25 ސެޕްޓެމްބަރ 2022
ގދ. ތިނަދޫގައި ދިރިއުޅޭ ވެލިގާގެ ކަސްޓަމަރުންނަށް މައުލޫމާތު ދިނުމުގެ ރޯޑް ޝޯއެއް އިއްޔެ ފަށައިފި އެވެ.
ގދ. ތިނަދޫގައި ދިރިއުޅޭ ވެލިގާގެ ކަސްޓަމަރުންނަށް މައުލޫމާތު ދިނުމުގެ ރޯޑް ޝޯއެއް އިއްޔެ ފަށައިފި އެވެ.
އެ ރަށުގެ ފެރީ ޓާމިނަލް ސަރަހައްދުގައި ދެ ދުވަސް ވަންދެން ބާއްވާ ރޯޑް ޝޯގައި، ވެލިގާ އިން ލިބެން ހުރި ތަކެތި ފަސޭހަކަމާ އެކު ފޯރުކޮށްދީ، އެކި މަސައްކަތްތަކަށް ބޭނުންވާ ސާމާނުގެ މައުލޫމާތުތައް އެއްތަނަކުން ލިބޭނެ އިންތިޒާމު ހަމަޖެހިފައިވާ ކަމަށް ވެލިގާ އިން ބުންޏެވެ.
ވެލިގާގެ ރޯޑް ޝޯ ތިން ދުވަހު ތިނަދޫގައި އޮންނާނެ. -- ފޮޓޯ: ވެލިގާ
އެ ކުންފުނިން ބުނީ، ވެލިގާއިން ވިއްކާ އެކި އުފެއްދުންތައް ތަޖުރިބާ ކުރުމުގެ ފުރުސަތު ވެސް ރޯޑް ޝޯގައި ލިބޭނެ ކަމަށެވެ. ކަމާބެހޭ މާހިރުންގެ ފަރާތުން އެ ތަކެއްޗާ ބެހޭ މައުލޫމާތު ފުރިހަމަ އަށް ފޯރުކޮށްދޭނެ ކަމަށް ވެސް ބުންޏެވެ. ކަސްޓަމަރުން ބޭނުންވާ ޕްރޮޑަކްޓަކަށް ރޯޑް ޝޯގައި އޯޑަރު ދެވޭނެ ކަމަށާއި އެ ޝޯ އަށް ދާ އެންމެންނަށް ވެސް އިނާމެއް ހޯދުމުގެ ފުރުސަތު ލިބޭނެ ކަމަށް ބުންޏެވެ.
ވެލިގާ އިން ބުނިގޮތުގައި، ގދ. އަތޮޅު ކައުންސިލާއި ތިނަދޫ ޑަބްލިއު ޑީސީ ގުޅިގެން ފެށި ރޯޑް ޝޯ މިއަދާއި މާދާމާގެ ހަވީރު 4 އިން ރޭގަނޑު 10 އަށް ކުރިއަށް ގެންދާނެ އެވެ.
އެ ރޯޑު ޝޯގައި ވެލިގާއިން ލިބެން ހުރި ޕްރޮޑަކްޓުތަކުގެ މައުލޫމާތު ކަސްޓަމަރުންނަށް ލިބޭނެ. ފޮޓޯ: ވެލިގާ
ރޯޑް ޝޯގެ އިވެންޓު އޮގަނައިޒިން ޕާޓްނަރަކީ ހަވަރު އެންޖީއޯ އެވެ. ހޯސްޓު ޕާޓްނަރަކީ ތިނަދޫ ރަށު ކައުންސިލެވެ. ރީޖަނަލް މީޑިއާ ޕާޓްނަރަކީ ގާފު އޮންލައިނެވެ.
އެ ހަރަކާތުގެ އެސޯސިއޭޓް ޕާޓްނަރަކީ ތިނަދޫ އެސޯސިއޭޝަން ފޯ ޔޫތު ޑިވޮލޮޕްމެންޓު އެންޑް އެމްޕަވަމެންޓެވެ. ފޮޓޯ އަދި ވީޑިއޯ ގްރަފީ ޕާޓްނަރަކީ ގާފު މީޑިއާ ގުރޫޕެވެ. ޕްރިންޓިން ޕާޓްނަރަކީ ނޯވާ ޓެކް ކަމަށް ވާއިރު ފުޑް އެންޑް ބެވަރެޖު ޕާޓްނަރަކީ ވޯޓާ ޑެކެވެ.
ވެލިގާގެ ރޯޑް ޝޯއަށް ބޮޑު ތަރުހީބެއް
ތިނަދޫގައި ވައިޓަލް ކެއާގެ ކްލިނިކެއް ހުޅުވައިފި
ވެލިގާގެ ދެ ވަނަ ރޯޑް ޝޯ އަންނަ މަހު ކުޅުދުއްފުށީގައި
ރޯދަ ސޭލް: ވެލިގާއިން ގިފްޓު ވައުޗަރާއި ޑިސްކައުންޓް
ސްކޯ ދިމާކޮށްގެން އައިފޯން 14 ޕްރޯ މެކްސް އެއް
ކޮލިޓީ ޓޫލްސް އުފައްދާ "ގަޒެލް"، ވެލިގާއަށް
ބޮޑު ޗުއްޓީ އަށް "ވެލިގާ ބޮޑު ސޭލް 2022"
ވެލިގާގެ 14 އަހަރު: އިތުބާރު ހޯދައިފި، ވިދާލައިފި!
ވެލިގާ އާއި ބްލަންކުން ހިޔާ ފްލެޓަށް ހާއްސަ ޕެކޭޖެއް
ބޮޑެތި އިނާމުތަކާއެކު ވެލިގާގެ ރޯދަ ޕްރޮމޯޝަން ފަށައިފި