07 އެޕްރީލް 2022
މީގެ އަހަރުތަކެއް ކުރިން ވެލިގާ ހާޑްވެއާއެއް ނެތެވެ. އެކަމަކު ވޭތުވެދިޔަ 14 އަހަރުގެ ތެރޭގައި، ވެލިގާ ހާޑްވެއާގެ ނަން މަޑުމަޑުން އިތުބާރު ހޯދަމުން އައިސް ވިޔަފާރީގެ ތެރޭގައި އެ ނަން ވިދާލައިފި އެވެ. މިހާރު އެއީ ރާއްޖޭގެ މަޝްހޫރު ބްރޭންޑެކެވެ. އެއީ އެއްގޮތަކަށް ވެސް އާދައިގެ ނަމެއް ނޫނެވެ.
މީގެ އަހަރުތަކެއް ކުރިން ވެލިގާ ހާޑްވެއާއެއް ނެތެވެ. އެކަމަކު ވޭތުވެދިޔަ 14 އަހަރުގެ ތެރޭގައި، ވެލިގާ ހާޑްވެއާގެ ނަން މަޑުމަޑުން އިތުބާރު ހޯދަމުން އައިސް ވިޔަފާރީގެ ތެރޭގައި އެ ނަން ވިދާލައިފި އެވެ. މިހާރު އެއީ ރާއްޖޭގެ މަޝްހޫރު ބްރޭންޑެކެވެ. އެއީ އެއްގޮތަކަށް ވެސް އާދައިގެ ނަމެއް ނޫނެވެ.
އެ ކުންފުންޏަށް އިއްޔެ 14 އަހަރުވީ އިރު ހަމައެކަނި ލިބުނު ކާމިޔާބީއަކީ އާންމުންގެ ސަލާމުކަން އަތުލައިގަންނަ މޮޅު އިޝްތިހާރުތައް ގެނެސްދިނުން އެކަންޏެއް ނޫނެވެ. ވެލިގާއަކީ ކޮލިޓީ ރަނގަޅު ސާމާނު ވިއްކާ، އާންމުންގެ އިތުބާރާއި ޔަގީންކަން ހޯދާފައިވާ ހާޑްވެއާ ވިޔަފާރީގެ އެންމެ އުހުގައި އުޅޭ އެއް ކުންފުންޏެވެ.
ވެލިގާ ހާޑްވެއާގެ ފުރަތަމަ ފިހާރަ ހުޅުވީ 2008 ވަނަ އަހަރު އެވެ. އޭގެ ފަހުން މިހާރު މާލެ ސަރަހައްދުގައި ފަސް ފިހާރައެއް ވަނީ ހުޅުވައިފަ އެވެ. މިހާ ކުރު މުއްދަތެއްގެ ތެރޭގައި އެ ކުންފުނިން ހޯދި ކާމިޔާބަކީ މުޅިން ތަފާތު ކޮންސެޕްޓަކަށް ހާޑްވެއާ ސާމާނު ވިއްކުމެވެ. އަދި އެއާ ގުޅޭ ކަސްޓަމަރުންނަށް ބޭނުންވާ ގިނަ ހިދުމަތްތަކެއް ދިނުމެވެ.
ވެލިގާގެ ކޯޕަރޭޓް ކަސްޓަމަރުންނަށް ހާއްސަ އޭރިއާ-- ފޮޓޯ: މިހާރު
ވެލިގާގެ އަހަރީ ދުވަހާ ގުޅުވައިގެން އެ ކުންފުނިން ކޮންމެ އަހަރަކު ވެސް ކުރިއަށްގެންދާ ހާއްސަ ޕްރޮމޯޝަން މި އަހަރު ވެސް ކުރިއަށް އެބަ ގެންދެ އެވެ. އެ ޕްރޮމޯޝަން މިފަހަރު ކުރިއަށް ދަނީ ވެލިގާގެ ވެބްސައިޓުގަ އެވެ. އެ ވެބްސައިޓަކީ ދިވެހިންނަށް އެއް ޕްލެޓްފޯމަކުން އެންމެ ގިނަ ހާޑްވެއާގެ ސާމާނު ލިބޭ ވެބްސައިޓެވެ. މި ޕްރޮމޯޝަނުން ވެލިގާގެ ވެބްސައިޓުން ގަންނަ ބައެއް ތަކެތިން 25 ޕަސެންޓާ ހަމައަށް ޑިސްކައުންޓް ލިބޭނެ އެވެ. އަންނަ ހަފްތާގެ އަންގާރަ ދުވަހުގެ ނިޔަލަށް ޕްރޮމޯޝަން ކުރިއަށްދާނެ އެވެ.
މިދިޔަ ދުވަސްތަކުގައި ވެލިގާ ހާޑްވެއާ އިން ވަނީ ކޯޕަރޭޓް ކަސްޓަމަރުންނަށް ހާއްސަކޮށްގެން ކޯޕަރޭޓް ސެންޓަރެއް ވެސް ހުޅުވައިފަ އެވެ. އެއީ ރާއްޖޭގައި ފުރަތަމަ ފަހަރަށް ހާޑްވެއާ ކުންފުންޏަކުން ހުޅުވި ކޯޕަރޭޓް ކަސްޓަމާ ސެންޓަރެވެ. އެތަނުން ބޮޑެތި ލިސްޓުތައް ހިފައިގެން އަންނަ ކޯޕަރޭޓް ކަސްޓަމަރުންނަށް، ކައުންޓަރުތަކުގައި ކިޔޫގައި ނުޖެހި ހިދުމަތް ލިބޭނެ އެވެ. އަދި ޕްރޮޑަކްޓަކާ ބެހޭ މައުލޫމާތެއް ހޯދާ، ޕްރޮޑަކްޓްތައް އަމިއްލަ އަށް ބޭނުންކޮށްލާ އަޖުމަ ބަލާލުމުގެ ފުރުސަތު ވެސް ލިބޭނެ އެވެ.
ވެލިގާގެ ބްލަންކް ފިހާރަ. މިއީ ފާޚާނާ އާއި ގޭތެރެ ޑިޒައިން ކުރާ ތަކެއްޗަށް ހާއްސަ ފިހާރަ--ފޮޓޯ:މިހާރު
އެ ކުންފުނިން އަންނަނީ ކަސްޓަމަރުންނަށް ސާވިސް ސެންޓަރެއްގެ ހިދުމަތް ވެސް ދެމުންނެވެ. މިތަނުން އެ ކުންފުނިން ބާޒާރަށް ނެރެފައިވާ މެޓާބޯ ބްރޭންޑާއި އެހެނިހެން ބްރޭންޑްތަކުގެ ތަކެތި ސާވިސް ކޮށްދިނުމުގެ ހިދުމަތް ދޭނެ އެވެ.
ހާޑްވެއާ ސާމާނު އިތުރުން ފާޚާނާ އާއި ގޭތެރެ ޑިޒައިން ކުރާ ތަކެއްޗަށް ހާއްސަ ކޮށްގެން ވެލިގާ ހާޑްވެއާ އިން ހުޅުވި "ބްލަންކް" އަށް ވެސް އާންމުންގެ ބޮޑު ތަރުހީބެއް ވަނީ ލިބިފަ އެވެ. ބްލަންކް އިން ލިބެން ހުންނަ އުފެއްދުންތަކަކީ ރާއްޖޭގެ މާހައުލާ ގުޅޭ، ކޮލިޓީ އަދި ރަނގަޅު އަގެއްގައި ކަސްޓަމަރުންނަށް ލިބޭ އުފެއްދުންތަކެކެވެ.
ވެލިގާއިން ވަނީ މި ފާއިތުވެދިޔަ އަހަރުތަކުގެ ތެރޭގައި ދުނިޔޭގެ މަޝްހޫރު އެކިއެކި ބްރޭންޑްތަކުގެ އުފެއްދުންތަށް ރާއްޖެ އެތެރެކޮށް ކަސްޓަމަރުންނާ ހަމައަށް ފޯރުކޮށްދީފަ އެވެ. އޭގެ ތެރޭގައި މެޓާބޯ، ސަޓާ، ސެލީސް، ކަޕީ ޔޫރަޕް، ޑްރަމްޕްޓް ސެލްޓާ، ވެރާ، ނިޕެކްސް ފަދަ ބްރޭންޑްތަކުގެ އުފެއްދުންތައް ހިމެނެ އެވެ.
ވެލިގާއިން ދެކޭ ގޮތުގައި ކުންފުނީގެ ކާމިޔާބީ އަކީ ކޮންމެ ފެންވަރެއްގެ ކަސްޓަމަރަކަށް ވެސް ގަނެވޭ، ކޮލިޓީ ގިނަ އުފެއްދުންތަކެއް ފޯރުކޮށްދެވުމެވެ. އެ ކުންފުނީގެ އަމާޒަކީ މިހާރު ވެސް ދެމުން އަންނަ ހިދުމަތްތައް ކުރިޔަށް އޮތްތަނުގެ ވެސް އިތުރަށް ފުޅާ ކުރުމެވެ. އަދި ވެލިގާގެ ކަސްޓަމަރުންނަށް ތަފާތު ބޭނުންތަކަށް އަމާޒުކޮށްގެން އިތުރު ބްރޭންޑްތައް ތައާރަފުކުރުމާއި، ކަސްޓަމަރުންނަށް ދެމުންދާ ހިދުމަތުގެ ފެންވަރު އިތުރަށް ފުރިހަމަ ކުރުމެވެ.
ނޯޓް: މިއީ ވެލިގާ ގެ ޕްރޮމޯޝަން އާޓިކަލެކެވެ.
ވެލިގާއަށް 10 އަހަރު ފުރުމާ ގުޅިގެން ޕްރޮމޯޝަނެއް
ވެލިގާ ހާޑްވެއާގެ ފަސްވަނަ ފިހާރަ ހުޅުމާލޭގަ ހުޅުވައިފި
ސްޓީލް ހާޑްވެއާއިން ޝެރާ "ގްރޫވް" ބޯޑު ނެރެފި
ވެލިގާގެ ރޯޑް ޝޯއަށް ބޮޑު ތަރުހީބެއް
ވެލިގާގެ ދެ ވަނަ ރޯޑް ޝޯ އަންނަ މަހު ކުޅުދުއްފުށީގައި
ރޯދަ ސޭލް: ވެލިގާއިން ގިފްޓު ވައުޗަރާއި ޑިސްކައުންޓް
ސްކޯ ދިމާކޮށްގެން އައިފޯން 14 ޕްރޯ މެކްސް އެއް
ވެލިގާގެ ތިނަދޫގެ ކަސްޓަމަރުންނަށް ހާއްސަ ރޯޑް ޝޯއެއް
ވެލިގާ ހާޑްވެއާއިން ދެ ރަށެއްގައި ރޯޑްޝޯތަކެއް ބާއްވަނީ
ސްޓީލް ހާޑްވެއާއިން ލަންކާ ހޮސްޕިޓަލްތަކަށް ބޮޑުއެހީއެއް