Roadha Mihaaru
ގޯޕްރައިމް: ރީޓެއިލް/ހޯލްސޭލް ފިހާރަތައް އެއްތަނަކުން

ގޯޕްރައިމް: ރީޓެއިލް އަދި ހޯލްސޭލް ފިހާރަތައް އެއްތަނަކުން

06 ޖޫން 2020

ރީޓެއިލް އާއި ހޯލްސޭލް ފިހާރަތައް ކަސްޓަމަރުންނާ ގުޅުވައިދޭން އުފެއްދި މޯބައިލް އެޕްލިކޭޝަން "ގޯޕްރައިމް"ގައި ރަޖިސްޓްރީވުމުގެ ފުރުސަތު ރާއްޖޭގެ ހުރިހާ ވިޔަފާރިތަކަށް ހުޅުވާލައިފި އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

ރީޓެއިލް އާއި ހޯލްސޭލް ފިހާރަތައް ކަސްޓަމަރުންނާ ގުޅުވައިދޭން އުފެއްދި މޯބައިލް އެޕްލިކޭޝަން "ގޯޕްރައިމް"ގައި ރަޖިސްޓްރީވުމުގެ ފުރުސަތު ރާއްޖޭގެ ހުރިހާ ވިޔަފާރިތަކަށް ހުޅުވާލައިފި އެވެ.

ގޯޕްރައިމްގައި ރަޖިސްޓްރީވާ ވިޔަފާރިތަކަށް، ބިލް ހެދުމާއި އެކައުންޓު ބެލެހެއްޓުމަށް ފަސޭހަވާނެ ސޮފްޓްވެއާއެއް ކަމަށްވާ "އެވިޓީ ޕޮސް" ހިލޭ ލިބޭނެ އެވެ. މި ސޮފްޓްވެއާގެ ސަބަބުން ވިޔަފާރީގެ ހިސާބުތައް ބަލަހައްޓައި މީރާ ފަދަ ތަންތަނަށް ބޭނުންވާ މައުލޫމާތު ފޯރުކޮށްދިނުުގައި ފަސޭހަވާނެ އެވެ.

މި އެޕުގައި ހޯލްސޭލް އަދި ރީޓެއިލް ފިހާރަތަކުގެ އިތުރުން ކެފޭ، ރެސްޓޯރެންޓު އަދި ދަނޑުވެރިންނަށް ވެސް އެ މީހުންގެ އުފެއްދުންތައް ވިއްކުމުގެ ފުރުސަތު ލިބޭނެ އެވެ. މިއާއެކު ކާނާގެ ބާވަތްތަކާއި ދަނޑުވެރިކަމުގެ އުފެއްދުންތައް ގަންނަން ބޭނުންވާ ކަސްޓަމަރުންނަށް ކޮންމެ ރަށަކުން ވެސް އެތަކެތި ލިބުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލައިފަ އެވެ.

އެވިޓީ ކުންފުނިން އުފެއްދި މި އެޕްލިކޭޝަން ރާއްޖޭގެ މިހާތަނަށް ތައާރަފު ކޮށްފައިވާ މިފަދަ އެހެން އެޕްތަކާ ތަފާތެވެ. މި އެޕުން ވަކި ފިހާރަތަކުން އޯޑަރު ނަގާ ވަގުތައް އެނގޭނެ އެވެ. އަދި އޯޑަރުކުރާ މުދާ ނެގުމުން ކަސްޓަމަރުންނަށް ނޯޓިފިކޭޝަން ފޮނުވާނެ އެވެ. އަދި ކަސްޓަމަރު ބޭނުންވާ މުދަލެއް ހުރިކަން ނުވަތަ ނޫންކަން ވެސް މި އެޕުން އަންގައި ދޭނެ އެވެ.

މީގެ އިތުރުން މި އެޕް މެދުވެރިކޮށް ވިޔަފާރި ކުރުމުން އެ އޯޑަރު ފިހާރައިން ބަލައިގަތްކަން ނުވަތަ ނޫންކަން ވެސް އަންގައި ދޭނެ އެވެ. މި އެޕްލިކޭޝަން http://goprime.mv/ މެދުވެރިކޮށް އެޕް ސްޓޯރުންނާއި ޕްލޭ ސްޓޯރުން މިހާރު ޑައުންލޯޑު ކުރެވޭނެ އެވެ.

މި އެޕުގައި ރަޖިސްޓްރީ ކުރަން ބޭނުންވާ ވިޔަފާރިތަކުން 9110666 އަށް ގުޅުމުން ރަޖިސްޓްރީ ކޮށްދޭނެ އެވެ.

ކޮވިޑް-19 ފެތުރޭތީ، އޮންލައިން ވިޔަފާރިއަށް ބަރޯސާވުމަށް ކަމާބެހޭ ފަރާތްތަކުން އަންނަނީ އިލްތިމާސްކުރަމުންނެވެ. އަދި ގިނަ އަދަދެއްގެ ފިހާރަތަކުން ވަނި އޮންލައިންކޮށް ވިޔަފާރި ކުރެވޭ ގޮތް ހަދައި ޑެލިވަރީގެ ހިދުމަތް ވެސް ފަށައިފަ އެވެ.