Roadha Mihaaru
ގިޒްމޯގެ އާ އަހަރުގެ ޕްރޮމޯޝަން، ޑިސްކައުންޓާއި އެކު

ގިޒްމޯގެ އިޔާ އެންޑް ސޭލުން 50 ޕަސެންޓާ ހަމައަށް ޑިސްކައުންޓް

25 ޑިސެމްބަރ 2022

ތަފާތު ގިނަ ވައްތަރުތަކުގެ ކޮމްޕިއުޓަރާއި ކޮމްޕިއުޓާ ހާޑްވެއާ ވިއްކާ ގިޒްމޯ ފިހާރައިން "އިޔާ އެންޑް ސޭލް" އެއް ފަށައިފި އެވެ.

އައިޝަތު ޖަޒްލީ އައިޝަތު ޖަޒްލީ

ތަފާތު ގިނަ ވައްތަރުތަކުގެ ކޮމްޕިއުޓަރާއި ކޮމްޕިއުޓާ ހާޑްވެއާ ވިއްކާ ގިޒްމޯ ފިހާރައިން "އިޔާ އެންޑް ސޭލް" އެއް ފަށައިފި އެވެ.

ކޮމްޕިއުޓަރުތަކުން 50 ޕަސެންޓާ ހަމައަށް ޑިސްކައުންޓު ލިބޭ އެ ޕްރޮމޯޝަނުގެ ދަށުން، އެ ފިހާރަ އިން އޮތޮރައިޒްޑްކޮށް ވިއްކާ ޕެޓްރިއޮޓާއި ހަވިޓް އަދި ރޭޒާ ބްރޭންޑްގެ ޕްރޮޑަކްޓުތަކުން ވެސް ހާއްސަ ޑިސްކައުންޓެއް ލިބޭނެ އެވެ.

ޕްރޮމޯޝަން އޮންނާނީ އަންނަ ޖެނުއަރީ މަހުގެ 10 ވަނަ ދުވަހާ ހަމައަށެވެ.

ގިޒްމޯ ފިހާރައިގައި ހަވިޓް ބްރޭންޑާއި ރޭޒާ ބްރޭންޑުގެ އެކި ވައްތަރުގެ ވަޔާޑް އަދި ވަޔަލެސް ކީބޯޑާއި މައުސް އަދި ހެޑްސެޓާއި އިތުރު ގިނަ ޕްރޮޑަކްޓުތަކެއް ހުރެ އެވެ. އަދި ޕޭޓްރިއޮޓް ބްރޭންޑުގެ ޕެންޑްރައިވާއި މެމޮރީ ކާޑާއި އެކި ބްރޭންޑްތަކުގެ ގެ އެސްއެސްޑީ އާއި ލެޕްޓޮޕާއި ޑެސްކްޓޮޕްގެ ރެމް ވެސް އެ ތަނުގައި ހުރެއެވެ.

ގިޒްމޯއިން ބުނި ގޮތުގައި އެ ފިހާރަ އަކީ ގިނަ ބްރޭންޑުތަކެއްގެ އޮތޮރައިޒްޑް ޑިސްޓްރިބިއުޓަރަކަށް ވުމުން، ހެޔޮ އަގުގައި ކޮމްޕިއުޓާ ހާޑްވެއާ އާއި ޕެންޑްރައިވާއި މެމޮރީ ކާޑާއި ސްޕީކަރު ފަދަ ޕްރޮޑަކްޓުތައް ލިބޭނެ އެވެ.

ގިޒްމޯ ފިހާރައިގެ އެތެރެ. އެ ތަނުގައި އެކި ވައްތަރުގެ ހެޑްސެޓާއި، ހެޑްފޯންސް އަދި ކީބޯޑާއި މައުސް ލިބެން ހުރޭ. -- ފޮޓޯ: ގިޒްމޯ

ގިޒްމޯ ފިހާރައިގެ އެތެރެ. އެ ތަނުގައި އެކި ވައްތަރުގެ ހެޑްސެޓާއި، ހެޑްފޯންސް އަދި ކީބޯޑާއި މައުސް ލިބެން ހުރޭ. -- ފޮޓޯ: ގިޒްމޯ

އެ ތަނުގައި އެކި ކަންކަމަށް ހާއްސަ އެކި ބްރޭންޑުތަކުގެ ލެޕްޓޮޕާއި ކޮމްޕިއުޓަރު ހުރެ އެވެ. ވަރުގަދަ ސްޕެކްސްތައް ހިމެނޭ އަލްޓްރާ ގޭމިން ކޮމްޕިއުޓަރު އެ ތަނުން ދަނީ ވިއްކަމުންނެވެ. އެ ކޮމްޕިއުޓަރަކީ ވީޑިއޯ އެޑިޓިން އާއި ގްރެފިކްސް ޑިޒައިނިން އަދި ރެންޑަރިން އަށް ވެސް ބޭނުން ކުރެވޭނެ ކޮމްޕިއުޓަރެވެ.

ގިޒްމޯއިން ބުނި ގޮތުގައި އެ ތަނުން 3،500ރ. އިން ފެށިގެން އެކި އަގުތަކުގައި ފެންވަރު ރަނގަޅު ލެޕްޓޮޕް ލިބެން ހުންނާނެ އެވެ. އެ ތަނުން ވިއްކާ ތަކެތި އަބަދަށްފެހި މަގުގައި ހުންނަ ގިޒްމޯގެ ޝޯރޫމުން ބަލައިލެވޭނެ އެވެ.