Roadha Mihaaru
ދޯނިފަހަރުގެ ސާމާނަށް ވީއޭއެމްކޯ އިން ޑިސްކައުންޓް ދެނީ

ދޯނިފަހަރަށް ބޭނުންވާ ސާމާނަށް ވީއޭއެމްކޯ އިން 15 ޕަސެންޓުގެ ޑިސްކައުންޓް ދެނީ

01 ފެބުރުއަރީ 2017

އޮޑިދޯނިފަހަރަށް ބޭނުންވާ އެކި ވައްތަރުތަކުގެ ސާމާނަށް ބޮޑެތި ޑިސްކައުންޓްތަކެއް ލިބޭ ޕްރޮމޯޝަނެއް ވީއޭއެމްކޯ އިން މިއަދު ފަށައިފި އެވެ.

އަލީ ނާފިޒް އަލީ ނާފިޒް

އޮޑިދޯނިފަހަރަށް ބޭނުންވާ އެކި ވައްތަރުތަކުގެ ސާމާނަށް ބޮޑެތި ޑިސްކައުންޓްތަކެއް ލިބޭ ޕްރޮމޯޝަނެއް ވީއޭއެމްކޯ އިން މިއަދު ފަށައިފި އެވެ.

ވީއޭއެމްކޯ އިން ނެރުނު ބަޔާނެއްގައި ބުނި ގޮތުގައި "އެ ވެސް މި ވެސް ޕްރޮމޯޝަން" މި މަހުގެ ނިޔަލަށް ކުރިއަށް ދާނެ އެވެ. މި ޕޮރޮމޯޝަންގައި، ވީއޭއެމްކޯ އިން ގަންނަ ތަކެއްޗަށް 15 ޕަސެންޓާ ހަމަ އަށް ޑިސްކައުންޓް ލިބޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

ޑިސްކައުންޓް ލިބޭ ވައްތަރުތަކުގެ ތެރޭގައި މައިގަނޑު ގޮތެއްގައި ހިމެނެނީ ނަގިލި، ޗޭނު، ފެންޑަރު، އެކި ސައިޒުގެ ވާ، ޖަނަރޭޓަރު، ޑީސަލް ޕަންޕު، ޖީޕީއެސް، ފިޝް ފައިންޑަރު، މެރިން ދަވާދާއި އެންޓިފޯލިން، ޕޮލިޝްކޮށް ސާފުކުރުމަށް ބޭނުންކުރާ ސާމާނު އަދި ނެވިގޭޝަން ލައިޓެވެ.

ވީއޭއެމްކޯ އަކީ ސްޓަމާނިޔާ، ނަންނި، ޕެޓިޓް، އޮޓޯސޯލް، ވެބަސްޓޯ، ރެވް 1، އެލް އެންޑް ޑަބްލިއު، ޑޫސަން ޑައިވޫ ފަދަ އިތުބާރު ހުރި އެތައް ބްރޭންޑުތަކެއްގެ ރާއްޖޭގެ ސޯލް ޑިސްޓްރިބިއުޓަރެވެ. ރާއްޖޭގެ 450 އަށް ވުރެ ގިނަ އޮޑިދޯނިފަހަރުގައި ވީއޭއެމްކޯ އިން ވިއްކާ ސާމާނު ބޭނުންކުރެ އެވެ.

މިދިޔަ އަހަރު ބޭއްވި މޯލްޑިވްސް ބޯޓިން އެވޯޑްސްގައި އެންމެ މަގުބޫލް މެރިން އިކުއިޕްމެންޓް ސަޕްލަޔަރުގެ އެވޯޑު ވެސް ވީއޭއެމްކޯ އަށް ވަނީ ލިބިފަ އެވެ.