Roadha Mihaaru

ޔޫރަޕްގެ ޑިޕްލޮމެޓުންގެ ޓީމަކާ ދިމާލަށް އިޒްރޭލުން ބަޑިޖަހައިފި

އިޒްރޭލުން ހިފާފައި އޮންނަ ފަލަސްތީނުގެ ހުޅަނގު އައްސޭރިއަށް ޒިޔާރަތްކުރި ޔޫރަޕްގެ އިއްތިހާދުގެ ޑިޕްލޮމެޓުންގެ ޓީމަކަށް އަމާޒުކޮށް އިޒްރޭލު ސިފައިން އިންޒާރު ދިނުމުގެ ގޮތުން ބަޑި ޖެހުމުން އިޒްރޭލަށް ފާޑުކިޔުން އިތުރުވެއްޖެ އެވެ.

ޑިޕްލޮމެޓުންގެ ޓީމަކާ ދިމާލަށް އިޒްރޭލުން ބަޑިޖަހައިފި

އިޒްރޭލުން ހިފާފައި އޮންނަ ފަލަސްތީނުގެ ހުޅަނގު އައްސޭރިއަށް ޒިޔާރަތްކުރި ޔޫރަޕްގެ އިއްތިހާދުގެ ޑިޕްލޮމެޓުންގެ ޓީމަކަށް އަމާޒުކޮށް އިޒްރޭލު ސިފައިން އިންޒާރު ދިނުމުގެ ގޮތުން ބަޑި ޖެހުމުން އިޒްރޭލަށް ފާޑުކިޔުން އިތުރުވެއްޖެ އެވެ.

އީޔޫގެ ފޮރިން ޕޮލިސީ ޗީފް ކަޖާ ކަލާސް ވަނީ ފަލަސްތީނުގެ ހަތިޔާރު އެޅި ޖަމާއަތްތަކުގެ ބާރު ގަދަ ކަމަށް މަޝްހޫރުވެފައިވާ އަދި އިޒްރޭލުގެ އޮޕަރޭޝަންތައް އާންމުކޮށް ހިންގާ ޖެނިން ސިޓީ ކައިރީގައި ދިން ބަޑީގެ ހަމަލާގެ ޒިންމާވާ ބަޔަކު ޖަވާބުދާރީ ކުރުވަން އިޒްރޭލަށް ގޮވާލައްވައިފަ އެވެ.

ފަލަސްތީނުގެ ފޮރިން މިނިސްޓްރީން ބުނީ އިޒްރޭލުން ޑިޕްލޮމެޓުންނާ ދިމާލަށް ލައިވް ވަޒަން ޖެހީ ގަސްތުގައި ކަމަށެވެ.

އިޒްރޭލުގެ އަސްކަރިއްޔާއިން ވަނީ ބަޑި ޖެހި ކަމަށް އެއްބަސްވެފަ އެވެ. އެކަމަކު ބުނީ އެގޮތަށް ކަންތައް ކުރީ ޑިޕްލޮމެޓުން ވަންނަން ހުއްދަ ދީފައިވާ ސަރަހައްދުތަކުން ބޭރުވެ އެހެން ދިމަދިމާލަން ދާން އުޅުމުން އެކަން ހުއްޓުވަން އިންޒާރެއްގެ ގޮތުން ކަމަށެވެ.

ހުޅަނގު އައްސޭރިއަށް ޒިޔާރަތްކުރި ޔޫރަޕްގެ އިއްތިހާދުގެ ޓީމު. -- ފޮޓޯ: އޭއެފްޕީ

ހުޅަނގު އައްސޭރިއަށް ޒިޔާރަތްކުރި ޔޫރަޕްގެ އިއްތިހާދުގެ ޓީމު. -- ފޮޓޯ: އޭއެފްޕީ

މި ހަމަލާގައި މީހަކަށް އަނިޔާއެއް ނުވެ އެވެ.

އިޒްރޭލުގެ އަސްކަރިއްޔާއިން ނެރުނު ބަޔާނެއްގައި ބުނީ މި ހާދިސާގެ ސަބަބުން ކުރިމަތިވި އުނދަގޫތަކަށްޓަކައި މާފަށް އެދޭ ކަމަށެވެ.

މި ހާދިސާ ހިންގާފައި މި ވަނީ އިޒްރޭލުން ހަމަލާ ދެމުން ގެންދާ ޣައްޒާއަށް ކާނާގެ ބާވަތްތައް ވެއްދުން ހުއްޓުވާފައި އޮންނަތާ ދެ މަސް ފަހުން ބައެއް ބާވަތްތައް ވެއްދުމުގައި އިޒްރޭލުން ލުއި ދިނުމަށް ފަހު ވެސް އެހީގެ ސާމާނު ބެހުމަށް ހުރަސްތައް ކުރިމަތިކުރާތީ ފާޑުކިޔުން އަމާޒުވެފައި ވަނިކޮށެވެ.