Roadha Mihaaru
އެޗްއެސްސީން 50 ޕަސެންޓާ ހަމައަށް ޑިސްކައުންޓް

އެޗްއެސްސީގެ އަހަރީ ސޭލް: 50 ޕަސެންޓާ ހަމައަށް ޑިސްކައުންޓް

24 ނޮވެމްބަރ 2021

އެޗްއެސްސީ މޯލްޑިވްސްގެ އަހަރު ނިންމައިލުމުގެ ސޭލް ފަށައިފި އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

އެޗްއެސްސީ މޯލްޑިވްސްގެ އަހަރު ނިންމައިލުމުގެ ސޭލް ފަށައިފި އެވެ.

އެ ކުންފުނީގެ އެޗްއެސްސީ ޔޫރޯ ފިހާރަ އިން ލިބެން ހުންނަ ޕްރޮޑަކްޓުތަކުގެ ތެރެއިން ސޭލަށް ހާއްސަ ކޮށްފައިވާ ޕްރޮޑަކްޓުތަކުން 50 ޕަސެންޓާ ހަމައަށް ޑިސްކައުންޓް އަދި ކުރާ ކޮންމެ ވިޔަފާރިއަކާ އެކު ހަދިޔާއެއް ވެސް ލިބޭނެ އެވެ.

އެ ކުންފުނީގެ ކަސްޓަމަރުންގެ ތެރެއިން، ގުޅައިގެން ތަކެތި އޯޑަރުކުރާ ކަސްޓަމަރުންނަށް، އަންނަ ޑިސެމްބަރުގެ މަހުގެ ނިޔަލަށް ބާއްވާ މި ސޭލްގައި ބައިވެރިވެވޭނެ އެވެ. އެގޮތުން، 100ރ. އިން މަތިން ވިޔަފާރިކުރާ ކަސްޓަމަރުންނަށް ހިލޭ ޑެލިވަރީގެ ހިދުމަތް ލިބޭއިރު ޑިސްކައުންޓާއި ހިލޭ ހަދިޔާ ވެސް ލިބޭނެ ކަމަށް އެޗްއެސްސީން ބުންޏެވެ.

މިއީ އެޗްއެސްސީން މިދިޔަ އަހަރުން ފެށިގެން ބާއްވާ ސޭލްއެކެވެ. މިދިޔަ އަހަރު ބޭއްވި ސޭލަށް ވެސް ގިނަ ބައެއްގެ ތަރުހީބު ލިބުނެވެ.

އެޗްއެސްސީ އަކީ ޔޫރަޕުގެ މޮޅު އުފެއްދުންތައް ދިވެހިންނަށް ހެޔޮ އަގެއްގައި ފޯރުކޮށްދިނުމަށް 2018 ވަނަ އަހަރުު އުފެއްދި ކުންފުންޏެކެވެ. އެ ކުންފުނިން ވިއްކާ ތަކެތީގެ ތެރޭގައި "ބާ 2000" ކޮފީ އާއި ކޮފީ މެޝިނާއި "އިސްކޮން" ސަންފްލާވާ ތެލާއި "ޑިޕްލޯ" ބްރޭންޑުގެ ސާފު ކުރާ ސާމާނާއި "މަލީޒިއާ"، "އިންޓެސާ"، "ބްރީޒް" އަދި "މިލްމިލް" ގެ ޕާސަނަލް ކެއާ ޕްރޮޑަކްޓުތައް ހިމެނެ އެވެ.

މީގެ އިތުރުން ދާދި ފަހުން އެ ކުންފުނިން ވަނީ ނަޓެއްލާ އާއި ފެރާރޯ އިޓާލިއާގެ ކިންޑާގެ ރޭންޖުތައް ވެސް ރާއްޖެ އަށް ތައާރަފު ކޮށްފަ އެވެ. އަދި ކުރިމަގުގައި "ޑެ ލޫކާ" ޕާސްތާ އާއި "ޑޮލޯމިއާ" ފެން ވެސް ރާއްޖެއަށް ތައާރަފު ކުރުމަށް އެ ކުންފުނިން އަންނަނީ މަސައްކަތް ކުރަމުންނެވެ.

އެޗްއެސްސީ ޔޫރޯ ފިހާރަ ހުންނާނީ މަޖީދީމަގުން ހީނާމާގެ ޕާކިން ޒޯން ކުރިމަތީގަ އެވެ.