Roadha Mihaaru
މެރިން އެކްސްޕޯގައި ޔަމަހާގެ ސްޓޯލުން އިންޖީނެއް ދެނީ

މެރިން އެކްސްޕޯގައި ޔަމަހާގެ ސްޓޯލުން އިންޖީނެއް ދެނީ

09 ފެބުރުއަރީ 2024

ހުޅުމާލެ ސެންޓްރަލް ޕާކުގައި މިހާރު ކުރިއަށް ދާ މެރިން އެކްސްޕޯގެ ޔަމަހާ ސްޓޯލުން އިންޖީނެއް ދޭ ޕްރޮމޯޝަނެއް ފަށައިފި އެވެ.

އައިޝަތު ޖަޒްލީ އައިޝަތު ޖަޒްލީ

ހުޅުމާލެ ސެންޓްރަލް ޕާކުގައި މިހާރު ކުރިއަށް ދާ މެރިން އެކްސްޕޯގެ ޔަމަހާ ސްޓޯލުން އިންޖީނެއް ދޭ ޕްރޮމޯޝަނެއް ފަށައިފި އެވެ.

މި ޕްރޮމޯޝަންގައި، އެ ސްޓޯލަށް ޒިޔާރަތްކުރާ ކޮންމެ މީހަކަށް ވެސް ލަކީޑްރޯގައި ބައިވެރިވުމަށް ކޫޕަނެއް ދޭނެ އެވެ. އަދި މި ކޫޕަން ފުރާ ލަކީޑްރޯގައި ބައިވެރިވާ މީހުންގެ މެދުގައި ގުރުއަތު ނަގާ ނަސީބުވެރި އެކަކަށް 60 ހޯސްޕަވަރުގެ ޔަމަހާ އިންޖީނެއް ލިބޭނެ އެވެ.

އިންޖީނު ލިބޭ ނަސީބުވެރިޔާ ހޮވުން އޮންނާނީ އާދިއްތަ ދުވަހު އެވެ.

ރާއްޖޭގެ ޔަމަހާ އިންޖީނުގެ ވިއްކާ އެލިއާއިން ބުނި ގޮތުގައި މި ޕްރޮމޯޝަނުގައި ދޭ 60 ހޯސްޕަވަރުގެ އިންޖީނަކީ އާންމު ދިރިއުޅުމުގައި ދިވެހިންގެ ކަނޑުދަތުރުކުރުމުގެ އެންމެ ގިނައިން ބޭނުންކުރާ އެއް އިންޖީނެވެ. ފާއިތުވި އަހަރުތަކު ތެރޭގައި ޔަމަހާ 60 ހޯސްޕަވަރުގެ އިންޖީނަށް ބަރޯސާވާ މިންވަރު އިތުރުވެ، މި އިންޖީނަށް ބޮޑު އިތުބާރެއް ލިބިފައިވާކަން އެ ކުންފުނިން ފާހަގަކުރެ އެވެ.

ޔަމަހާ 60 ހޯސްޕަވަރުގެ އިންޖީނަކީ ފިއުލް އިންޖެކްޓަރުގެ މޮޑެލް އެކެވެ. އަދި މި އިންޖީނަކީ ތެޔޮ ހަރަދު ކުޑަ، ބަރުކޮށް ބާރު ދުވެލީގައި ދަތުރުކުރުމަށް ހާއްސަކޮށް ފަރުމާ ކުރެވިފައިވާ އިންޖީނެކެވެ. ހަމައެހެންމެ މިޑްރޭންޖް އިންޖީނުގެ ތެރެގައި އެންމެ ގިއަރު ވަރުގަދަ އިންޖީނަކީވެސް ޔަމަހާ 60 ހޯސްޕަވަރުގެ އިންޖީނުކަން އެލިއާއިން ފާހަގަކުރެ އެވެ.

މެރިން އެކްސްޕޯއަކީ ރާއްޖޭގެ ކަނޑުދަތުރުފަތުރު ކުރާ ފަރާތްތަކާއި ކަނޑާގުޅުން ހުރި އެކި ދާއިރާތަކުގެ ޕްރޮޑަކްޓުތައް ދައްކާލާ އެކްސްޕޯ އެކެވެ. އެ އެކްސްޕޯގައި އެލިއާއިން ވަނީ ޔަމަހާގެ ގިނަ އިންޖީނުތަކެއް ޝޯކޭސް ކޮށްފަ އެވެ. ޔަމަހާގެ އެކި ޕްރޮޑަކްޓުތަކުގެ މައުލޫމާތުތައް އެ ސްޓޯލުން ލިބޭނެ އެވެ.