Roadha Mihaaru
ވީއޭއެމްކޯއިން ޑޫސާންގެ އަގުބޮޑު ޕްރޮމޯޝަނެއް ފަށައިފި

ވީއޭއެމްކޯއިން ޑޫސާންގެ އަގުބޮޑު ޕްރޮމޯޝަނެއް ފަށައިފި

26 އެޕްރީލް 2017

ދެ ލައްކަ ރުފިޔާ އަށް ވާ ވަރަށް ހިލޭ ސަމާނު ހޯދުމުގެ ފުރުސަތު ވީއޭއެމްކޯ އިން ހުޅުވާލައިފި އެވެ.

ޖާދުﷲ ތައުފީގް ޖާދުﷲ ތައުފީގް

ދެ ލައްކަ ރުފިޔާ އަށް ވާ ވަރަށް ހިލޭ ސަމާނު ހޯދުމުގެ ފުރުސަތު ވީއޭއެމްކޯ އިން ހުޅުވާލައިފި އެވެ.

ވީއޭއެމްކޯގެ ޑޫސާން ލައްކަ ޕްރޮމޯޝަން 2017 ގެ ދަށުން ޑޫސާން ބްރޭންޑުގެ ޑައިވޫ އިންޖީނެއް ގަތުމުން، އެއް ލައްކަ ރުފިޔާ އާއި ދެ ލައްކަ ރުފިޔާ އަށް ވާވަރަށް ބައެއް ސާމާނު މުޅިން ހިލޭ ލިބޭނޭ ކަމަށް ވީއޭއެމްކޯ އިން ބުންޏެވެ.

އެ ގޮތުން ހިލޭ ލިބޭ ތަކެތީގެ ތެރޭގައި ހުންގާނު ސިސްޓަމް، ޖީޕީއެސްއާ އެކު ފިޝް ފައިންޑަ، ނެވިގޭޝަން ލައިޓް، އޮޓޯ ސްވިޗް، ބިލްޖް ޕަމްޕު، ޒިންކް އެނޯޑް، ދުރުމި، އަޑީތެޔޮ، ގިޔަރު ތެޔޮ އަދި ކޫލަންޓްގެ އިތުރުން ވެސް ވަރަށް ގިނަ ތަކެތި ހިމެނެ އެވެ. ވީއޭއެމްކޯ އިން މި ޕްރޮމޯޝަން ކުރި އަށް ގެންދާނީ ޖުލައި މަހުގެ ނިޔަލަށެވެ.

ވީއޭއެމްކޯއަކީ ނަން މަޝްހޫރު ޑޫސާން ޑައިވޫގެ ރާއްޖޭގެ ސޯލް ޑިސްޓްރިބިއުޓަރެވެ. މި ބްރޭންޑްގެ މެރިން އިންޖީނަކީ ރާއްޖޭގެ 400 އަށް ވުރެ ގިނަ އޮޑީގައި ބޭނުން ކުރަމުން އަންނަ، އިތުބާރު ލިބިފައިވާ ބްރޭންޑެކެވެ. އެންމެ ފަހުން ބޭއްވި މޯލްޑިވްސް ބޯޓިން އެވޯޑުގައި ވެސް އެންމެ މަގުބޫލު މެރިން އިންޖީނުގެ އެވޯޑު ލިބިފައިވަނީ ޑޫސާން ޑައިވޫ އިންޖީނަށެވެ.

މިއީ ގިނަ ދުވަހު ހަލާކުނުވެ ގެންގުޅެވޭ، އަގުހެޔޮ އަދި ތެޔޮ ޚަރަދު ކުޑަ އިންޖީނެކެވެ. މި ބްރޭންޑަށް އޮތް މަޤްބޫލުކަން ބޮޑުވަމުންދަނީ، މިއީ ދުވެލި ބާރު، އަޑު މަޑު، ވައިބްރޭޝަން ކުޑަ އިންޖީނަކަށް ވާތީ އެވެ. ސަތޭކަ ފަސްދޮޅަސް ހޯސްޕަވަރުން ފެށިގެން 1200 ހޯސްޕަވަރާ ދެމެދުގެ ލައިޓް، މީޑިއަމް އަދި ހެވީ ޑިއުޓީ ޑޫސާން ޑައިވޫ އިންޖީނު އޯކިޑު މަގުގައި ހުންނަ ވީއޭއެމްކޯގެ ފިހާރަ އިން ލިބެން ހުރެ އެވެ. އަދި ވީއޭއެމްކޯގެ ސާވިސް ސެންޓަރުންނާއި ރާއްޖޭގެ ކޮންމެ ހިސާބަކުން ވެސް އިންޖީނު މަރާމާތުކޮށް ސާވިސް ކުރުމުގެ ޚިދުމަތް ފޯރުކޮށްދެމުންދެ އެވެ.