ފަލަސްތީނުގެ ހުޅަނގު އައްސޭރީގައި ކާރުތަކަށް ގާ އުކާ "ޓެރަރިސްޓެއް" ކަމަށް ބުނެ އިޒްރޭލުން 14 އަހަރުގެ ކުއްޖެއްގެ ގަޔަށް ބަޑިޖަހައި ޝަހީދުކޮށްލައިފި އެވެ.
ފަލަސްތީނުގެ ހުޅަނގު އައްސޭރީގައި ކާރުތަކަށް ގާ އުކާ "ޓެރަރިސްޓެއް" ކަމަށް ބުނެ އިޒްރޭލުން 14 އަހަރުގެ ކުއްޖެއްގެ ގަޔަށް ބަޑިޖަހައި ޝަހީދުކޮށްލައިފި އެވެ.
މީގެ އެއް ދުވަސް ކުރިން ވެސް އިޒްރޭލުން ވަނީ ގާ އުކާތީ ކަމަށް ބުނެ ހުޅަނގު އައްސޭރީގައި 17 އަހަރުގެ ކުއްޖަކު ވެސް ޝަހީދުކޮށްލައިފަ އެވެ.
ތުރުމުސް އައްޔާ އަވަށުގެ މޭޔަރު ލާފީ ޝަލަބީ ވިދާޅުވީ އިޒްރޭލުން ޝަހީދުކޮށްލީ އުމަރު މުހައްމަދު ސާދިހް ރަބީއު ކަމަށާއި އެއީ އެމެރިކާގެ ރަށްވެހިކަން ވެސް އޮންނަ ކުއްޖެއް ކަމަށެވެ.
އިޒްރޭލުގެ އަސްކަރިއްޔާއިން ބުނީ ތުރުމުސް އައްޔާގައި ކައުންޓަ ޓެރަރިޒަމް އޮޕަރޭޝަނެއް ހިންގަމުން ދަނިކޮށް ހައި ވޭ އާ ދިމާލަށް ގާ އުކައި، އާންމުންނަށް ނުރައްކާވާ ގޮތަށް އަމަލުކުރި "ތިން ޓެރަރިސްޓެއް" ދެނެގަނެ ހަމަލާ ދީފައިވާނެ ކަމަށެވެ. މި ހަމަލާތަކުގައި އެކަކު މަރުވެ އަނެއް ދެ މީހުން ޒަހަމްވެފައިވާ ކަމަށް ވެސް ބުންޏެވެ.
ފަލަސްތީނުގެ އޮފިޝަލުން ވިދާޅުވީ ޒަހަމްވި ދެ މީހުންގެ ތެރެއިން އެކެއްގެ ހާލު ސީރިއަސް ކަމަށެވެ.
މޭޔަރު ޝަލަބީ ވިދާޅުވީ ހުޅަނގު އައްސޭރީގެ މައި ސިޓީއެއް ކަމަށްވާ ރާމަﷲގެ އުތުރުގައި އޮންނަ ތުރުމުސް އައްޔާ އަކީ އެމެރިކާ އާއި ފަލަސްތީނުގެ ރަށްވެހިކަން އޮންނަ މީހުން ގިނަ އަވަށެއް ކަމަށެވެ.
ފަލަސްތީނުގެ ރެޑް ކްރެސެންޓުން ބުނީ ޝަހީދުވި ކުއްޖާ އާއި ޒަހަމްވި ދެ ކުދިން ވެސް ހޮސްޕިޓަލަށް ގެންދިޔައީ ރެޑް ކްރެސެންޓުގެ ޓީމަކުން ކަމަށެވެ. ޒަހަމްވި އެއް ކުއްޖެއްގެ ބަނޑަށް ވަޒަން އަރާފައި ވާއިރު އަނެއް ކުއްޖާގެ ޒަހަމްވެފައި ވަނީ ފަލަމަސްގަނޑު ކަމަށް ރެޑް ކްރެސެންޓުން ބުންޏެވެ.
އެ ދެ ކުދިންގެ ތެރެއިން 14 އަހަރުގެ އަބްދުއްރަހްމާން ޝެހާދޭހް އޭއެފްޕީ އަށް ބުނީ އޭނާގެ ގަޔަށް ބަޑިޖެހީ މޭވާތަކެއް ބިންނަން އުޅެނިކޮށް ކަމަށެވެ.
ބަނޑަށް ވަޒަން އަރައި ޒަހަމްވި 14 އަހަރުގެ އައްޔޫބު އަސްއަދު ނަމަކަށް ކިޔާ ކުއްޖާގެ ބައްޕަ އާހިދު އަސްއަދު ބުނީ އެ ކުއްޖާ އަކީ ވެސް އެމެރިކާގެ ޕާސްޕޯޓެއް އޮންނަ ކުއްޖެއް ކަމަށެވެ. އަދި ޒަހަމްވެގެން ކުއްޖާ ހޮސްޕިޓަލަށް ގެންދިޔައިރު އިޒްރޭލު ސިފައިން އެމްބިއުލާންސް ވެސް ހިފެހެއްޓި ކަމަށް ބުންޏެވެ.
އޮކްޓޫބަރު 7، 2023 ގައި އިޒްރޭލުން ޣައްޒާއަށް ހަމަލާ ދޭން ފެށި ފަހުން ހުޅަނގު އައްސޭރީގައި ހަމަނުޖެހުންތައް ވަނީ އިތުރުވެފަ އެވެ.
ފަލަސްތީނުގެ ހެލްތު މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން އޭގެ ފަހުން ހުޅަނގު އައްސޭރީގައި އިޒްރޭލު ސިފައިން އަދި ޔަހޫދީ ވަޒަންވެރިން ވަނީ ފަލަސްތީނުގެ 918 އަށް ވުރެ ގިނަ މީހުން ޝަހީދުކޮށްލައިފަ އެވެ.
ފަލަސްތީނުގެ ޖަމާއަތްތަކުގެ ހަމަލާތަކާއި އަސްކަރީ އޮޕަރޭޝަންތަކުގައި ސިފައިން ހިމެނޭ ގޮތަށް އިޒްރޭލުގެ 33 މީހަކު އެ މުއްދަތުގައި މަރުވެފައިވާ ކަމަށް ރަސްމީ ހިސާބުތަކުން ދައްކަ އެވެ.
ފަލަސްތީނުގެ ގާތްގަނޑަކަށް ތިން މިލިއަން މީހުން ދިރިއުޅޭ ހުޅަނގު އައްސޭރި 1967 ވަނަ އަހަރުން ފެށިގެން އިޒްރޭލުން ހިފާފައި އޮންނަ އިރު އެ ސަރަހައްދުގައި ޔަހޫދީން ގިނަކުރުމުގެ މަސައްކަތް އިޒްރޭލުން މި ފަހުން ވަނީ ފުޅާކޮށްފަ އެވެ.
"ގާ އުކާތީ" ފަލަސްތީނު ކުއްޖަކު ޝަހީދުކޮށްލައިފި
ހުޅަނގު އައްސޭރިން އެތައް ހާސް ބަޔަކު ނެރެލައިފި
ފަލަސްތީނު މީހަކު ވެހިކަލެއްގެ ބޮނެޓް މަތީ އައްސާފައި!
ހަމަލާގެ ތުހުމަތުވާ ފަލަސްތީނު މީހެއްގެ ގެ ގޮއްވާލައިފި
އިޒްރޭލު އެޖެންޓުން ހޮސްޕިޓަލަކަށް ވަދެ ބަޔަކު މަރައިފި
"ހަމާސްއަށް ތާއީދުކުރާ" ދަރިވަރުންތަކެއް ހައްޔަރުކޮށްފި
މީހެއްގެ ގައިމަތިން އިޒްރޭލު ސިފައިން ވެހިކަލް ދުއްވި
އިޒްރޭލުން ފަލަސްތީނުގެ 4،000 މީހުން ހައްޔަރުކޮށްފި
ހުޅަނގު އައްސޭރީގައި ވެސް ހަނގުރާމަ ފަށަން ޖެހިދާނެ
އިޒްރޭލުގެ ރަހީނުންނާ ސިންވާރު ބައްދަލުކުރެއްވި