Roadha Mihaaru
އެލިއާގެ "ޔަމަހާ މޮޓޯ ގާޑިއަން" ޕްރޮމޯޝަން ފަށައިފި

އެލިއާގެ "ޔަމަހާ މޮޓޯ ގާޑިއަން" ޕްރޮމޯޝަން ފަށައިފި

24 ޖެނުއަރީ 2020

އެލިއާ އިން "ޔަމަހާ މޮޓޯ ގާޑިއަން" ގެ ނަމުގައި މިއަދު ޕްރޮމޯޝަނެއް ފަށައިފި އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

އެލިއާ އިން "ޔަމަހާ މޮޓޯ ގާޑިއަން" ގެ ނަމުގައި މިއަދު ޕްރޮމޯޝަނެއް ފަށައިފި އެވެ.

އަންނަ މަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދާ މި ޕްރޮމޯޝަނަކީ އެލިއާގެ "ޔަމަހާ ސިޓީ" ޕްރޮމޯޝަން ހަރަކާތްތަކުގެ ތެރެއިން މިއަހަރު ކުރިއަށްގެންދާ ފުރަތަމަ ހަރަކާތެވެ. މި ޕްރޮމޯޝަނުގައި އަލަށް ގަންނަ ކޮންމެ ސައިކަލަކާއެކު އަމާނާ ތަކާފުލްގެ އިންޝުއަރެންސް ހިލޭ ލިބޭނެ އެވެ.

އަމާނާ ތަކާފުލްގެ "ކޮމްޕްރިހެންސިވް އިންޝުއަރެންސް" ޕެކޭޖަކީ ސައިކަލަށް ދިމާވާ އެކި ގެއްލުންތަކަށް ބަދަލު ލިބޭ އިންޝުއަރެންސް ޕެކޭޖެކެވެ. މީގެ ތެރޭގައި އަލިފާނުގެ ހާދިސާ އާއި ވައްކަމާއި ގުދުރަތީ ކާރިސާތަކުން ލިބޭ ގެއްލުން މި އިންޝުއަރެންސުން ކަވަރުކުރާނެ އެވެ.

އެލިއާ އިން ކުރިއަށްގެންދާ ޕްރޮމޯޝަން ހަރަކާތުގައި ބަޔަކު ޔަމަހާ ސައިކަލުތަކެއް ބަލަނީ-- ފޮޓޯ: ނިޝާން އަލީ/ މިހާރު

އެލިއާ އިން ކުރިއަށްގެންދާ ޕްރޮމޯޝަން ހަރަކާތުގައި ބަޔަކު ޔަމަހާ ސައިކަލުތަކެއް ބަލަނީ-- ފޮޓޯ: ނިޝާން އަލީ/ މިހާރު

އަލަށް ސައިކަލު ގަންނަ މީހުންގެ އިތުރުން އެލިއާގެ ކުރީގެ ކަސްޓަމަރުންނަށް ވެސް މި ޕްރޮމޯޝަނުގައި ބައިވެރިވޭނެ އެވެ. ކުރީގެ ކަސްޓަމަރުން އިންޝުއަރެންސް ޕްލޭން ބަދަލުކުރަން ބޭނުންވާ ނަމަ އެ ފުރުސަތު ލިބޭނެ ކަމަށް އެލިއާއިން ބުންޏެވެ. އެގޮތުން، އެ ކުންފުނީގެ ތިން އަހަރު ނުވާ ކަސްޓަމަރުންނަށް އެއްވެސް އިންސްޕެކްޝަނަކާ ނުލައި ޑިސްކައުންޓަކާ އެކު އިންޝުއަރެންސް ޕްލޭން ބަދަލު ކޮށްލެވޭނެ އެވެ.

އެލިއާ އިން އިންސްޓޯލްމަންޓަށް ދޫކުރާ ހުރިހާ ސައިކަލެއް ވެސް ލިބޭނީ ފުރަތަމަ ޕޭމަންޓު ދެއްކުމާއެކު އަމިއްލަ ނަމުގައި ރަޖިސްޓްރީ ކުރުމަށް ފަހު ކަމަށް އެލިއާ އިން ބުންޏެވެ. އަދި ރިބާގެ އެއްވެސް މުއާމަލާތެއް ސައިކަލު ދޫ ކުރުމުގައި ނުހިނގާނެ ކަމަށް ވެސް އެ ކުންފުނިން ޔަގީންކަން ދެ އެވެ.

"ޔަމަހާ މޮޓޯ ގާޑިއަން" ޕްރޮމޯޝަން ފެށުމުގެ ގޮތުން ހުޅުމާލޭގައި ކުރިއަށްދާ ހަރަކާތުގައި ޔަމަހާ ސައިކަލުތަކެއް ޑިސްޕްލޭކޮށްފައި-- ފޮޓޯ: ނިޝާން އަލީ/ މިހާރު

"ޔަމަހާ މޮޓޯ ގާޑިއަން" ޕްރޮމޯޝަން ފެށުމުގެ ގޮތުން ހުޅުމާލޭގައި ކުރިއަށްދާ ހަރަކާތުގައި ޔަމަހާ ސައިކަލުތަކެއް ޑިސްޕްލޭކޮށްފައި-- ފޮޓޯ: ނިޝާން އަލީ/ މިހާރު

މި ޕްރޮމޯޝަން ފެށުމުގެ ގޮތުން އެލިއާ އިން ވަނީ މިއަދު ހުޅުމާލޭގައި ހާއްސަ ހަރަކާތެއް ވެސް ފަށައިފަ އެވެ. މިއަދު މިއަދު ހަވީރު 4:00 އިން ފެށިގެން މިރޭ 10:00 އަށް ހުޅުމާލެ ރުއްގަނޑު ސަރަހައްދުގައި މި ހަރަކާތް ކުރިއަށްދާނެ އެވެ. ސައިކަލު ގަންނަ ނުވަތަ ބަލައިލަން ބޭނުންވާ މީހުންނަށް މި ހަރަކާތުގެ ތެރެއިން ފުރުސަތު ލިބޭނެ އެވެ.

މީގެ އިތުރުން ޔަމަހާ އިން ވިއްކާ ހެލްމެޓު ވެސް ހާއްސަ ޑިސްކައުންޓަކާއެކު މި ހަރަކާތުގެ ތެރެއިން ލިބެން ހުންނާނެ އެވެ.

އެލިއާ އިން އަންނަނީ ކޮންމެ އަހަރަކު ވެސް އެ ކުންފުނިން ވިއްކާ ޔަމަހާ ބްރޭންޑުގެ ސައިކަލުތަކުން ތަފާތު ޕްރޮމޯޝަންތައް ހިންގަމުންނެވެ. އެގޮތުން، މިދިޔަ އަހަރު "އެންމެނަށް ވެސް ޔަމަހާ" ގެ ނަމުގައި ތަފާތުޕްރޮމޯޝަންތައް ކުރިއަށް ގެންދިޔަ އެވެ.