Roadha Mihaaru
ރޯދަ ޕްރޮމޯޝަން ފެށުމަށް ޔަމަހާގެ ސައިކަލު އިވެންޓެއް

ރޯދަ ޕްރޮމޯޝަން ފެށުމަށް ޔަމަހާގެ ސައިކަލު އިވެންޓެއް

01 މާޗް 2024

މިއަދު ފަށާ ޔަމަހާގެ ރޯދަ ޕްރޮމޯޝަން ފާހަގަކުރުމުގެ ގޮތުން އެލިއާއިން ގިނަ މޮޑެލްތަކުގެ ސައިކަލުތަކަކާއެކު މާލެ ރާޅުގަނޑު ސަރަހައްދުގައި ސައިކަލު އިވެެންޓެއް ފަށައިފި އެވެ.

އައިޝަތު ޖަޒްލީ އައިޝަތު ޖަޒްލީ

މިއަދު ފަށާ ޔަމަހާގެ ރޯދަ ޕްރޮމޯޝަން ފާހަގަކުރުމުގެ ގޮތުން އެލިއާއިން ގިނަ މޮޑެލްތަކުގެ ސައިކަލުތަކަކާއެކު މާލެ ރާޅުގަނޑު ސަރަހައްދުގައި ސައިކަލު އިވެެންޓެއް ފަށައިފި އެވެ.

ޔަމަހާ އެންމެ ފަހުގެ ސައިކަލުތައް ދައްކާލައި، އެ ސައިކަލުތައް ތަޖުރިބާކުރުމުގެ ފުރުސަތު ދިނުމަށް ބާއްވާ މި އިވެންޓު އޮންނާނޯ މިރޭ 10:00 އާ ހަމައަށެވެ.

އެލިއާއިން ބުނި ގޮތުގައި ފަހުގެ ޓެކްނޮލޮޖީ ހިމަނާ ތައްޔާރުކޮށްފައިވާ މި ސައިކަލުތައް ބަލާލައި، ސައިކަލު ދުއްވާ، ޓެސްޓުކޮށް، ތަޖުރިބާކޮށްލުމަށް މި އިވެންޓަކީ ކަސްޓަމަރުންނަށް ލިބޭނެ އެންމެ ފުރިހަމަ ފުރުސަތެވެ.

އެލިއާއިން ބުނި ގޮތުގައި މި އިވެންޓުގައި ޔަމަހާގެ ސައިކަލުތަކަށް ބޭނުންވާ ބައެއް ސާވިސްތައް އެ ތަނުގައި ވަގުތުން ކޮށްދޭނެ އެވެ.

މި އިވެންޓާ އެކު ފެށި ޔަމަހާގެ ރޯދަ ޕްރޮމޯޝަނުގައި ޔަމަހާގެ އައުޓްބޯޑު އިންޖީނާއި ޔަމަހާ ސައިކަލު ގަންނަ ކަސްޓަމަރުންގެ ތެރެއިން އެއްފަހަރާ ފައިސާ ދައްކާ ކަސްޓަމަރުންނަށް ހާއްސަ ޑިސްކައުންޓްތަކެއް ލިބޭނެ އެވެ. އަދި އިންސްޓޯލްމަންޓަށް ސައިކަލު ގަންނަ ކަސްޓަމަރުންނަށް ޑައުންޕޭމަންޓްގެ ގޮތުގައި ދައްކަންޖެހޭ އަދަދު ވެސް ކުޑަ ވާނެ އެވެ.

ހާއްސަ ލަކީޑްރޯއެއް ހިމެނޭ މި ޕްރޮމޯޝަނަށް އެލިއާއިން ހުށަހަޅާފައި ވަނީ އުމްރާ ދަތުރެކެވެ. މި ޕްރޮމޯޝަން ކުރިއަށް ދާނީ 14 އޭޕްރީލްގެ ނިޔަލަށެވެ.

އެލިއާގެ އިންސްޓޯލްމަންޓް ސްކީމަކީ އިސްލާމީ ޝަރީއާގެ ކޮންސެޕްޓެއް ކަމުގައިވާ ބައިއުއްތަގްސީތުގެ ދަށުން، ކުރިއަށް ގެންދާ ސްކީމެއްކަން އެ ކުންފުނިން ފާހަގަކުރެ އެވެ.

އެލިއާއިން ވިއްކާ ކޮންމެ ސައިކަލަކީވެސް ސައިކަލުގެ އަގުގެ ފުރަތަމަ ބައި ދެއްކުމުން ކަސްޓަމަރުގެ އަމިއްލަ ނަމުގައި ރަޖިސްޓަރީ ކުރެވޭ ސައިކަލަކަށްވުމުން، އިންސްޓޯލްމަންޓަށް ނަގާ ސައިކަލު ދޫކުރާނީ ކަސްޓަމަރުގެ ނަމުގައި ރަޖިސްޓްރީކޮށް، ޕްރައިވެޓް ބޯޑުގައި ކަމަށް އެލިއާއިން ބުންޏެވެ. އިންސްޓޯލްމަންޓަށް ސައިކަލު ގަންނަ ކަސްޓަމަރުންނަށް އިންސްޓޯލްމަންޓުގެ މުއްދަތު 36 މަހާ ހަމައަށް ބަހާލެވޭނެ އެވެ.

އެލިއާ އަކީ ޔަމަހާގެ ސޯލް ޑިސްޓްރިބިއުޓަރެވެ. ޔަމަހާގެ ޕްރޮމޯޝަނާ ގުޅޭ އިތުރު މައުލޫމާތު 9579797 އިން ލިބޭނެ އެވެ.