Roadha Mihaaru
ސްޓޮކް ހުސްވަންދެން އަލޯރާ ހުސްކުރާ ސޭލް ކުރިޔަށް!

ސްޓޮކް ހުސްވަންދެން އަލޯރާ ހުސްކުރާ ސޭލް ކުރިޔަށް ގެންދަނީ

01 ޑިސެމްބަރ 2018

މިދިޔަ މަހު އަލޯރާ ޕޭން ހޯމްގައި ފެށި ހުސްކުރާ ސޭލްގެ މުއްދަތު އިތުރުކޮށް، ސްޓޮކް ހުސްވަންދެން އެ ޕްރޮމޯޝަން ކުރިޔަށް ގެންދަން ނިންމައިފި އެވެ.

މުހައްމަދު ފައިޒާން އިސްމާއިލް މުހައްމަދު ފައިޒާން އިސްމާއިލް

މިދިޔަ މަހު އަލޯރާ ޕޭން ހޯމްގައި ފެށި ހުސްކުރާ ސޭލްގެ މުއްދަތު އިތުރުކޮށް، ސްޓޮކް ހުސްވަންދެން އެ ޕްރޮމޯޝަން ކުރިޔަށް ގެންދަން ނިންމައިފި އެވެ.

ކުރިން ނޮވެމްބަރު މަހުގެ ނިޔަލަށް ކުރިޔަށް ގެންދިޔަ ޕްރޮމޯޝަންގެ މުއްދަތު އިތުރުކޮށް، މިހާރު އަލޯރާގެ ސްޓޮކް ހުސްވަންދެން ކުރިޔަށް ގެންދަން ވަނީ ނިންމައިފަ އެވެ. އެގޮތުން ސޭލްގައި ގިނަ ފަރުނީޗަރުގެ އަގުތަކަށް ވަނީ ހެޔޮ ބަދަލުތަކެއް ގެނެސްފަ އެވެ. އެތަނުން ބުނާ ގޮތުގައި މި ސޭލް ބާއްވަން ނިންމީ މިހާރު ހުރި ފަރުނީޗަރު ހުސްކޮށް، އާ ފަރުނީޗަރު ގެންނާށެވެ.

ހުސްކުރާ ސޭލް ކުރިޔަށް ދާއިރު ވިއްކަން ހުރި ހުރިހާ ފަރުނީޗަރުން 15 ޕަސެންޓާއި 25 ޕަސެންޓާ ދެމެދުގެ ޑިސްކައުންޓެއް ދޭނެ ކަމަށް އަލޯރާއިން ބުނެއެވެ. އޭގެ ތެރޭގައި ބެޑްރޫމް އާއި ސިޓީން ރޫމަށް ބޭނުންވާ ތަކެތި ހިމެނެއެވެ. އޭގެ އިތުރުން ބަދިގޭގައި ގެންގުޅޭ ތަށި، ގޮދަޑި، ބާލީސް އަދި ބެޑްޝީޓް ވެސް ސޭލްގެ ތެރޭގައި ހިމެނެ އެވެ. އަދި ކުރިން ފަށައިފައިވާ ޕްރޮމޯޝަންގެ ދަށުން ކޮންމެ ގޮދަޑި އަކާ އެކު ހިލޭ ލިބޭ މެޓްރެސް ޕްރޮޓެކްޓަރު އަދިވެސް ހިލޭ ލިބޭނެ ކަމަށް އަލޯރާ އިން ބުނެ އެވެ.

އަލޯރާއިން ބުނި ގޮތުގައި އެ ފިހާރައިން މިފަދަ ސޭލްތައް އާންމުކޮށް ކުރިޔަށް ގެންދަނީ އަހަރީ ގޮތަކަށް ކަމަށެވެ. ނަމެވެސް މިފަދަ މަދު ފުރުސަތެއް ލިބޭނީ ހުސްކުރާ ސޭލަކާ ދިމާކޮށް ކަމަށާއި ހުރިހާ ކަސްޓަމަރުން ވެސް ގޭތެރޭގެ ފަރުނީޗަރު އާކުރުމަށް މި ފުރުސަތުގެ ބޭނުން ހިފަން ރަނގަޅު ކަމަށް އެތަނުން ބުނެ އެވެ.