Roadha Mihaaru
އެލިއާއިން އެމްއެންޑީއެފަށް ޔަމަހާ އިންޖީނެއް

އެލިއާއިން އެމްއެންޑީއެފަށް 80 ހޯސްޕަވަރުގެ ޔަމަހާ އިންޖީނެއް ހަދިޔާކޮށްފި

17 ޑިސެމްބަރ 2023

އެލިއާއިން އެމްއެންޑީއެޕަށް އިންޖީނެއް ހަދިޔާކޮށްފި އެވެ.

އައިޝަތު ޖަޒްލީ އައިޝަތު ޖަޒްލީ

އެލިއާއިން އެމްއެންޑީއެޕަށް އިންޖީނެއް ހަދިޔާކޮށްފި އެވެ.

އެ ކުންފުނިން އެމްއެންޑީއެފަށް ހަދިޔާ ކުރީ 80 ހޯސްޕަވަރުގެ ޔަމަހާ އިންޖީނެކެވެ. މި އިންޖީނު އެމްއެންޑީއެފަށް ހަވާލުކުރީ އެލިއާގެ އެލިއާގެ ޖެނެރަލް މެނޭޖަރު އަހުމަދު ސައީދު އެވެ. އެމްއެންޑީއެފުން އިންޖީނާ ހަވާލުވީ ޗީފް އޮފް ޑިފެންސް ފޯސް، ލެފްޓިނެންޓް ޖެނެރަލް އަބްދުއްރަހީމް އަބްދުއްލަތީފު އެވެ.

އެލިއާއިން ބުނި ގޮތުގައި އެ ކުންފުނިން ރާއްޖެ އަށް ޔަމަހާ އައުޓްބޯޑު އިންޖީނު ތައާރަފްކުރީއްސުރެ އެމްއެންޑީއެފާ އެކު ބަދަހި ގުޅުމެއް ވަނީ ގާއިމު ވެފަ އެވެ. އެގޮތުން އެ ކުންފުނިން އެމްއެންޑީއެފުގެ ފްލީޓަށް ހިދުމަތްކުރަމުންދާ ކަން ފާހަގަކޮށް އެ ހިދުމަތަކީ ގައުމީ ހިދުމަތެއްގެ ގޮތުގައި އެ ކުންފުނިން ފާހަގަކުރި އެވެ.

އެލިއާއިން މި އަހަރު ޖުލައި މަހުގައި ވެސް އެމްއެންޑީއެފަށް ވަނީ އިންޖީނެއް ހަދިޔާކޮށްފަ އެވެ. އެ އިންޖީނަކީ 350 ހޯސްޕަވަރުގެ އިންޖީނެކެވެ. މި އިންޖީނަކީ ރާއްޖޭގައި މިހާރު ބޭނުންކުރަމުންދާ ކޮމާޝަލް އިންޖީނުތަކުގެ ތެރެއިން އެންމެ މަތީ ހޯސްޕަވަރުގެ އިންޖީނެކެވެ.

މިހާރު ރާއްޖޭގައި ބޭނުން ކުރާ އެންމެ މަތީ ހޯސްޕަވަރު ކަމަށްވާ 425 ހޯސްޕަވަރާއި 375 ހޯސްޕަވަރަކީ ވެސް ޔަމަހާގެ އުފެއްދުމެކެވެ.

އެލިއާ އަކީ ރާއްޖޭގައި ޔަމަހާ އިންޖީނު ވިއްކާ ސޯލް ޑިސްޓްރިބިއުޓަރެވެ. ޔަމަހާ އައުޓްބޯޑުގެ ޖެނުއިން ސްޕެއާ ޕާޓްސް މެދު ކެނޑުމެއްނެތި އަބަދުވެސް އެލިއާގައި ހުންނާނެ އެވެ. އެ ކުންފުނިން ސްޕެއާ ޕާޓްސްގެ ޑެލިވަރީ ހިދުމަތްވެސް މިހާރު ދެ އެވެ.

މި ކުންފުނިން ރާއްޖޭގައި ޔަމަހާ އިންޖީނުވިއްކާތާ 49 އަހަރު މިހާރު ވަނީ ވެފަ އެވެ. ޔަމަހާ އިންޖީނަކީ ރާއްޖޭގެ ކަނޑުތަކުގައި ޓެސްޓުކޮށް، ރާއްޖޭގެ މާހައުލަށް އެކަށީގެންވާގޮތަށް ފަރުމާކޮށްފައިވާ އިންޖީނެވެ.