Roadha Mihaaru
ޔަމަހާ ސައިކަލާއި އިންޖީނުގެ ޚާއްސަ ޕްރޮމޯޝަނެއް

ބޮޑެތި ޑިސްކައުންޓުތަކާ އެކު، ޔަމަހާ ސައިކަލާއި އިންޖީނުގެ ޕްރޮމޯޝަނެއް

27 ޑިސެމްބަރ 2019

ބޮޑެތި ޑިސްކައުންޓުތަކާ އެކު، ޔަމަހާ ސައިކަލާއި އިންޖީނު ވިއްކާ ޕްރޮމޯޝަނެއް އެލިއާ އިން މިއަދު ފަށައިފި އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

ބޮޑެތި ޑިސްކައުންޓުތަކާ އެކު، ޔަމަހާ ސައިކަލާއި އިންޖީނު ވިއްކާ ޕްރޮމޯޝަނެއް އެލިއާ އިން މިއަދު ފަށައިފި އެވެ.

އަންނަ ހަފުތާ އަންގާރަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދާ މި ޕްރޮމޯޝަނަކީ "އެންމެންނަށް ވެސް ޔަމަހާ" ގެ މި އަހަރުގެ އެންމެ ފަހު ޕްރޮމޯޝަނެވެ.

މި ޕްރޮމޯޝަން ފެށުމަށްޓަކައި، ހުޅުމާލޭގެ ރުއްގަނޑު ސަރަހައްދުގައި މިއަދު ހަވީރުން ފެށިގެން މިރޭގެ 10 ޖަހަންދެން ޚާއްސަ ހަރަކާތެއް ކުރިއަށް ގެންދާނެ އެވެ. ސައިކަލާއި އިންޖީނު ގަންނަން ބޭނުންވާ މީހުން އެ ސަރަހައްދަށް ގޮސް، ގަންނަން ބޭނުންވާ ސައިކަލާ ބެހޭ މައުލޫމާތު ސާފުކޮށް އަދި އެޕްލިކޭޝަން ވެސް ވަގުތުން ހުށަހެޅޭނެ އެވެ.

މި ޕްރޮމޯޝަންގައި، އެއްފަހަރާ ފައިސާ ދައްކައިގެން ސައިކަލް ނަގާ މީހުންނަށް ކޭޝް ޑިސްކައުންޓެއް ލިބޭނެ އެވެ. އަދި އިންސްޓޯލްމެންޓަށް ސައިކަލް ނަގާ މީހުންނަށް ޑައުން ޕޭމަންޓުން 50 ޕަސެންޓުގެ ބޮޑު ޑިސްކައުންޓެއް ދެ އެވެ. ކޮންމެ ސައިކަލަކާ އެކު އެލިއާ އިން ހެލްމެޓެއް ވެސް ލިބޭނެ އެވެ. އަދި އިންސްޓޯލްމަންޓަށް ސައިކަލް ނަގާ މީހުންނަށް އެ ސައިކަލް ދޫކުރާނީ އަމިއްލަ ނަންމަތީގަ އެވެ.

މި ޕްރޮމޯޝަންގައި ޔަމަހާ ބްރޭންޑުގެ އިންޖީނު ގަންނަ މީހުންނަށް ވެސް ވަނީ ފަސޭހަ ގޮތްތަކެއް ހަމަޖައްސައިދީފަ އެވެ. ޕްރޮމޯޝަން ކުރިއަށް ގެންދާ މުއްދަތުގެ ތެރޭގައި އިންސްޓޯލްމަންޓަށް އިންޖީނު ގަންނަން ބޭނުންވާ މީހުންނަށް ލުއި ގޮތަކަށް ފައިސާ ދެއްކޭނެ އެވެ. އެކަމަކު، މި އޮފާ ލިބޭނީ 25 ހޯސްޕަވަރުން ދަށުގެ އިންޖީނުތަކުންނެވެ.

އެލިއާ އިން ވަނީ މި ޕްރޮމޯޝަން ފޭސްބުކް މެދުވެރިކޮށް ވެސް ހުޅުވާލައިފަ އެވެ. އެގޮތުން، މާލެ އާއި ވިލިމާލޭގައި ދިރިއުޅޭ މީހުންގެ ތެރެއިން ސައިކަލް ނަގަން ބޭނުންވާ މީހުން، އެ މީހެއްގެ މައުލޫމާތު ފޭސްބުކް މެދުވެރިކޮށް "ޔަމަހާ މޯލްޑިވްސް" ޕޭޖަށް މެސެޖް ކުރުމުން ގެ އަށް އެއްބަސްވުން ފޮނުވައިދޭނެ އެވެ. އަދި ފޭސްބުކް މެދުވެރިކޮށް، ސައިކަލް ނަގާ މީހުންނަށް ފައިސާ ދެއްކުމުގައި ވެސް ފަސޭހަ ވާނެ ކަމަށް އެލިއާ އިން ބުންޏެވެ.

ޔަމަހާ ބްރޭންޑުގެ އެންމެ ފަހުގެ ސައިކަލްތައް އެލިއާ އިން މިހާރު ލިބެން އެބަހުއްޓެވެ. އޭގެ ތެރޭގައި "ފިނޯ" އާއި "އެރޮކްސް" އާއި "ފްރީގޯ" އައި "މިއޯ" އަދި "ނިމެކްސް" އާއި "ކިއުބިކްސް" ހިމެނެ އެވެ. މިއީ ދިވެހިންގެ މެދުގައި މިހާރު އެންމެ މަގުބޫލް ބްރޭންޑުގެ ސައިކަލްތަކެވެ.