07 ސެޕްޓެމްބަރ 2022
އެކި ކަހަލަ މަސައްކަތްތަކަށް ބޭނުން ކުރާ ޓޫލްސް ހިމެނޭ "ގަޒެލް" ބްރޭންޑް ވެލިގާއިން ތައާރަފްކޮށްފި އެވެ.
އެކި ކަހަލަ މަސައްކަތްތަކަށް ބޭނުން ކުރާ ޓޫލްސް ހިމެނޭ "ގަޒެލް" ބްރޭންޑް ވެލިގާއިން ތައާރަފްކޮށްފި އެވެ.
ވެލިގާއިން ބުނީ "ގަޒެލް" ބްރޭންޑަކީ ވޯކްޝޮޕްތަކާއި، ކޮންސްޓްރަކްޝަން މަސައްކަތްތަކާއި، އުޅަނދުފަހަރާއި އެކި އިންޑަސްޓީރިއަލް މަސައްކަތްތަކަށް ބޭނުންވާ ގިނަ ވަސީލަތްތަކެއް ހިމެނޭ ކޮލިޓީ މޮޅު ބްރޭންޑެއް ކަމަށެވެ. ވެލިގާއިން މިހާރު އެ ބްރޭންޑުގެ އެކި ކަހަލަ ސްޓޯރެޖް ޓޫލާއި، މިން ނެގުމަށް ބޭނުން ކުރާ އެކި ކަހަލަ ތަކެތި ލިބެން ހުރެއެވެ. އަދި ބަރު އެއްޗިހި އެއްތަނުން އަނެއްތަނަށް އުފުލުމަށް ބޭނުން ކުރާ ޕްލެޓްފޯމު ޓްރަކާއި، ޕެލެޓު ޓްރަކް ފަދަ ތަކެތި ހިމެނެ އެވެ.
ގަޒެލް ބްރޭންޑާއި ގުޅޭ ގޮތުން ވެލިގާއިން ކޮށްފައިވާ ޕޯސްޓު
ވެލިގާއިން އަލަށް ގެނައި އެ ބްރޭންޑުގެ ޓޫލްސްތަކުގެ ތެރޭގައި ވަޑާން ކުރުމަށް ބޭނުން ކުރާ އެކި ކަހަލަ ކީހާއި މަރުތެޔޮ ހިމެނެއެވެ. އަދި ކަރަންޓު މަސައްކަތަށް ބޭނުންވާ ސޮކެޓު ސެޓާއި، ޓޫލް ސެޓު އަދި ނަރުކެނޑި ވެސް ހިމެނެ އެވެ.
ވެލިގާއިން ބުނީ އެ ބްރޭންޑުގެ ޓޫލްސްތަކަކީ ކޮންސްޓްރަކްޝަނާއި އިންޑަސްޓީރިއަލް އެކި ކަހަލަ މަސައްކަތް ކުރާ މާހައުލާ ގުޅޭ ގޮތަށް ފަރުމާ ކޮށްފައިވާ ބްރޭންޑެއް ކަމަށެވެ. އަދި އެ ބްރޭންޑަކީ ދިގު މުއްދަތަކަށް ބޭނުން ކުރެވޭނެ، ގެންގުޅެން ފަސޭހަ ބްރޭންޑެއް ކަމަށް ވެސް ބުންޏެވެ.
ވެލިގާ އަކީ ހާޑްވެއާގެ މަސައްކަތްތަކަށް ބޭނުންވާ ގިނަ ޓޫލްސްތަކެއް ވިއްކާ ފިހާރައެކެވެ. އެ ފިހާރައިން އަލަށް ތައާރަފް ކުރި ގަޒެލް ބްރޭންޑުގެ އޮތޮރައިޒްޑް ޑިސްޓްރިބިއުޓަރަކީ ވެސް ވެލިގާ އެވެ.
ވެލިގާގެ ރޯޑް ޝޯއަށް ބޮޑު ތަރުހީބެއް
ވެލިގާގެ ދެ ވަނަ ރޯޑް ޝޯ އަންނަ މަހު ކުޅުދުއްފުށީގައި
ރޯދަ ސޭލް: ވެލިގާއިން ގިފްޓު ވައުޗަރާއި ޑިސްކައުންޓް
ސްކޯ ދިމާކޮށްގެން އައިފޯން 14 ޕްރޯ މެކްސް އެއް
ވެލިގާގެ ތިނަދޫގެ ކަސްޓަމަރުންނަށް ހާއްސަ ރޯޑް ޝޯއެއް
ބޮޑު ޗުއްޓީ އަށް "ވެލިގާ ބޮޑު ސޭލް 2022"
ވެލިގާގެ 14 އަހަރު: އިތުބާރު ހޯދައިފި، ވިދާލައިފި!
ވެލިގާ އާއި ބްލަންކުން ހިޔާ ފްލެޓަށް ހާއްސަ ޕެކޭޖެއް
ބޮޑެތި އިނާމުތަކާއެކު ވެލިގާގެ ރޯދަ ޕްރޮމޯޝަން ފަށައިފި
ވެލިގާ ވައިބާ ކޮމިއުނިޓީއަށް ވަދެގެން އަގުހުރި އިނާމެއް