Roadha Mihaaru
ބޮޑެތި އިނާމުތަކާއެކު ވެލިގާގެ ރޯދަ ޕްރޮމޯޝަން ފަށައިފި

ވެލިގާގެ ރޯދަ ޕްރޮމޯޝަން: 30 ޕަސެންޓާ ހަމައަށް ޑިސްކައުންޓު

15 މާޗް 2021

ވެލިގާގެ ދަށުން ހިންގާ ވެލިގާ ފިހާރަތަކާއި ބްލަންކްގެ ފިހާރަތަކުގައި ރޯދަ ޕްރޮމޯޝަން މިއަދު ފަށަައިފި އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

ވެލިގާގެ ދަށުން ހިންގާ ވެލިގާ ފިހާރަތަކާއި ބްލަންކްގެ ފިހާރަތަކުގައި ރޯދަ ޕްރޮމޯޝަން މިއަދު ފަށަައިފި އެވެ.

މި ޕްރޮމޯޝަންގެ ދަށުން ވެލިގާ އާއި ބްލަންކުގެ ފިހާރަތަކުން ވިޔަފާރި ކުރާ ކަސްޓަމަރުންނަށް 30 ޕަސެންޓާ ހަމައަށް ޑިސްކައުންޓް ލިބޭނެ އެވެ.

ޕްރޮމޯޝަން ކުރިއަށް ގެންދާނީ އަންނަ އޭޕްރިލް މަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށެވެ.

ޕްރޮމޯޝަނުގައި ބައިވެރިވާ ކަސްޓަމަރުންގެ މެދުގައި ގުރުއަތު ނެގުން ވެސް އޮންނާނެ އެވެ. މިއަދުން ފެށިގެން ޕްރޮމޯޝަން ކުރިއަށްދާ މުއްދަތުގައި 100ރ. އިން މަތީގެ ވިޔަފާރި ކުރާ ކޮންމެ ކަސްޓަމަރަކަށް މި ލަކީޑްރޯގައި ބައިވެރިވެވޭނެ އެވެ.

ވެލިގާއިން ބުނީ އެހެން އަހަރުތަކާ ހިލާފަށް މިއަހަރުގެ ޕްރޮމޯޝަން ކުރިއަށް ގެންދާނީ އޮންލައިން ކޫޕަން ސިސްޓަމެއް ބޭނުން ކޮއްގެން ކަމަށެވެ. އެހެންކަމުން ވިޔަފާރި ކުރުމަށްފަހު ކަސްޓަމަރުގެ ފޯނު ނަންބަރު ދިނުމުން ޕްރޮމޯޝަނުގައި ބައިވެރިވެވޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ. މި ކަސްޓަމަރުންނަށް ލަކީޑްރޯގައި ބައިވެރިވެވުނު ކަން މެސެޖަކުން ޔަގީން ވާނެ އެވެ. މި މެސެޖުގައިވާ ލިންކަށް ފިތާލުމުން ކަސްޓަމަރުނަށް ލިބިފައިވާ ކޫޕަނުގެ ތަފުސީލު ފެންނާނެ އެވެ.

ވެލިގާގެ ދަށުން ހުޅުމާލޭގައި ހުޅުވި ބްލަންކުގެ ފިހާރައެއްގެ އެތެރެ-- ފޮޓޯ: މިހާރު

ވެލިގާގެ ދަށުން ހުޅުމާލޭގައި ހުޅުވި ބްލަންކުގެ ފިހާރައެއްގެ އެތެރެ-- ފޮޓޯ: މިހާރު

މި ލަކީޑްރޯގައި ބައިވެރިވާ ކަސްޓަމަރުންގެ ތެރެއިން އެއްވަނައަށް ހޮވޭ މީހަކަށް 50،000ރ. ގެ ވައުޗަރެއް ވަނީ ހުށަހަޅައިފަ އެވެ. އަދި ދެވަނައަށް ދާ މީހަކަށް 30،000ރ. ގެ ވައުޗަރެއް ހުށަހަޅާފައިވާއިރު ތިންވަނައަށް ދާ މީހަކަށް 20،000ރ. ގެ ވައުޗަރެއް ލިބޭނެ އެވެ. މި ވައުޗާތައް ބޭނުންކޮށްގެން ވެލިގާ އަދި ބްލަންކުގެ ފިހާރަތަކުން ވިޔަފާރި ކުރެވޭނެ އެވެ.

މީގެ އިތުރުން މި ލަކީޑްރޯގައި ހޮވާލެވޭ 10 ނަސީބުވެރިއަކަށް އިތުރު އިނާމުތަކެއްވެސް ވެލިގާއިން ވަނީ ހުށަހަޅައިފަ އެވެ. މީގެ ތެރޭގައި ޓީވީ އާއި ކޮފީ މެޝިނާއި ލެޕްޓޮޕާއި ޕަވާ ޓޫލް ކިޓް އަދި ހޯމްޑެކޯ ޕެކް ހިމެނެ އެވެ.