Roadha Mihaaru
ރެޑްވޭވުން 100،000ރ.ގެ އަހަރީ ބާޒާރު ފަށައިފި

ރެޑްވޭވުން 100،000ރ.ގެ އަހަރީ ބާޒާރު ފަށައިފި

26 ނޮވެމްބަރ 2018

އަހަރީ ބާޒާރުގެ ނަމުގައި، އެއް ލައްކަ ރުފިޔާގެ އިނާމު ލިބޭ ހާއްސަ ޕްރޮމޯޝަނެއް ރެޑް ވޭވުން ފަށައިފި އެވެ.

މުހައްމަދު ފައިޒާން އިސްމާއިލް މުހައްމަދު ފައިޒާން އިސްމާއިލް

އަހަރީ ބާޒާރުގެ ނަމުގައި، އެއް ލައްކަ ރުފިޔާގެ އިނާމު ލިބޭ ހާއްސަ ޕްރޮމޯޝަނެއް ރެޑް ވޭވުން ފަށައިފި އެވެ.

މި ޕްރޮމޯޝަން ކުރިޔަށް ގެންދަން ހަމަޖެހިފައިވަނީ މިމަހު 15 އިން ޖެނުއަރީ 15، 2019 ގެ ނިޔަލަށެވެ. އެގޮތުން މާލެ އަދި ހުޅުމާލޭގައި ހުޅުވާފައިވާ ރެޑްވޭވް ފިހާރަތަކުން ވިއްކާ ފަރުނީޗަރު، އިލެކްޓްރޯނިކް ސާމާނު، އަދި ބަދިގެ ސާމާނުގެ ވިޔަފާރި ކުރާ ކަސްޓަމަރުންނަށް 70 ޕަސެންޓާ ހަމަ އަށް ޑިސްކައުންޓް ދޭނެ ކަމަށް ރެޑްވޭވުން ބުންޏެވެ.

އޭގެ އިތުރުން މި ޕްރޮމޯޝަންގެ ދަށުން ރެޑްވޭވުން 1،500 ރުފިޔާ އަށް ވުރެ މަތިން ކުރާ ކޮންމެ ވިޔަފާރިއަކަށް ކޫޕަނެއް ލިބޭނެ އެވެ. އަދި އެ ކޫޕަނުން ގޮރުއަތުން ހޮވޭ މީހުންނަށް ހަފުތާގެ އިނާމުގެ ގޮތުގައި އަގުހުރި އިނާމުތަކެއް ލިބޭނެ ކަމަށް ރެޑްވޭވުން ބުންޏެވެ.

އެގޮތުން އެއް ވަނަ އަށް ހޮވޭ މީހަކަށް 50،000 ރުފިޔާ، ދެ ވަނަ އަށް ހޮވޭ މީހަކަށް، 30،000 ރުފިޔާ، އަދި ތިން ވަނަ އަށް ހޮވޭ މީހަކަށް އިނާމުގެ ގޮތުގައި 20،000 ރުފިޔާގެ ނަގުދު ފައިސާ ލިބޭނެ އެވެ. އޭގެ އިތުރުން ސޯޝަލް މީޑިއާ މެދުވެރިކޮށް ގިނަ ބަޔަކަށް ހާއްސަ އިނާމުތަކެއް ދޭން ވެސް ވަނީ ހަމަޖެހިފަ އެވެ.

މި ޕްރޮމޯޝަންގައި ޗައިނާގެ މަޝްހޫރު ކޮންކާ ގްރޫޕް ކޮމްޕެނީ ލިމިޓެޑްގެ އަގު ހެޔޮ، ކޮލިޓީ ޓީވީ ވަނީ ތައާރަފްކޮށްފަ އެވެ. އެ ގޮތުން އެ ބްރޭންޑްގެ 4ކޭ ކޮލިޓީ ޓީވީ އަކީ ރާއްޖޭގެ ބާޒާރުގައި މި ވަގުތު ލިބެން ހުރި އެންމެ އަގު ހެޔޮ ޓިވީ އެވެ. މި ބްރޭންޑްގެ ޓީވީ ރާއްޖެ އަށް ތައާރަފް ކޮށް، އޭގެ ތަފާތު ފަސް ސައިޒެއް މިހާރު ދަނީ އެ ފިހާރަ އިން ވިއްކަމުންނެވެ.

ރެޑްވޭވުން އަހަރު ނިންމާ ސޭލް ފަށައި، އެ ފިހާރަ އިން ތައާރަފް ކުރި ކޮންކާ ބްރޭންޑްގެ ޓީވީ. --ފޮޓޯ: ރެޑްވޭވް

ރެޑްވޭވުން އަހަރު ނިންމާ ސޭލް ފަށައި، އެ ފިހާރަ އިން ތައާރަފް ކުރި ކޮންކާ ބްރޭންޑްގެ ޓީވީ. --ފޮޓޯ: ރެޑްވޭވް

ރެޑް ވޭވުން ބުނި ގޮތުގައި ނޮވެމްބަރު 15 ވަނަ ދުވަހު ފެށި ޕްރޮމޯޝަނަކީ ގޭތެރޭ ފަރުނީޗަރާއި ބަދިގެ ސާމާނު އާކޮށްލުމަށް ލިބޭ ރަނުގެ ފުރުސަތެކެވެ. އަދި މިހާތަނަށް އެ ޕްރޮމޯޝަނަށް ގިނަ ބައެއްގެ ޝައުގުވެރިކަން ލިބިފައިވާ ކަމަށް އެ ފިހާރަ އިން ބުންޏެވެ.