ފަރުނީޗަރު ވިއްކާ ފިހާރަ، ކޮސްމޯ ބައި އެސްކޯގައި ބޮޑު ކްލިއަރެންސް ސޭލްއެއް ފަށައިފި އެވެ.
20 ޖުލައި 2025
ފަރުނީޗަރު ވިއްކާ ފިހާރަ، ކޮސްމޯ ބައި އެސްކޯގައި ބޮޑު ކްލިއަރެންސް ސޭލްއެއް ފަށައިފި އެވެ.
ކޮސްމޯ އިން ބުނީ އެފިހާރައިގައި މިހާރު ހުރި ސްޓޮކް ހުސްކުރުމުގެ ގޮތުން ކުރިއަށް ގެންދާ އެ ޕްރޮމޯޝަނުގައި ބޮޑެތި ޑިސްކައުންޓުތަކަކާ އެކު ހެޔޮ އަގުގައި ކޮލެޓީ ރަނގަޅު އެކި ފަރުނީޗަރުތައް ލިބެން ހުންނާނެ ކަމަށެވެ. އަދި އެ ޕްރޮމޯޝަން ކުރިއަށް ދާނީ އެ ފިހާރައިގައި މިހާރު ހުރި ސްޓޮކް ހުސްވަންދެން ކަމަށް ވެސް ބުންޏެވެ.
ކޮސްމޯ ބައި އެކްސްކޯ ފިހާރައިގެ އެތެރެ.
އެކި ވައްތަރުގެ ސޯފާ އާއި ގޮދަޑި އަދި އެނދު ފަދަ ފަރުނީޗަރުތައް ވިއްކާ ކޮސްމޯގެ އެ ސޭލްގައި ޕޮކެޓް ސްޕްރިންގް އާއި ފޯމް ގޮދަޑީގެ ސިންގަލް އާއި ޑަބަލްގެ އިތުރުން ކުއީން އަދި ކިންގް ސައިޒުގެ ގޮދަށި 1،800ރ. އާއި 4،500ރ. އާ ދެމެދުގެ އަގުތަކުގައި ލިބޭނެ އެވެ. އަދި އެ ސޭލްގައި އެތަނުން ވިއްކާ ސްޓޯރެޖް އެނދުތަކުގެ ކިންގް އަދި ކުއީންގެ އިތުރުން ޑަބަލް ސައިޒުގެ އެނދު 3،300ރ. އާއި 4،500ރ. އާ ދެމެދުގެ އަގުތަކެއްގައި ލިބެން ހުންނާނެ އެވެ.
ޕްރޮމޯޝަނާއި ގުޅޭ ޕޯސްޓެއް.
އެ ސޭލްގައި ދެ ސައިޒެއްގެ ފުލް މިރޯ ވޯޑްރޮބް 8،500ރ. އާއި 9،999ރ. އާ ދެމެދުގެ އަގުތަކުގައި ލިބޭނެ އެވެ. އަދި ސިންގަލް ސީޓާ އާއި ދެ ސީޓާގެ ސޯފާ 2،500ރ. އާއި 5،500ރ. އާ ދެމެދުގެ އަގުތަކުގައި ލިބޭނެ އެވެ.
ކޮސްމޯއިން ބުނީ އެ ސޭލްގައި އެ ފިހާރައިން ވިއްކާ މޮޑިއުލާ ސޯފާ ވަކިވަކިން ގަނެވޭ ގޮތަށް ހެޔޮ އަގުތަކެއްގައި ލިބެން ހުންނާނެ ކަމަށެވެ. އެގޮތުން ވަކިވަކިން މޮޑިއުލްތައް 2،000ރ. އާއި 3،300ރ. އާ ދެމެދު ލިބޭނެ އެވެ. އަދި އެއްކޮށް ގަންނަން ބޭނުންވާ ކަސްޓަމަރުންނަށް 14،600ރ. އަށް މޮޑިއުލާ ސޯފާ ލިބޭނެ އެވެ.
ކޮސްމޯ ބައި އެކްސްކޯގައި ކުރިއަށް ދާ ޕްރޮމޯޝަނުގައި ހެޑްބޯޑް ޕެނަލް ވަކިން ގަންނަން ބޭނުންވާ ކަސްޓަމަރުންނަށް ޑަބަލް އަދި ކުއީންގެ އިތުރުން ކިންގް ސައިޒުގެ ހެޑްބޯޑު ޕެނަލް 700ރ. އާއި 2،000ރ. އާ ދެމެދުގެ އަގުތަކުގައި ލިބޭނެ އެވެ.
ކޮސްމޯ ބައި އެކްސްކޯގެ ޝޯރޫމް ހުންނަނީ ސޯސަންމަގުގައި ހުންނަ ސިޓީ ބޭކަރީގެ ކުރިމަތީގަ އެވެ. އެތަނުން ވިޔަފާރިކުރާ ކަސްޓަމަރުންނަށް މާލެ އާއި ހުޅުމާލެ އަދި ބޯޓާއި ފެރީތަކަށް ހިލޭ ޑެލިވާކޮށްދޭނެ އެވެ. އެ ޕްރޮމޯޝަނާއި ގުޅޭ އިތުރު މައުލޫމާތު ކޮސްމޯ ބައި އެކްސްކޯގެ ނަމްބަރު 9383003 އިން ލިބޭނެ އެވެ.
ހައި އެންޑްގެ އަގުހުރި އިނާމުތަކަކާއި ޑިސްކައުންޓް
"އޭވޮން" އިން އާ އެނދެއް ތައާރަފް ކޮށްފި
ކޮލިޓީ ރަނގަޅު ގޮދަޑި ހައި އެންޑް ފަރުނީޗަރުން
ޓެރިފްތަކާ އެކު އައިކިއާގެ ތަކެތީގެ އަގު މައްޗަށް
ނިއު އޭޖްގެ ކްރެޝަލް، ކޮލިޓީ ފާހާނާ ބްރޭންޑެއް!
ރެއިންބޯ އިޔަ އެންޑް ސޭލް ފަށައިފި!
ސްޓޮކް ހުސްވަންދެން އަލޯރާ ހުސްކުރާ ސޭލް ކުރިޔަށް!
ރެޑްވޭވުން 100،000ރ.ގެ އަހަރީ ބާޒާރު ފަށައިފި
ޔުނައިޓެޑު ފިހާރައިން ލޯޔަލްޓީ ކާޑެއް ތައާރަފް ކުރަނީ
އަލޯރާގެ 18 ވަނަ އަހަރީ ދުވަހާ ދިމާކޮށް ސޭލެއް