Roadha Mihaaru
ޔަމަހާ އިންޖީނުގެ ފައިސާ އަނބުރާ ލިބޭ ޕްރޮމޯޝަނެއް

ޔަމަހާ އިންޖީނަށް ދައްކާ ފައިސާ އަނބުރާ ލިބޭ ޕްރޮމޯޝަނެއް

11 ޖޫން 2023

އެލިއާ އިންވެސްޓްމަންޓުން ވިއްކާ 60 ހޯސްޕަވަރުގެ ޔަމަހާ އިންޖީނު ގަންނަ ކަސްޓަމަރުންގެ ތެރެއިން ގުރުއަތުން ހޮވޭ ކަސްޓަމަރުންނަށް އިންޖީނުގެ ފައިސާ އަނބުރާ ލިބޭ ޕްރޮމޯޝަނެއް ފަށައިފި އެވެ.

އައިޝަތު ޖަޒްލީ އައިޝަތު ޖަޒްލީ

އެލިއާ އިންވެސްޓްމަންޓުން ވިއްކާ 60 ހޯސްޕަވަރުގެ ޔަމަހާ އިންޖީނު ގަންނަ ކަސްޓަމަރުންގެ ތެރެއިން ގުރުއަތުން ހޮވޭ ކަސްޓަމަރުންނަށް އިންޖީނުގެ ފައިސާ އަނބުރާ ލިބޭ ޕްރޮމޯޝަނެއް ފަށައިފި އެވެ.

އެލިއާ އިން ބުނި ގޮތުގައި އެ ޕްރޮމޯޝަނުގައި 60 ހޯސްޕަވަރުގެ އިންޖީނު ގަންނަ ކަސްޓަމަރުންގެ މެދުގައި ކޮންމެ ދެ މަހަކުން މަހަކުން ގުރުއަތެއް ނަގައި، ގުރުއަތުން ހޮވޭ ނަސީބުވެރިޔަކަށް އިންޖީނުގެ ފައިސާ އަނބުރާ ދޭނެ ކަމަށެވެ. މި ޕްރޮމޯޝަން އެއް އަހަރު ދުވަހުގެ ނިޔަލަށް ކުރިއަށް ދާނެ އެވެ.

އެލިއާއިން ބުނި ގޮތުގައި މި ޕްރޮމޯޝަނަކީ ކަސްޓަމަރުންނާ ދެމެދު އޮންނަ ގުޅުން ވަރުގަދަކޮށް ޔަމަހާއަށް ކަސްޓަމަރުން ކުރާ އިތުބާރު އިތުރުކުރުމުގެ ގޮތުން ކުރިއަށް ޕްރޮމޯޝަނެއް ކަމަށެވެ.

މި ޕްރޮމޯޝަނުގެ ފުރަތަމަ ގުރުއަތު މި ދިޔަ މަހު ވަނީ ނަގާފަ އެވެ. ދެ ވަނަ ގުރުއަތު އޮންނާނީ އަންނަ މަހު އެވެ.

ޔަމަހާ އިންޖީނަކީ ގިނަ ބައެއްގެ އިތުބާރު ލިބިފައިވާ، އެންމެ ފަހުގެ ޓެެކްނޮލަޖީގެ އެހީގައި ފަރުމާކޮށްފައިވާ މޮޅު އިންޖީނެއް ކަމަށް އެލިއާއިން ބުނެ އެވެ.

އެލިއާ އަކީ ރާއްޖޭގައި ޔަމަހާ ސޯލް ޑިސްޓްރިބިއުޓަރެވެ.