11 އޯގަސްޓް 2024
ކަނޑު އުޅަނދުފަހަރުގެ ކެޕްޓަނުންގެ ހުނަރު ތަރައްގީކޮށް، ސަލާމަތާއި ރައްކާތެރިކަމުގެ ފަންނީ މައުލޫމާތު ފޯރުކޮށްދޭން އެލިއާ އިން މޯލްޑިވްސް އިންސްޓިޓިއުޓް އޮފް ޓެކްނޮލަޖީ (އެމްއައިޓީ) އާ ގުޅިގެން ބޭއްވި ތަމްރީން ޕްރޮގްރާމް ނިންމައި، ބައިވެރިންނަށް ލިޔުން ދީފި އެވެ.
ކަނޑު އުޅަނދުފަހަރުގެ ކެޕްޓަނުންގެ ހުނަރު ތަރައްގީކޮށް، ސަލާމަތާއި ރައްކާތެރިކަމުގެ ފަންނީ މައުލޫމާތު ފޯރުކޮށްދޭން އެލިއާ އިން މޯލްޑިވްސް އިންސްޓިޓިއުޓް އޮފް ޓެކްނޮލަޖީ (އެމްއައިޓީ) އާ ގުޅިގެން ބޭއްވި ތަމްރީން ޕްރޮގްރާމް ނިންމައި، ބައިވެރިންނަށް ލިޔުން ދީފި އެވެ.
ޕްރޮގުރާމު ނިންމި ބައިވެރިއަކަށް ލިޔުން ދެނީ.
ކާމިޔާބުކަމާ އެކު ނިންމާލި މި ޓްރެއިނިން ޕްރޮގްރާމްގައި، އައުޓްބޯޑު އިންޖީނު އެޅި އުޅަނދުތަކުގައި ދަތުރުކުރަން ކެޕްޓަނުންނަށް ބޭނުންވާނެ މައުލޫމާތުތަކުގެ ތިއަރީ އާއި ހުނަރުތައް ހިމެނޭ ސެޝަންތައް ކުރިއަށް ގެންދިޔަ އެވެ. އަދި އުޅަނދު ދުއްވުމުގައި ސަމާލުކަން ދޭން ޖެހޭ މުހިންމު ކަންތައްތަކާއި ނޭވިގޭޝަން ޗާޓާއި ސޭފްޓީ ޕްރޮޓޮކޯލްތަކާއި ޕެސެންޖަރަކަށް ސިއްހީ ކުއްލި ހާލަތެއް މެދުވެރިވެއްޖެނަމަ އަމަލުކުރާނެ ގޮތްތަކުގެ ތަމްރީނުތައް ވެސް ވަނީ ދީފަ އެވެ. އަދި އަލިފާނުގެ ހާދިސާއެއް ފަދަ ކުއްލި ހާއްލަތްތަކުގައި އަމަލު ކުރާނެ ގޮތާއި އައުޓްބޯޑު އިންޖީނު ބެލެހެއްޓުމާއި މައްސަލަ ހައްލުކުރަން ދަސްކޮށް ދިނުމުގެ ސެޝަންތަކެއް ބައިވެރިންނަށް ނަގައިދިނެވެ.
ތަމްރީނު ޕްރޮގުރާމުގެ ސެޝަނެއްގައި ބައިވެރިންނަށް މައުލޫމާތު ދެނީ.
މި ޕްރޮގުރާމުގައި ރިސޯޓުތަކާއި، ކަނޑު އުޅަނދުގެ ދަތުރުފަތުރުގެ ހިދުމަތްދޭ ކުންފުނިތަކުގެ އިތުރުން ސަރުކާރުގެ މުއައްސަސާތަކުން ޖުމްލަ 64 ފަރާތަކުން ބައިވެރިވި އެވެ. މި ޕްރޮގްރާމަކީ ކަނޑުމަތީގެ ސަލާމަތާއި ޕްރޮފެޝަނަލިޒަމް އަދި އަމަލީ ތަމްރީނުތައް ހިމަނައިގެން އެ ސިނާއަތުގެ މިންގަނޑުތަކަށް ފެތޭގޮތަށް ފަރުމާކޮށް ކުރިއަށް ގެންދިޔަ ޕްރޮގްރާމެކެވެ.
މިއީ އެލިއާއިން ކޮންމެ އަހަރަކު ވެސް ބާއްވަމުންދާ ޕްރޮގްރާމެކެވެ.
ޔަމަހާގެ ފަސް ވަނަ ޓެކްނިކަލް ޓްރެއިނިން ނިންމާލައިފި
އެލިއާއިން ބޯޓު އޮޕަރޭޓަރުންނަށް ތަމްރީނު ދެނީ
ބަޔޮސްފިއާ ރިޒާވް ބަލަހައްޓަން އިންޖީނެއް ހަދިޔާކޮށްފި
ރޯދަ ޕްރޮމޯޝަން ފެށުމަށް ޔަމަހާގެ ސައިކަލު އިވެންޓެއް
މެރިން އެކްސްޕޯގައި ޔަމަހާގެ ސްޓޯލުން އިންޖީނެއް ދެނީ
އެލިއާއިން ފުލުހުންނަށް ދެ އިންޖީނު ހަދިޔާކޮށްފި
އެލިއާއިން އެމްއެންޑީއެފަށް ޔަމަހާ އިންޖީނެއް
ބޯޓިން އެވޯޑްސްގައި އެލިއާ އާއި ޔަމަހާއަށް ދެ އެވޯޑު
އެލިއާގެ ސައިކަލްތައް ދައްކާލުމަށް ހުޅުމާލޭގައި ހަރަކާތެއް
ޔަމަހާ ޓެކްނިކަލް ޓްރެއިނިން ކާމިޔާބުކަމާއެކު ނިންމައިފި