އެލިއާ އިން މޯލްޑިވްސް އިންސްޓިޓިއުޓް އޮފް ޓެކްނޮލޮޖީ (އެމްއައިޓީ)އާ ގުޅިގެން ބޯޓު އޮޕަރޭޓަރުން ތަމްރީނުކުރުމުގެ 11 ވަނަ ޕްރޮގްރާމް ކާމިޔާބުކަމާ އެކު ނިންމާ ބައިވެރިންނަށް ސެޓްފިކެޓު ދީފި އެވެ.
07 ޖުލައި 2025
އެލިއާ އިން މޯލްޑިވްސް އިންސްޓިޓިއުޓް އޮފް ޓެކްނޮލޮޖީ (އެމްއައިޓީ)އާ ގުޅިގެން ބޯޓު އޮޕަރޭޓަރުން ތަމްރީނުކުރުމުގެ 11 ވަނަ ޕްރޮގްރާމް ކާމިޔާބުކަމާ އެކު ނިންމާ ބައިވެރިންނަށް ސެޓްފިކެޓު ދީފި އެވެ.
މި މަހުގެ އެއް ވަނަ ދުވަހުން ތިން ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދިޔަ މި ޕްރޮގްރާމްގައި ރިސޯޓުތަކުންނާއި ކަނޑު ދަތުރުފަތުރުގެ ހިދުމަތް ދޭ ކުންފުނިތަކާއި ސަރުކާރުގެ ބައެއް މުއައްސަސާތަކުން ވެސް ބައިވެރިވެ އެވެ.
މި ޕްރޮގްރާމްގެ ބައިވެރިންނަށް ކަނޑުމަތީގެ ގާނޫނާއި ގަވައިދާއި ނޭވިގޭޝަން ޗާޓް ބޭނުންކުރާނެ ގޮތާއި ސޭފްޓީ ޕްރޮޓޮކޯލްތަކާއި ކުއްލި ހާލަތުގައި އަމަލުކުރާނެ ގޮތްތަކުގެ އިތުރަށް ފަސްޓް އެއިޑް، އަދި ފަޔާ ސޭފްޓީ އާއި އައުޓް ބޯޑު އިންޖީނު ބެލެހެއްޓުމާއި މައްސަލަތައް ހައްލުކުރުމުގެ މައުލޫމާތާއި އަމަލީ ތަޖުރިބާ ހޯދުމުގެ ފުރުސަތު ދިނެވެ.
އެލިއާ އިން ކޮންމެ އަހަރަކު ވެސް މި ތަމްރީން ޕްރޮގްރާމް ކުރިއަށް ގެންދެ އެވެ. އެއީ، ބޯޓު އޮޕަރޭޓަރުންގެ ގާބިލުކަން އިތުރުކޮށް، ކަނޑު ދަތުރުފަތުރުކުރުމުގައި ސަލާމަތާއި ރައްކާތެރިކަމަށް އަހުލުވެރިކުރުވުމަށެވެ. އެލިއާ އިން ކޮންމެ އަހަރަކު ވެސް އެމްއައިޓީއާ ގުޅިގެން ބާއްވާ މި ތަމްރީނު ޕްރޮގުރާމަށް ބޯޓު އޮޕަރޭޓަރުންގެ ފަރާތުން ހޫނު ތަރުހީބެއް ލިބޭކަން ފާހަގަކުރެ އެވެ.
އެލިއާ އަކީ މިފަދަ އެކި ތަމްރީނު ޕްރޮގްރާމްތައް ހިންގަމުން އަންނަ ކުންފުންޏެކެވެ. އެގޮތުން ބޯޓު އޮޕަރޭޓަރުން ތަމްރީނުކުރުމުގެ ޕްރޮގުރާމުގެ އިތުރުން ޖަޕާނުގެ ޔަމަހާ ޓެކްނިކަލް އެކަޑަމީއާ ގުޅިގެން ޔަމަހާ ޓެކްނިކަލް ޓްރެއިނިން ޕްރޮގުރާމެއް ވެސް އެ ކުންފުނިން ހިންގަ އެވެ.
އެލިއާ އަކީ ރާއްޖޭގެ އެންމެ މަގުބޫލު އެއް އިންޖީނު ޔަމަހާ އިންޖީނުގެ އޮތޮރައިޒްޑް ޑިސްޓްރިބިއުޓަރެވެ. އެ ކުންފުނިން ޔަމަހާއާ ގުޅިގެން ވެސް މިފަދަ އެކި ތަމްރީނުތައް ބާއްވަ އެވެ.
ކުޅުދުއްފުށީގައި ޔަމަހާ ސާވިސް ސެންޓަރެއް ހަދަނީ
ބޯޓު އޮޕަރޭޓަރުންނަށް ތަމްރީނު ދޭ ޕްރޮގްރާމް ފަށައިފި
ބީއެމްއެލް އިސްލާމިކްއިން ރިސޯޓެއް ހަދަން ފައިނޭންސިން
އެލިއާ ސްޓޯރުގެ ޕްރޮމޯޝަނުން އަގުހުރި އިނާމުތަކެއް
ޔަމަހާ އިންޖީނު ހޯދުމުގެ ފުރުސަތު މިރޭ ހަމަވަނީ
ޔަމަހާ ސްޓޯލަށް ގޮސްގެން އިންޖީނެއް ހޯދޭނެ
ގްލޯބަލް އިސްލާމިކް ފައިނޭންސްގެ އެވޯޑެއް އެލިއާއަށް
ޔަމަހާގެ ފަސް ވަނަ ޓެކްނިކަލް ޓްރެއިނިން ނިންމާލައިފި
ބޯޓް އޮޕަރޭޓަރުންގެ ތަމްރީން ޕްރޮގްރާމް ނިމިއްޖެ
އެލިއާއިން ބޯޓު އޮޕަރޭޓަރުންނަށް ތަމްރީނު ދެނީ