Roadha Mihaaru
ހިލޭ ފައިވާނެއް ލިބޭ ޕްރޮމޯޝަނެއް ނިއު އެޑިޝަންގައި

އެއް ފައިވާނާ އެކު އިތުރު ފައިވާނެއް ނިއު އެޑިޝަނުން ހިލޭ

06 ޑިސެމްބަރ 2019

ރާއްޖެ އަށް ތަފާތު ބްރޭންޑްތައް ތައާރަފު ކުރަމުން އަންނަ ނިއު އެޑިޝަނުން "ބައި ވަން ގެޓް ވަން ފްރީ" ގެ ނަމުގައި ހާއްސަ ޕްރޮމޯޝަނެއް ފަށައިފި އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

ރާއްޖެ އަށް ތަފާތު ބްރޭންޑްތައް ތައާރަފު ކުރަމުން އަންނަ ނިއު އެޑިޝަނުން "ބައި ވަން ގެޓް ވަން ފްރީ" ގެ ނަމުގައި ހާއްސަ ޕްރޮމޯޝަނެއް ފަށައިފި އެވެ.

ނިއު އެޑިޝަނަކީ ދުނިޔޭގެ މަޝްހޫރު ކޮސްމެޓިކް ބްރޭންޑެއް ކަމުގައިވާ، ނޯޓް ކޮސްމެޓިކްސް ގެ ރާއްޖޭގެ އޮތޮރައިޒްޑް ޑިސްޓްރިބިއުޓާ އެވެ. އަދި މަޝްހޫރު ބޮޑީ ސްޕްރޭ ބްރޭންޑްތައް ކަމުގައިވާ މެޖިކް އާއި ލިލީޑޯ ބްރޭންޑުތައް ވެސް ރާއްޖެ އަށް ހޯލްސޭލްކޮށް އަދި ރީޓެއިލް ކުރަނީ ނިއު އެޑިޝަނުންވެ.

މި މަހުގެ 15 ގެ ނިޔަލަށް ނިއު އެޑިޝަނުން ކުރިއަށް ގެންދާ ޚާއްސަ ޕްރޮމޯޝަން ގައި އެ ފިހާރަ އިން ވިއްކާ "ނީ އެންޑް ނާ" ބްރޭންޑްގެ ފައިވާނެއް ނުވަތަ ބޫޓެއް ގަތުމުން، އިތުރު ފައިވާނެއް ނުވަތަ ބޫޓެއް ހިލޭ ލިބޭނެ އެވެ. "ނީ އެންޑް ނާ" އަކީ ދުނިޔޭގެ އެތައް ބައެއްގެ މަގުބޫލްކަން ހޯދާފައިވާ ފަޔަށް ފަސޭހަ ފައިވާނާއި ބޫޓުގެ ބްރޭންޑެކެވެ.

ރާއްޖެ އަށް އެ ބްރޭންޑުގެ ފައިވާނާއި ބޫޓު އެތެރެކޮށް ހޯލްސޭލް ކުރަނީ ނިއު އެޑިޝަނުންނެވެ.

ނިއު އެޑިޝނުން ވަނީ މި ޕްރޮމޯޝަނަށް ހާއްސަ ކޮށްގެން "ނީ އެންޑް ނާ" ގެ އާ ބޫޓުތަކާއި ފައިވާންތައް ވެސް ރާއްޖެ ގެނެސްފަ އެވެ. މި ބްރޭންޑްގެ ބޫޓު އެ ފިހާރަ އިން ވިއްކަނީ 295ރ. އަށެވެ.

މި ޚާއްސަ ޕްރޮމޯޝަންގެ ތެރެއިން ތަފާތު ޑިޒައިންތަކުގެ ފައިވާނާއި ބޫޓް ލިބެން ހުންނާނެ ކަމަށް ވެސް ބުންޏެވެ.

"އަޅުގަނޑުމެންގެ މި ޕްރޮމޯޝަން ގައި ރާއްޖޭގެ ކުދިންނަށް އެންމެ ކަމުދާ ޑިޒައިންތަކުގެ ފައިވާނާއި ބޫޓު ލިބެން ހުންނާނެ. މި ޕްރޮމޯޝަން ގައި އެއް ފައިވާނުގެ ނުވަތަ އެއް ބޫޓުގެ އަގަށް އެބަ ލިބޭ ދޭތި،" ނިއު އެޑިޝަންގެ އޮފިޝަލަކު ބުންޏެވެ.

ނިއު އެޑިޝަނުން ވިއްކާ ނީ އެންޑް ނާ ބްރޭންޑުގެ ފައިވާން ޑިސްޕްލޭ ކޮށްފައި-- ފޮޓޯ:ނިއު އެޑިޝަން

ނިއު އެޑިޝަނުން ވިއްކާ ނީ އެންޑް ނާ ބްރޭންޑުގެ ފައިވާން ޑިސްޕްލޭ ކޮށްފައި-- ފޮޓޯ:ނިއު އެޑިޝަން

މިއީ، މި އަހަރުގެ އަހަރީ ޗުއްޓީގެ ތެރޭގައި ނިއު އެޑިޝަނުން ވިޔަފާރި ކުރާ ކަސްޓަމަރުންނަށް މަޝްހޫރު ބްރޭންޑްތަކުގެ ފައިވާނާއި ބޫޓު ލިބޭނެ ގޮތް ފަހި ކުރުމަށް އެ ފިހާރަ އިން ފެށި ޕްރޮމޯޝަނެކެވެ. ކޮންމެ އަހަރެއްގެ ބޮޑު ޗުއްޓީއާ ދިމާކޮށް، ނިއު އެޑިޝަނުން މިފަދަ ޕްރޮމޯޝަންތައް ކުރިއަށް ގެންދެ އެވެ. އާ އަހަރާ ދިމާކޮށް ވެސް ނިއު އެޑިޝަނުން އަންނަނީ އިތުރު ޕްރޮމޯޝަންތައް ކުރިއަށް ގެންދިއުމަށް ތައްޔާރުވަމުންނެވެ.