Roadha Mihaaru
ލިމިޓެޑް އެޑިޝަން ސައިކަލެއް އެލިއާ އިން ތައާރަފްކޮށްފި

ތަފާތު ކުލަތަކެއްގެ ލިމިޓެޑް އެޑިޝަން ސައިކަލެއް އެލިއާ އިން ތައާރަފްކޮށްފި

26 އޮކްޓޯބަރ 2016

ހާއްސަ ކުލަތަކެއްގެ ޔަމަހާ ޖުޕިޓާ ސީރީޒްގެ ލިމިޓެޑް އެޑިޝަން ސައިކަލެއް އެލިއާ އިންވެސްޓްމެންޓްސް އިން މިރޭ ރާއްޖެ އަށް ތައާރަފްކޮށްފި އެވެ.

އަލީ ނާފިޒް އަލީ ނާފިޒް

ހާއްސަ ކުލަތަކެއްގެ ޔަމަހާ ޖުޕިޓާ ސީރީޒްގެ ލިމިޓެޑް އެޑިޝަން ސައިކަލެއް އެލިއާ އިންވެސްޓްމެންޓްސް އިން މިރޭ ރާއްޖެ އަށް ތައާރަފްކޮށްފި އެވެ.

މާފަންނުގައި ހުންނަ އެލިއާގެ ޔަމަހާ ޝޯރޫމް ކުރިމަތީގައި ބޭއްވި ހަފްލާއެއްގައި "ސްޓްރީޓް ކިންގް"ގެ ނަން ދީފައިވާ ޔަމަހާ އެމްއެކްސް ކިންގް 150 ބްރޭންޑުގެ ލިމިޓެޑް އެޑިޝަން ސައިކަލު ވަނީ ދައްކާލާފަ އެވެ. މިހާރު ވެސް ރާއްޖޭގައި ވިއްކާ ސްޓްރީޓް ކިންގުގެ ހުދާއި ކަޅު އަދި ރަތް ކުލައިގެ އިތުރުން ލިމިޓެޑް އެޑިޝަން ސައިކަލު ވަރަށް ތަފާތު ކުލަތަކެއް ވަނީ ހިމަނާފަ އެވެ. އެއީ މެޓް ރެޑް (އޮފު ނާރާ ރަތް)، މެޓް ބްލެކް (އޮފު ނާރާ ކަޅު) އާއި ޓާކުއިސް ބްލޫ (މޫދުގައި ހުންނަ ނޫ ކުލަ) އަދި ރިހި ކުލަ އެވެ.

މި ސައިކަލުގައި އެންމެ ފަހުގެ ޓެކްނޮލޮޖީ ވަނީ ހިމަނާފަ އެވެ. އެ ގޮތުން، ދުވެލި ބާރުކޮށް އަދި ފަސޭހަކަމާ އެކު ދުއްވާލެވޭނެ ގޮތް ހެދުމަށް ސައިކަލުގެ އޮނިގަނޑު ވަނީ އެއިރޮޑައިނަމިކް ގޮތަކަށް ބައްޓަންކޮށް، މޮނޯ ޝޮކް ސިސްޓަމެއް ހަރުކޮށްފަ އެވެ. އަދި ހަން ލައްވަން ނުޖެހޭ ވައްތަރުގެ ޓަޔަރު ހަރުކޮށްފައި ވާއިރު، ދެ ފުރޮޅުގައި ވެސް ހުންނަނީ ޑިސްކު ބުރަތްކެވެ.

މީގެ އިތުރުން، ސައިކަލުގެ މީޓަރު ބޯޑު ވެސް ވަނީ އެނަލޮގް އަދި ޑިޖިޓަލް ގޮތަކަށް ފަރުމާކޮށްފަ އެވެ. އެހެންވެ، މީޓަރުގައި ވެރި ފަރާތުގެ ނަން އަޅާލުމުގެ ފުރަސަތު ވެސް ލިބެ އެވެ.

ޔަމަހާގެ އުފެއްދުންތައް ރާއްޖޭގައި ވިއްކާ އެލިއާގެ އެސިސްޓެންޓް މާކެޓިން މެނޭޖަރު އަހުމަދު އަސީލް ވިދާޅުވީ އެއްފަހަރާ ފައިސާ ދައްކާ ނަމަ 78،995 ރުފިޔާ އަށް ވިއްކާ މި ސައިކަލު ދެ ގޮތަކަށް އިންސްޓޯލްމަންޓަށް ނެގޭނެ ކަމަށެވެ. އެއީ ޑައުންޕޭމަންޓަށް އެއް ރުފިޔާ ނުވަތަ 10،600 ރުފިޔާ ދައްކައިގެން 36 މަހަށް ބަހާލައިގެން ފައިސާ ދެއްކުމެވެ.

ސްޓްރީޓް ކިންގުގެ ލިމިޓެޑް އެޑިޝަން ސައިކަލު ތައާރަފް ކުރުމަށް ބޭއްވި ހަފްލާގައި އެލިއާގެ އެސިސްޓެންޓް މާކެޓިން މެނޭޖަރު އަހުމަދު އަސީލް ވާހަކަ ދައްކަވަނީ.-- ފޮޓޯ: މުހައްމަދު ޝަރުހާން/ މިހާރު

ސްޓްރީޓް ކިންގުގެ ލިމިޓެޑް އެޑިޝަން ސައިކަލު ތައާރަފް ކުރުމަށް ބޭއްވި ހަފްލާގައި އެލިއާގެ އެސިސްޓެންޓް މާކެޓިން މެނޭޖަރު އަހުމަދު އަސީލް ވާހަކަ ދައްކަވަނީ.-- ފޮޓޯ: މުހައްމަދު ޝަރުހާން/ މިހާރު

މި ސައިކަލް ތައާރަފްކުރުމާ ގުޅިގެން އެލިއާ އިން ވަނީ ހާއްސަ ޕްރޮމޯޝަނެއް ވެސް ފަށާފަ އެވެ. އެ ގޮތުން، މިއަދާއު މާދަމާ ހަވީރު 5:00 އިން ރޭގަނޑު 10:00 އަށް ޔަމަހާ ޝޯރޫމްގައި ކުރިއަށް ގެންދާ މި ޕްރޮމޯޝަންގައި ގަންނަ ކޮންމެ ސައިކަލަކަށް 5،000 ރުފިޔާއާ ހަމައަށް ޑިސްކައުންޓް ދޭނެ އެވެ. އަދި ކޮންމެ މީހަކަށް ހަދިޔާއެއް ވެސް ލިބޭނެ އެވެ.