީފައިވާ ގާތްގަނޑަކަށް 12 އަކަ ކިލޯމީޓަރު (ފަސް އަކަ މޭލު) ގެ ސަރަހައްދަކީ އިޒްރޭލުން އަބަދުވެސް އެ މީހުންގެ ބާރުގެ ދަށަށް ގެންދަން ބޭނުންވާ ތަނެކެވެ. ނަމަވެސް ބައިނަލްއަގްވާމީ ގޮތުން ދެކޮޅު ހެދުމުގެ ސަބަބުން އެ މަސައްކަތް އޮތީ ހުއްޓިފަ އެވެ.
ފާޑުކިޔާ ފަރާތްތަކުން ބުނަނީ ޔަހޫދީންނަށް އަޅައިދޭ ގެތަކުގެ ސަބަބުން ހުޅަނގު އައްސޭރި ދެ ބަޔަށް ބެހޭނެ ކަމަށެވެ. އިރުމަތީ ގުދުސް އަކީ ފަލަސްތީނުގެ ވެރިރަށުގެ ގޮތުގައި ކަނޑައެޅުމަށާއި ފަލަސްތީނު ރައްޔިތުން އެއްބައިވަންތަ ކުރުވުމަށް ފަހު ހުރަހަކަށް މިކަން ވާނެ ކަމަށް އެ މީހުން ބުނެ އެވެ.
މިދިޔަ ހަފުތާގައި އިޒްރޭލުގެ ހަރުކަށި ފިކުރުގެ ފިނޭންސް މިނިސްޓަރު ބެޒަލޭލް ސްމޮޓްރިޗް ވަނީ ގުދުސް އާއި އިޒްރޭލުން މައާލީ އަދުމީމްއާ ދެމެދު އޮންނަ މައްސަލަ ބޮޑު ބިމެއްގައި ގާތްގަނޑަކަށް 3،400 ގެ އެޅުމުގެ ޕްލޭން ފާސްކޮށްފަ އެވެ.
ހުޅަނގު އައްސޭރީގައި ޔަހޫދީންނަށް އާ އާބާދީއެއް ތަރައްގީކޮށްދޭން ފާސްކުރުމާ އެކު ރާމަﷲގެ ފަލަސްތީނު އޮފީހުން ވަނީ އެ ނިންމުން ހަރުކަށިކަމާ އެކު ކުށްވެރިކޮށްފަ އެވެ.
"މިކަމުގެ ސަބަބުން ދެ ދައުލަތުގެ ހައްލު ތަންފީޒު ކުރުމުގެ ފުރުސަތު ކުޑަވެ، ފަލަސްތީނުގެ ދައުލަތެއް ގާއިމުކުރުމާއި، އެ ގައުމުގެ ޖިއޮގްރަފީ އަދި ޑިމޮގްރަފިކް އެއްބައިވަންތަކަން ގެއްލި ދިއުމުގެ ބިރު ވެސް އޮންނާނެ ކަމެއް،" ޕީއޭގެ ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ.
ހުޅަނގު އައްސޭރި ހިފުމަކީ ރަތްރޮނގު: ޔޫއޭއީ
މިއީ ހުޅަނގު އައްސޭރީގައި އެންމެ އަނިޔާވެރި އެއްއަހަރު
އަރަބި ވަޒީރުންނަށް އިޒްރޭލުން ހުރަސްއަޅައިފި
ޑިޕްލޮމެޓުންގެ ޓީމަކާ ދިމާލަށް އިޒްރޭލުން ބަޑިޖަހައިފި
ކާރުތަކަށް ގާ އުކާ ކަމަށް ބުނެ ކުއްޖަކު ޝަހީދުކޮށްފި
"ގާ އުކާތީ" ފަލަސްތީނު ކުއްޖަކު ޝަހީދުކޮށްލައިފި
ހުޅަނގު އައްސޭރީގެ އިތުރު ބައެއް އިޒްރޭލުން ފޭރިއްޖެ
ހުޅަނގު އައްސޭރިން އެތައް ހާސް ބަޔަކު ނެރެލައިފި
ހުޅަނގު އައްސޭރީގައި މާބަނޑު މީހަކު ޝަހީދުކޮށްލައިފި
ހުޅަނގު އައްސޭރީގައި މިއަހަރު 70 މީހަކު ޝަހީދުކޮށްފި