Roadha Mihaaru
އިޒްރޭލު އެޖެންޓުން ހޮސްޕިޓަލަކަށް ވަދެ ބަޔަކު މަރައިފި

އިޒްރޭލު އޭޖެންޓުން މެޑިކަލް ސްޓާފުންގެ ހެދުމުގައި ފަލަސްތީނުގެ ހޮސްޕިޓަލަކަށް ވަދެ ބަޔަކު މަރާލައިފި

31 ޖެނުއަރީ 2024

އިޒްރޭލުގެ އަންޑަކަވަ އެޖެންޓުންގެ ބަޔަކު މެޑިކަލް ސްޓާފުންގެ ގޮތުގަ އާއި އާންމުންގެ ގޮތުގައި ފަލަސްތީނުގެ ހުޅަނގު އައްސޭރީގެ ހޮސްޕިޓަލަކަށް ވަދެ ތިން މީހަކު މަރާލައިފި އެވެ.

އިޒްރޭލުގެ އަންޑަކަވަ އެޖެންޓުންގެ ބަޔަކު މެޑިކަލް ސްޓާފުންގެ ގޮތުގަ އާއި އާންމުންގެ ގޮތުގައި ފަލަސްތީނުގެ ހުޅަނގު އައްސޭރީގެ ހޮސްޕިޓަލަކަށް ވަދެ ތިން މީހަކު މަރާލައިފި އެވެ.

މިދިޔަ އަށް އަހަރު ތެރޭ އިޒްރޭލުން ހިންގި މިފަދަ ފުރަތަމަ އޮޕަރޭޝަންގައި ޖެނިން ސިޓީގެ އިބްނު ސީނާ ހޮސްޕިޓަލަށެވެ.

ޖެނިން އާއި އެތަނާ ކައިރި ހިސާބުތަކުގެ ރެފިއުޖީ ކޭމްޕްތަކުގައި އުޅޭ މީހުންނަށް ފަރުވާ ދިނުމަށް ބޭނުންކުރާ އެންމެ ބޮޑު އެއް ހޮސްޕިޓަލަށް ވަދެ ބަޔަކު މަރާލި ކަމަށް އިޒްރޭލުގެ އަސްކަރިއްޔާއިން ވެސް ވަނީ ބުނެފަ އެވެ. އިޒްރޭލުން ބުނީ މިއީ އިޒްރޭލު ސިފައިންނަށް ހަމަލާ ދިނުމުގައި އެހީވާ އަދި އިތުރު ބޮޑު ހަމަލާއެއް ރާވަމުން ދިޔަ ބަޔަކު "ނައްތާލަން" ހަމާސްގެ "ޓެރަރިސްޓް ސެލް" އަކާ ދެކޮޅަށް ހިންގި އޮޕަރޭޝަނެއް ކަމަށެވެ. މި މީހުން ފިލައިގެން އުޅެނީ ހޮސްޕިޓަލްގައި ކަމަށް ވެސް ބުންޏެވެ.

އިޒްރޭލުގެ އަންޑަކަވަ އެޖެންޓުން ފަލަސްތީނުގެ ޖެނިން ސިޓީގެ އިބްނު ސީނާ ހޮސްޕިޓަލް ތެރޭގައި

އިޒްރޭލުގެ އަންޑަކަވަ އެޖެންޓުން ފަލަސްތީނުގެ ޖެނިން ސިޓީގެ އިބްނު ސީނާ ހޮސްޕިޓަލް ތެރޭގައި

ފަލަސްތީނުގެ ހެލްތު މިނިސްޓްރީން ވަނީ މި ހަމަލާ ކުށްވެރިކޮށްފަ އެވެ. ސިއްހީ ހިދުމަތް ދޭ ތަންތަނަކީ ބައިނަލްއަގުވާމީ ގާނޫނުތަކުގެ ދަށުން ހާއްސަ ރައްކާތެރިކަން ލިބޭ ތަންތަން ކަމަށް ވާއިރު އިޒްރޭލުން ހިންގި މި ލާއިންސާނީ އަމަލު އދ.ގެ ސަމާލުކަމަށް ގެނެސް އެކަން ބެލުމަށް ފަލަސްތީނުން ވަނީ ގޮވާލައިފަ އެވެ.

ހެލްތު މިނިސްޓްރީން އާންމުކުރި ސީސީޓީވީ ފުޓޭޖުން ފެންނަ ގޮތުގައި އިޒްރޭލު އަންހެން އަދި ފިރިހެން އެޖެންޓުން މި އޮޕަރޭޝަންގައި ބައިވެރިވި އެވެ. އެއްބަޔަކު މެޑިކަލް ޔުނިފޯމްގައި ތިބި އިރު އަނެއް ބަޔަކު އާންމުންގެ ގޮތުގައި އުޅުނެވެ. ކުޑަކުދިން އުފުލާ ކެރިއަރެއް ހިފައިގެން އެކަކު އުޅޭއިރު ފުރޮޅުލީ ގޮނޑީގައި ވެސް މީހަކު އުޅެ އެވެ.

އިޒްރޭލުގެ އަންޑަކަވަ އެޖެންޓުން ފަލަސްތީނުގެ ޖެނިން ސިޓީގެ އިބްނު ސީނާ ހޮސްޕިޓަލް ތެރޭގައި

އިޒްރޭލުގެ އަންޑަކަވަ އެޖެންޓުން ފަލަސްތީނުގެ ޖެނިން ސިޓީގެ އިބްނު ސީނާ ހޮސްޕިޓަލް ތެރޭގައި

ހޮސްޕިޓަލްގެ ޑިރެކްޓަރު ނާޖީ ނަޒާމް އޭއެފްޕީއަށް ވިދާޅުވީ އަންޑަކަވަ އެޖެންޓުން ތިން މީހަކު މަރާލީ ބަޑިޖަހައިގެން ކަމަށާއި ބަޑިތަކުގައި ހުރީ އަޑު މަޑުކުރުމަށް ސައިލެންސާ އަޅުވާފައި ކަމަށެވެ.

އިޒްރޭލާ ދެކޮޅަށް ހަނގުރާމަކުރާ ހަމާސް އިން ބުނީ މަރާލި މީހުންގެ ތެރޭގައި ހިމެނޭ އެކަކީ އެ ޖަމާއަތުގެ ކޮމާންޑަރެއް ކަމަށެވެ.

އިޒްރޭލުގެ ހަމަލާތަކުގައި ޒަހަމްވާ މީހުންނަށް ޕެރަމެޑިކުން އެހީވުމަށް އިޒްރޭލުން ހުރަސްއަޅާ ކަމަށް ފަލަސްތީނުން ތުހުމަތުކުރާއިރު ހޮސްޕިޓަލްތަކަށް އިޒްރޭލު ސިފައިން ވަދެ ނުރައްކާތެރި އޮޕަރޭޝަންތައް ހިންގަ އެވެ. ނޮވެމްބަރު 12، 2015 ގައި އިޒްރޭލުގެ އެޖެންޓުން، ހުޅަނގު އައްސޭރީގެ ހިބްރޫންގައި މާބަނޑު މީހަކު ހޮސްޕިޓަލަށް ވައްދަން އުޅޭ ކަމަށް ހެދިގެން އުޅުމަށް ފަހު އެ ހޮސްޕިޓަލް ރެއިޑްކުރި އެވެ.

މިދިޔަ އަހަރުގެ އޮކްޓޫބަރު 7 ގައި އިޒްރޭލަށް ހަމާސް އިން ދިން ހަމަލާތަކުގައި 1،140 މީހަކު މަރާލައި 250 މީހަކު ރަހީނުކުރުމާ އެކު އިޒްރޭލުން ފަލަސްތީނުގެ ޣައްޒާއަށް ދެމުން ގެންދާ ހަމަލާތަކުގައި މިހާތަނަށް ފަލަސްތީނުގެ 26،000 އަށް ވުރެ ގިނަ މީހުން ވަނީ ޝަހީދުކޮށްލައިފަ އެވެ. -- އޭއެފްޕީ