Roadha Mihaaru
ޑޫސާން ލައްކަ ޕްރޮމޯޝަންގެ މުއްދަތު އިތުރުކޮށްފި

ޑޫސާން ލައްކަ ޕްރޮމޯޝަންގެ މުއްދަތު އަންނަ މަހުގެ ނިޔަލަށް އިތުރުކޮށްފި

31 ޖުލައި 2017

ޑޫސާން ޑައިވޫ އިންޖީނެއް ގަނެގެން 100،000 ރުފިޔާ އާއި 200،000 ރުފިޔާއާ ދެމެދުގެ ސާމާނު ހިލޭ ލިބޭ ޕްރޮމޯޝަނުގެ މުއްދަތު އިތުރުކޮށްފި އެވެ.

އަލީ ޝިނާން އަލީ ޝިނާން

ޑޫސާން ޑައިވޫ އިންޖީނެއް ގަނެގެން 100،000 ރުފިޔާ އާއި 200،000 ރުފިޔާއާ ދެމެދުގެ ސާމާނު ހިލޭ ލިބޭ ޕްރޮމޯޝަނުގެ މުއްދަތު އިތުރުކޮށްފި އެވެ.

ދެކުނު ކޮރެއާގެ މަޝްހޫރު ޑޫސާން ޑައިވޫ އިންޖީނުގެ ރާއްޖޭގެ އޮތޮރައިޒްޑް ޑިސްޓްރިބިއުޓަރު ކަމަށްވާ ވީއޭއެމްކޯ އިން މިއަދު ބުނި ގޮތުގައި، "ޑޫސާން ލައްކަ ޕްރޮމޯޝަން"ގެ މުއްދަތު އިތުރުކޮށްފައި ވަނީ އޯގަސްޓް މަހުގެ ނިޔަލަށެވެ.

ވީއޭއެމްކޯ އިން ބުނީ މީގެ ތިން މަސް ކުރިން ފެށި ޕްރޮމޯޝަންގެ މުއްދަތު އިތުރުކުރީ، ކަސްޓަމަރުން ވަރަށް ބޮޑަށް އެކަމަށް އެދެމުން އަންނާތީ ކަމަށެވެ. އަދި ޕްރޮމޯޝަނަށް ވަރަށް ބޮޑު ތަރުހީބެއް ލިބެމުން އަންނަ ކަމަށް ވެސް ބުންޏެވެ.

މި ޕްރޮމޯޝަންގެ ދަށުން ހިލޭ ލިބޭ ތަކެތީގެ ތެރޭގައި ހުންގާނު ސިސްޓަމާއި ޖީޕީއެސް ހިމެނޭ ފިޝް ފައިންޑަރާއި ދުރުމި އާއި އަޑީތެލާއި ގިޔަރު ތެޔޮ އަދި ކޫލަންޓް ވެސް ހިމެނެ އެވެ.

ގިނަ ދުވަހަށް ގެންގުޅެވޭ، އަގުހެޔޮ އަދި ތެޔޮ ހަރަދު ކުޑަ ޑޫސާން ޑައިވޫ މެރިން އިންޖީނަކީ ރާއްޖޭގެ 400 އަށް ވުރެ ގިނަ އުޅަނދުގައި ބޭނުންކުރަމުން އަންނަ، އިތުބާރު ލިބިފައިވާ ބްރޭންޑެކެވެ. އެންމެ ފަހުން ބޭއްވި މޯލްޑިވްސް ބޯޓިން އެވޯޑްސްގައި ވެސް އެންމެ މަގުބޫލް މެރިން އިންޖީނުގެ އެވޯޑް ލިބުނީ ވެސް ޑޫސާން ޑައިވޫ އިންޖީނަށެވެ.

ވީއޭއެމްކޯ އިން ޑޫސާން ޑައިވޫ އިންޖީނުގެ 160 ހޯސްޕަވަރުން ފެށިގެން 1،200 ހޯސްޕަވަރާ ދެމެދުގެ ލައިޓް، މީޑިއަމް އަދި ހެވީ ޑިއުޓީ އިންޖީނު ވިއްކަ އެވެ. އަދި މާލޭގައި ހުންނަ ވީއޭއެމްކޯގެ ސާވިސް ސެންޓަރުންނާއި ރާއްޖޭގެ ކޮންމެ ހިސާބަކުން ވެސް އިންޖީނު މަރާމާތުކޮށް، ސާވިސް ކުރުމުގެ ހިދުމަތް ލިބޭނެ އެވެ.