Roadha Mihaaru
"އިންޖީނަށް އެންމެ ރަނގަޅަށް ސާވިސްދެނީ އެލިޔާ އިން"

ބޯޓިން އެވޯޑްސް، އިންޖީނަށް އެންމެ ރަނގަޅަށް ސާވިސްދެނީ އެލިޔާ އިން

07 ޑިސެމްބަރ 2017

ރާއްޖޭގެ އޮޑިދޯނިފަހަރު ބަނުމުގެ ދާއިރާގެ ކުންފުނިތަކާއި ޖަމިއްޔާތައް ވަރުގަދަކޮށް، ފުޅާކުރުމުގެ ހިތްވަރެއްގެ ގޮތުން ދޭ މޯލްޑިވްސް ބޯޓިން އެވޯޑްސްގައި އެލިޔާ އިން ބޮޑު ކާމިޔާބީއެއް ހޯދައިފި އެވެ.

އަލީ ޝިނާން އަލީ ޝިނާން

ރާއްޖޭގެ އޮޑިދޯނިފަހަރު ބަނުމުގެ ދާއިރާގެ ކުންފުނިތަކާއި ޖަމިއްޔާތައް ވަރުގަދަކޮށް، ފުޅާކުރުމުގެ ހިތްވަރެއްގެ ގޮތުން ދޭ މޯލްޑިވްސް ބޯޓިން އެވޯޑްސްގައި އެލިޔާ އިން ބޮޑު ކާމިޔާބީއެއް ހޯދައިފި އެވެ.

މި އަހަރުގެ އެވޯޑްގައި އެލިޔާ އަށް ވަނީ ދެ އެވޯޑެއް ލިބިފަ އެވެ. އެއީ "މެރިން އިންޖީން ސާވިސް ޕްރޮވައިޑާ އޮފް ދަ އިޔާ" އަދި "މޯސްޓް ޕްރިފާޑް މެރިން އިންޖީން ބްރޭންޑް އޮފް ދަ އިޔާ" އެވޯޑެވެ.

މެރިން އިންޖީން ސާވިސް ޕްރޮވައިޑާ އޮފް ދަ އިޔާއަކީ އޮޑިދޯނިފަރުގައި އަޅާ އިންޖީން އެންމެ ރަނގަޅު ހިދުމަތްދޭ ކުންފުންޏަކަށްދޭ އެވޯޑެވެ. މޯސްޓް ޕްރިފާޑް މެރިން އިންޖީން ބްރޭންޑް އޮފް ދަ އިޔާ އަކީ އޮޑިވެރިންގެ މެދުގައި އެންމެ މަގުބޫލު އިންޖީނު ބްރޭންޑަށް ލިބޭ އެވޯޑެވެ.

މިދިޔަ އަހަރު ވެސް އެލިޔާ އިން ވަނީ މެރިން އިންޖީން ސާވިސް ޕްރޮވައިޑާ އޮފް ދަ އިޔާގެ އެވޯޑް ހޯދާފަ އެވެ. އެހެންކަމުން މިއީ އެ ކުންފުންޏަށް މި އެވޯޑް ލިބުނު ދެ ވަނަ އަހަރެވެ.

މަޝްހޫރު ޔަމަހާ އައުޓްބޯޑް އިންޖީނު ރާއްޖެ އަށް ތައާރަފް ކުރީ އެލިޔާ އިންނެވެ. އެގޮތުން އެ ކުންފުނީގެ ވިޔަފާރިއަށް 53 އަހަރަށް ވުރެ ގިނަ ދުވަސްވެފައިވާއިރު، ޔަމަހާ އައުޓުބޯޑް އިންޖީނުގެ ހިދުމަތް ދެމުން ގެންދާތާ ވަނީ 43 އަހަރު ވެފަ އެވެ.

"މީގެން ރަމްޒު ކޮށްދެނީ ޔަމަހާއާއި އެލިއާއާއި ދެމެދު އުފެދިފައިވާ ގުޅުމުގެ ވަރުގަދަ ގުޅުން. މިއަދު ރާއްޖޭގެ އައުޓްބޯޑް އިންޖީނުގެ މާކެޓްގައި ވާދަވެރިކަން އުފެދިފައިވާއިރު ވެސް 85 ޕަސެންޓަކީ ޔަމަހާ އައުޓްބޯޑް އިންޖީންނު،" އެވޯޑް ލިބުން ފާހަގަ ކުރުމަށް އެލިޔާ އިން ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ.

އެލިއާއިން ބުނީ، އެ ކުންފުނިން އެންމެ އިސްކަން ދެނީ ކޮލިޓީ ރަނގަޅު، ގިނަ ދުވަހު ގެންގުޅެވޭ، ހަރަދު ކުޑަ އަދި ރާއްޖޭގައި ބޭނުންކުރާ ކޮމާޝަލް ބޭނުން ތަކަށް އެންމެ އެކަށިގެންވާ އިތުބާރުހިފޭ އިންޖީނެއް ކަސްޓަމަރުންނާއި ހަމައަށް ގެނެސް ދިނުމަށް ކަމަށެވެ. އެގޮތުން ކޮންމެ އިންޖީނެއް ވެސް މާކެޓަށް ތައާރަފު ކުރުމުގެ ކުރިން ރާއްޖޭގެ މާހައުލާއި ގުޅޭ މާކެޓް ޓެސްޓެއް ކުރާ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

ބޯޓިން އެވޯޑަކީ ލިވްއަބޯޑް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ލޭމް) އާއި ޔުނިކާ ކުންފުނިން އިންތިޒާމް ކުރާ އެވޯޑެކެވެ. މިއީ ބޯޓިން އެވޯޑް ދިން ތިން ވަނަ އަހަރެވެ.