14 މެއި 2023
ސްޓީލް ހާޑްވެއާއިން ވިއްކާ މަގުބޫލު ޝެރާ ބޯޑުގެ "ގްރޫވް" ބޯޑު ނެރެފި އެވެ.
ސްޓީލް ހާޑްވެއާއިން ވިއްކާ މަގުބޫލު ޝެރާ ބޯޑުގެ "ގްރޫވް" ބޯޑު ނެރެފި އެވެ.
ޝެރާ "ގްރޫވް" ބޯޑަކީ ޝެރާ ބޯޑުގެ ޑިޒައިން ހިމެނޭ ބޯޑެކެވެ. މިއީ ފިނިޝިން އާއި އިންޓީރިއާ ޑިޒައިނިންއަށް ހާއްސަ ބޯޑެކެވެ. އަދި އެ ބޯޑަކީ ފްލޯރިން އާއި ސީލިންގް އަދި އެތެރެ އާއި ބޭރުގެ ފާރުގައި ވެސް ބޭނުން ކުރެވޭނެ ބޯޑެކެވެ.
ސްޓީލް ހާޑްވެއާއިން ބުނި ގޮތުގައި މި ބޯޑަކީ އަލިފާން ނުހިފާ، ކަތުރުފަނި ނާޅާ ޓާމައިޓް ފްރީ ބޯޑެކެވެ. އަދި އޮރިޖިނަލް ޝެރާ ބޯޑުގެ ހުރިހާ ފީޗާއެއް ޝެރާ ގްރޫވް ބޯޑުގައި ވެސް ހިމެނޭނެ ކަމަށާއި ތަފާތަކީ އަލަށް ތައާރަފް ކުރި ބްރޭންޑުގައި ޑިޒައިން ހުރުން ކަމަށް އެ ހާޑްވެއާއިން ބުންޏެވެ.
ޝެރާ ގްރޫވް ބޯޑު ބޭނުންކޮށްފައި ހުރި ފާރެއް. -- ފޮޓޯ: ސްޓީލް ހާޑްވެއާ
އެ ހާޑްވެއާއިން ބުނީ މި ބޯޑުގައި ޑިޒައިން ހުރި ނަމަވެސް ބޭނުން ވައްތަރެއްގެ ކުލައެއް ބޭނުންކޮށް ކަސްޓައިމައިޒް ކުރެވޭނެ ކަމަށެވެ. އަދި މި ބޯޑު ވާނިޝްކޮށް ބޭނުން ވައްތަރެއްގެ ވާނިޝަކުރެވޭނެ އެވެ. މިއީ ވަރަށް ބޮޑަށް ލަކުޑީގެ ޓެކްސްޗާ އާއި ފީލް ހުންނަ ބޯޑެއް ކަމަށް ވެސް ސްޓީލް ހާޑްވެއާއިން ބުންޏެވެ.
ސްޓީލް ހާޑްވެއާއިން ބުނި ގޮތުގައި "ގްރޫވް" ބޯޑަކީ ހޮޓެލްތަކާއި ރިސޯޓުތަކަށް ހާއްސަކޮށް ތައާރަފް ކުރި ޕްރޮޑަކްޓެކެވެ.
ޝެރާ ބޯޑަކީ ތައިލެންޑުގެ އުފެއްދުމެކެވެ. އަދި މިއީ ސްޓީލް ހާޑްވެއާއިން ވިއްކަމުންދާ އެންމެ މަގުބޫލު އެއް ޕްރޮޑަކްޓެކެވެ.
ޝެރާ "ގްރޫވް" ބޯޑު މިހާރު ސްޓީލް ހާޑްވެއާއިން ގަންނަން ލިބޭނެ އެވެ.
ސްޓީލް ހާޑްވެއާއިން ލަންކާ ހޮސްޕިޓަލްތަކަށް ބޮޑުއެހީއެއް
ވެލިގާގެ 14 އަހަރު: އިތުބާރު ހޯދައިފި، ވިދާލައިފި!
ވެލިގާއަށް 10 އަހަރު ފުރުމާ ގުޅިގެން ޕްރޮމޯޝަނެއް
ވީއޭއެމްކޯއިން ޑޫސާންގެ އަގުބޮޑު ޕްރޮމޯޝަނެއް ފަށައިފި
ވެލިގާ ހާޑްވެއާގެ ފަސްވަނަ ފިހާރަ ހުޅުމާލޭގަ ހުޅުވައިފި
ލަންކާގެ ޕްރިމިއަމް ރެވެލޯ ޗޮކްލެޓް ރާއްޖޭގެ މާކެޓަށް
ރާއްޖޭގައި ފަރުމާކުރި ފުރަތަމަ ބޯޅައިގެ ޕްރީއޯޑަރުނަގަނީ
ޓްރީ ޓޮޕުން ނާސިން ސްކޮލަޝިޕް 4 ދަރިވަރަކަށް
ރެވެލޯ ޗޮކްލެޓުގެ ރަހަ ބަލަން ހާއްސަ އިވެންޓެއް
އޯވީއެސް: ވަރަށް ކޮލިޓީ، ނުވަދެ ވާކަށް ނެތް