Roadha Mihaaru
ޓެރިފްތަކާ އެކު އައިކިއާގެ ތަކެތީގެ އަގު މައްޗަށް

އިމްޕޯޓް ޓެރިފްތަކާ އެކު އައިކިއާގެ ތަކެތީގެ އަގު މައްޗަށް

08 މާޗް 2021

ހެޔޮ އަގުގައި ފަރުނީޗަރާއި ގޭތެރެ އަށް ބޭނުންވާ ސާމާނު ފޯރުކޮށްދޭ އިންޓަނޭޝަނަލް ކުންފުނި، އައިކިއާ އިން ވިއްކާ ތަކެތީގެ އަގު އުފުލިދާނެ ކަމުގެ އިންޒާރު އެ ކުންފުނީގެ ސީއީއޯ ޖެސްޕާ ބްރޯޑިން ދެއްވައިފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ހެޔޮ އަގުގައި ފަރުނީޗަރާއި ގޭތެރެ އަށް ބޭނުންވާ ސާމާނު ފޯރުކޮށްދޭ އިންޓަނޭޝަނަލް ކުންފުނި، އައިކިއާ އިން ވިއްކާ ތަކެތީގެ އަގު އުފުލިދާނެ ކަމުގެ އިންޒާރު އެ ކުންފުނީގެ ސީއީއޯ ޖެސްޕާ ބްރޯޑިން ދެއްވައިފި އެވެ.

ބީބީސީ އަށް ޖެސްޕާ ވިދާޅުވީ، ދުނިޔޭގެ ވިޔަފާރީގެ މުއާމަލާތްތައް ހިންގުމުގައި އެކި ގައުމުތަކުން އަޅަމުންދާ ހަރުކަށި ފިޔަވަޅުތަކާ އެކު އައިކިއާ ފަދަ ހެޔޮ އަގުގައި ތަކެތި ވިއްކަމުން އަންނަ ކުންފުންޏަކަށް އަގުތައް އެއްވަރެއްގައި ހިފެހެއްޓުމަށް ދަތިތަކާ ކުރިމަތިވެ އެވެ.

އައިކިއާ އަކީ ދިވެހިންގެ މެދުގައި ވެސް ވަރަށް ބޮޑު މަގްބޫލުކަމެއް ހޯދާފައިވާ ބްރޭންޑެކެވެ. މި ބްރޭންޑްގެ ފަރުނީޗަރާއި ގޭތެރެއަށް ބޭނުންވާ ގިނަ ސަމާނު ވެސް ގިނަ ބަޔަކު އަންނަނީ ވިއްކަމުންނެވެ.

ޖެސްޕާ ވިދާޅުވީ، އާ ޓެރިފްތަކުގެ ސަބަބުން އާންމުންނަށް ފަސޭހަވުމުގެ ބަދަލުގައި ލިބެނީ ގެއްލުން ކަމަށެވެ.

"ގައުމުތަކުގެ މެދުގައި އުފެދިފައިވާ ވިޔަފާރީގެ ވާދަވެރިކަމުގެ ސަބަބުން އާންމުންނަށް ތަކެތި ގަންނަ އަގަށް އަސަރު ކުރޭ،" އޭނާ ވިދާޅުވި އެވެ.

ދުނިޔޭގެ ވިޔަފާރިވެރިންގެ ޖަމިއްޔާ އިން ބުނެފައިވާ ގޮތުގައި ކޮވިޑާ ގުޅިގެން ވެސް ގައުމުތަކުން ނަގާ ފީތަކާއި އިމްޕޯޓް ޓެކްސްތައް އިތުރުކޮށްފައިވާ ކަމަށެވެ. އިމްޕޯޓް ކުރާ ތަކެތިން ޓެކްސް އިތުރު ކުރި އެއް ގައުމަކީ އިންޑިއާ އެވެ.

ޖެސްޕާ ވިދާޅުވީ، އައިކިއާ އިން އެތައް ބިލިއަން ޑޮލަރެއްގެ ވިޔަފާރި އިންޑިޔާގައި ފުޅާކުރި ނަމަވެސް މިދިޔަ އަހަރު އިންޑިއާއިން އިމްޕޯޓް ޓެކްސް ބޮޑު ކުރުމުގެ ސަބަބުން އެ ގައުމުގައި ލިބެން ހުންނަ އައިކިއާ ތަކެތީގެ އަގަށް ބޮޑު އަސަރެއް ކުރާނެ ކަމަށެވެ.

މިދިޔަ އަހަރުގެ އޮގަސްޓާ ހަމައަށް އައިކިއާ އަށް ލިބުނު ފައިދާ ވަނީ 29 ޕަސެންޓް ދަށްވެފަ އެވެ.