Roadha Mihaaru
ކޮލިޓީ ރަނގަޅު ގޮދަޑި ހައި އެންޑް ފަރުނީޗަރުން

ކޮލިޓީ ރަނގަޅު ގޮދަޑި ހައި އެންޑް ފަރުނީޗަރުން ލިބޭނެ

05 އޯގަސްޓް 2021

އެންމެ ލަގްޒަރީ ފަރުނީޗަރުގެ އުފެއްދުންތައް "ހައި އެންޑް ފަރުނީޗާ" ފިހާރައިން ވިއްކަން ފަށައިިފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

އެންމެ ލަގްޒަރީ ފަރުނީޗަރުގެ އުފެއްދުންތައް "ހައި އެންޑް ފަރުނީޗާ" ފިހާރައިން ވިއްކަން ފަށައިިފި އެވެ.

ފަރުނީޗަރުގެ ވިޔަފާރި 2017 ގައި ފެށި އެ ފިހާރައިން ވިއްކާ ފަރުނީޗަރުގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ އެއް އުފެއްދުމަކީ ޕްރީމިއަމް ގޮދަޑި އެވެ. ހައި އެންޑް ފަރުނީޗާގެ ޕްރީމިއަމް ގޮދަޑި އަކީ ވަރުގަދަ ޕޮކެޓް ސްޕްރިންގްތަކާއި ފޯމްގެ ތަފާތު އެކި ބާވަތްތަކުގެ ފަށަލަ ހިމެނޭ ހައިބްރިޑް ގޮދަޑިއެކެވެ.

މި ގޮދަޑި ހަދާފައިވަނީ މައިބަދައަށް ލިބެންޖެހޭ ސަޕޯޓު ލިބި، އަރާމުކޮށް ނިދާލެވޭ ގޮތަށެވެ. ފެންވަރު ރަނގަޅު ތަކެތިން ހަދާފައިވާ މި ގޮދަޑިއަށް އެއްވެސް ބަދަލެއް ނައިސް 12 ވަރަކަށް އަހަރަށް ގެންގުޅެވޭނެ އެވެ. އާންމު ގޮތެއްގައި ގެންގުޅޭ ގޮދަނޑިތައް، ގިނަ ދުވަސް ވާ ވަރަކަށް މެދުން އަޑިވާ ގޮތް ވިޔަސް ހައި-އެންޑް އިން ވިއްކާ މި ގޮދަނޑިއަށް އެހެންނެއް ނުވާނެ އެވެ.

ހައި އެންޑް ފަރުނީޗަރުން ވިއްކާ އެނދެއް. އެ ފިހާރައިން ވިއްކާ ގޮދަޑިތަކަށް އެއްވެސް ބަދަލެއް ނައިސް 12 ވަރަކަށް އަހަރަށް ގެންގުޅެވޭނެ---

ހައި އެންޑް ފަރުނީޗަރުން ވިއްކާ އެނދެއް. އެ ފިހާރައިން ވިއްކާ ގޮދަޑިތަކަށް އެއްވެސް ބަދަލެއް ނައިސް 12 ވަރަކަށް އަހަރަށް ގެންގުޅެވޭނެ---

ގިނަ ވަގުތު ގޮނޑީގައި އިށީނދެ ތިބެން ޖެހުމުގެ ގިސަބަބުން ބުރަކަށީގައި ރިއްސުން ފަދަ އުނދަގޫތައް ދިމާވާ ނަމަ ހައި-އެންޑް އިން ވިއްކާ ގޮދަޑި އަކީ ވަރަށް ބޮޑު ހައްލަކަށްވާނެ އެވެ.

ވަގުތުން ގަނެވެލޭ ގޮތަށް ތަކެތި ވިއްކާ ހައި-އެންޑް ފިހާރައިން ވިއްކާ ގޮދަޑި ހަދަން ބޭނުންކޮށްފައިވަނީ ހެވީ ޑިއުޓީ ޕޮކެޓް ސްޕްރިންގެވެ. މީގެ ސަބަބުން ގިނަ ދުވަސްތަކަކަށް އޭގެ ސްޓްރަކްޗާ ބަދަލުނުވެ ގެންގުޅެވޭނެ އެވެ. ހައި-އެންޑްގެ ޕްރީމިއަމް ގޮދަޑި ރޭންޖްގައި ޕްރީމިއަމް ފާމް ގޮދަޑި ވެސް ހިމެނެ އެވެ. މިއީ ޕްރީމިއަމް ގޮދަޑީގެ ތަންކޮޅެއް ހަރު ގޮދަޑިއެވެ. ފަސޭހައިން އުފުލައި ގެންގުޅެވޭ ގޮތަށް ވެސް މީގެ ގޮދަޑި ލިބޭނެ އެވެ.

ހައި އެންޑް އިން ވިއްކާ ގޮދަނޑިތައް. މި ގޮދަނޑިތައް އެެފޯޑަބަލް ރޭންޖުގައި ވެސް ލިބޭނެ--

ހައި އެންޑް އިން ވިއްކާ ގޮދަނޑިތައް. މި ގޮދަނޑިތައް އެެފޯޑަބަލް ރޭންޖުގައި ވެސް ލިބޭނެ--

ގޮދަޑީގެ އިތުރުން ހައި އެންޑް ފަރުނީޗަރަކީ ދިވެހިރާއްޖޭގައި އަޕްހޯލްސްޓަޑް ފެބްރިކް އެނދު ވިއްކަމުން އަންނަ ބައެކެވެ. ހައި އެންޑުން ޕްރީމިއަމް ކަލެކްޝަން އެނދާއި، ހައި އެންޑް ލަގްޒަރީ ކަލެކްޝަންގެ އެނދާއި، ހައި އެންޑް އެފޯޑަބަލް ރޭންޖްގެ އެނދުތައް ލިބެ އެވެ.

އެހެންވެ ކޮންމެ މީހަކަށް ވެސް އެ މީހެއްގެ ބަޖެޓާއި ސްޓައިލަށް ބަލައިގެން އެނދު ގަތުމުގެ ފުރުސަތު އޮންނާނެ އެވެ.