Roadha Mihaaru
ހައި އެންޑްގެ އަގުހުރި އިނާމުތަކަކާއި ޑިސްކައުންޓް

ރޯދައަށް ހައި އެންޑްގެ އަގުހުރި އިނާމުތަކަކާއި ޑިސްކައުންޓް

16 މާޗް 2023

ރޯދަ މަހަށް ހާއްސަ ކޮށް ފަރުނީޗަރު ފިހާރަ ހައި އެންޑުގެ ހާއްސަ ޕްރޮމޯޝަނެއް ފަށާ، ސޯޝަލް މީޑިއާ ގިވއަވޭއެއްގައި ބައިވެރިވުމަށް ހުޅުވާލައިފި އެވެ.

އައިޝަތު ޖަޒްލީ އައިޝަތު ޖަޒްލީ

ރޯދަ މަހަށް ހާއްސަ ކޮށް ފަރުނީޗަރު ފިހާރަ ހައި އެންޑުގެ ހާއްސަ ޕްރޮމޯޝަނެއް ފަށާ، ސޯޝަލް މީޑިއާ ގިވއަވޭއެއްގައި ބައިވެރިވުމަށް ހުޅުވާލައިފި އެވެ.

ހައި އެންޑް ފިހާރައިން ބުނި ގޮތުގައި ރޯދަ މަހަށް ހާއްސަކޮށް ފެށި ޕްރޮމޯޝަނުގައި ރޯދަ މަހުގެ ނިޔަލަށް އެ ފިހާރައިގެ ހުރިހާ ޕްރޮޑަކްޓުތަކަކުން 10 ޕަސެންޓުގެ ޑިސްކައުންޓް ލިބޭނެ އެވެ. އަދި ޕްރޮމޯޝަނުގެ މުއްދަތުގައި ވިޔަފާރި ކުރާ ހުރިހާ ކަސްޓަމަރުންގެ މެދުގައި ހާއްސަ ލަކީޑްރޯއެއް ނަގާނެ އެވެ.

އެ ލަކީޑްރޯގެ އެއް ވަނަ އަށް ހުށަހަޅާފައި ވަނީ ކުއީން ޕްރިމިއަމް މެޓްރެސް އެކެވެ. ދެ ވަނަ އަށް ލެޑްމިރޯއެއް ހުށަހަޅާފައި ވާއިރު ތިން ވަނަ އަށް ހުށަހަޅާފައި ވަނީ ޑެކޯ ޕްރޮޑަކްޓުތަކާއި ބެޑިންއަށް ހާއްސަ 3500ރ. ގެ ގިފްޓު ވައުޗަރެކެވެ.

މި ޕްރޮމޯޝަން ރޯދަ މަހުގެ ނިޔަލަށް ކުރިއަށް ދާނެ އެވެ.

ހައިއެންޑްއިން ރޯދަ އަށް ހުޅުވާލި ގިވްއަވޭ އަކީ ކަޅުކުލަލއިގެ މިލާން ކުއީން ބެޑްއެއް ހުށަހަޅާފައިވާ ގިވްއަވޭ އެކެވެ. މި ގިވްއަވޭގައި މި މަހުގެ 24 ވަނަ ދުވަހުގެ ނިޔަލަށް ބައިވެރިވެވޭނެ އެވެ.

ގިވްއަވޭ ޕޯސްޓު.

ގިވްއަވޭގައި ބައިވެރިވުމަށް ހައި އެންޑުގެ ޕޭޖު ލައިކުކޮށް، ކޮމެންޓުގައި ދެ ރައްޓެއްސެއް ޓެގު ކޮށް، ގިވްއަވޭ ޕޯސްޓު ޝެއާ ކުރަން ޖެހޭނެ އެވެ.

ހައި އެންޑުގައި މިހާރު ކުރިއަށްދާ ރޯދަ ޕްރޮމޯޝަނުގެ އިތުރުން އަލަށް ހުޅުވި އައިރާ ރެޒިޑެންސާއި ވަން ސެންޓްރަލް އަށް ބަދަލުވާ ކަސްޓަމަރުންނަށް ހާއްސަ ޑިސްކައުންޓުތަކެއް ވެސް އެ ފިހާރައިން ލިބޭނެ ކަމަށް އެ ފިހާރައިން ބުންޏެވެ.

ހައި އެންޑް ފާނިޗާސް އަކީ ކޮލިޓީ ރަނގަޅު، ނިދާ ކޮޓަރި އަށް ހާއްސަ އެކި ވައްތަރުގެ ސްޓައިލިޝް ފަރުނީޗަރުތަކެއް ވިއްކާ ތަނެކެވެ.