Roadha Mihaaru
އޯޝަން ބަބަލްސްގެ މެނޫއަށް ބްރެކްފަސްޓާއި ސޭންޑްވިޗު

އޯޝަން ބަބަލްސްގެ މެނޫއަށް ބްރެކްފަސްޓާއި ސޭންޑްވިޗު

08 އޯގަސްޓް 2023

މަޝްހޫރު ބަބްލް ޓީ ވިއްކާ އޯޝަން ބަބަލްސްގެ މެނޫއަށް އިތުރު އައިޓަމްތަކެއް ތައާރަފްކޮށްފި އެވެ. މި ފަހަރު އެ ތަނުގެ މެނޫއަށް ތައާރަފްކޮށްފައި ވަނީ ބްރެކްފަސްޓާއި ސޭންޑްވިޗެވެ.

އައިޝަތު ޖަޒްލީ އައިޝަތު ޖަޒްލީ

މަޝްހޫރު ބަބްލް ޓީ ވިއްކާ އޯޝަން ބަބަލްސްގެ މެނޫއަށް އިތުރު އައިޓަމްތަކެއް ތައާރަފްކޮށްފި އެވެ. މި ފަހަރު އެ ތަނުގެ މެނޫއަށް ތައާރަފްކޮށްފައި ވަނީ ބްރެކްފަސްޓާއި ސޭންޑްވިޗެވެ.

އޯޝަން ބަބަލްސްއިން ބުނި ގޮތުގައި އެ ތަނަށް ތައާރަފްކުރި ސޭންޑުވިޗަކީ ކަސްޓަމަރު ބޭނުން ގޮތަކަށް ކަސްޓަމައިޒްކޮށް ތައްޔާރުކުރެވޭނެ ސޭންޑްވިޗެކެވެ. ސޭންޑްވިޗް ކަސްޓަމައިޒްކުރުމަށް ކަސްޓަމަރުންނަށް އޮރެގާނޯ އެންޑް ޗީޒް، ހޯލް ވީޓް އަދި ނޯމަލް ބްރެޑްގެ ތެރެއިން ބޭނުން ވައްތަރެއްގެ ބްރެޑް ހިޔާރުކުރުމަށް ލިބޭނެ އެވެ. އަދި މީޓްގެ ގޮތުގައި ސްމޯކްޑް ޗިކަން، ސްމޯކްޑް ޕެޕާ ބީފް، ޓާކީ ހޭމް، ބީފް އަދި ޗިކަން ބޭކަންގެ ތެރެއިން ބޭނުން މީޓެއް ވެސް ހިޔާރުކުރެވޭނެ އެވެ.

އޯޝަން ބަބްލްސްގެ ކޯލްޑް ކަޓް ސޭންޑްވިޗް. -- ފޮޓޯ: އޯޝަން ބަބްލްސް

އޯޝަން ބަބްލްސްގެ ކޯލްޑް ކަޓް ސޭންޑްވިޗް. -- ފޮޓޯ: އޯޝަން ބަބްލްސް

ސޭންޑްވިޗް ފުރިހަމަކުރުމަށް ކަސްޓަމަރަށް ބޭނުން ވެޖިޓަބަލްއަކާއި ސޯސްއެއް ޓޮޕިންސްގެ ގޮތުގައި ހިޔާރުކުރެވޭނެ އެވެ.

އޯޝަން ބަބަލްސްއިން ބްރެކްފަސްޓުގެ ގޮތުގައި ތިން ބްރެކްފަސްޓެއް ވަނީ ތައާރަފްކޮށްފަ އެވެ. އޭގެ ތެރޭގައި ބޮޑު ބްރެކްފަސްޓެއް ބޭނުންވާ ކަސްޓަމަރުންނަށް ބްރައުން ބްރެޑް، ސޮސެޖް، ހޭޝް ބްރައުން، ބޭކްޑް އެގް، ބޭކްޑް ބީންސް، މަޝްރޫމް، ބޭކަން އަދި ގްރިލްޑް ޓޮމާޓޯ ހިމެނޭ "އޯބީ ބިގް ބްރެކްފަސްޓް" ވަނީ ތައާރަފްކޮށްފަ އެވެ.

މިއީ ހެލްތީ ބްރެކްފަސްޓަކަށް ހެދުމަށް މީގައި ހިމެނޭ ތަކެއްޗަކީ ކުޑަ އޮލިވް އޮއިލްކޮޅެއްގައި އެއާ ފްރައިކޮށް ތައްޔާރުކޮށްފައިވާ ތަކެތިކަމަށް އޯޝަން ބަބަލްސްއިން ބުންޏެވެ.

އޯޝަން ބަބްލްސްގެ ބިގް ބްރެކްފަސްޓް. -- ފޮޓޯ: އޯޝަން ބަބްލްސް

އޯޝަން ބަބްލްސްގެ ބިގް ބްރެކްފަސްޓް. -- ފޮޓޯ: އޯޝަން ބަބްލްސް

ލުއި އަދި ހެލްތީ ބްރެކްފަސްޓެއް ބޭނުންވާ ކަސްޓަމަރުންނަށް ގްރީކް ޔޯގަޓް، އާމަންޑް ފްލޭކްސް، ޗިއާ ސީޑްސް، ގްރަނޯލާ އަދި ބަނާނާ ހިމެނޭ ޔޯގަޓް ގްރަނޯލާ ޕާފެއިޓް ބޯލް ވަނީ ތައާރަފްކޮށްފަ އެވެ.

އަދި ބްރެކްފަސްޓް އައިޓަމެއްގެ ގޮތުގައި މޮޒެރެއްލާ، ސްމޯކްޑް ޗިކަން، ބޭކަން، ސޮސެޖް އަދި ގާލިކް ޗީޒް ބްރެޑް ހިމެނޭ ބޭކްޑް ގާލިކް ޗިލީ ބްރެޑް ވެސް ވަނީ ތައާރަފްކޮށްފަ އެވެ.

އޯޝަން ބަބްލްސްގެ އިންސްޓަގްރާމް ޕޯސްޓު.

އޯޝަން ބަބަލްސްއިން ބުނި ގޮތުގައި ބްރެކްފަސްޓު އައިޓަމްތައް ހެނދުނު 8:00 އިން މެންދުރު 12:00 އާ ހަމައަށް ލިބޭނެ އެވެ. އަދި ބްރެކްފަސްޓާ އެކު ހިލޭ ކޮފީ ނޫނީ އައިސް ޓީ ލިބޭނެ އެވެ.

މެންދުރަށް ހާއްސަކޮށް އޯޝަން ބަބަލްސްއިން އެކްސްޕްރެސް ލަންޗުގެ ގޮތުގައި ވެސް ސޭންޑްވިޗާ އެއްކޮށް އައިސްޓީ އެއް ލިބޭނެ އެވެ.

ބަބަލް ޓީއަށް ހާއްސަ މި ތަނުގައި ޕްރިމިއަމް ޓީގެ 11 ވައްތަރަކާއި ބަބަލް ޓީގެ 35 ވައްތަރަކާއި، ތަފާތު ސްމޫތީސް ލިބެން ހުރެ އެވެ.

މި ތަނުގެ އައުޓްލެޓް މާލެ އަދި ހުޅުމާލޭގައި ހުރެ އެވެ. މާލޭގައި ހުންނަ އޯޝަން ބަބަލްސްގެ އައުޓްލެޓަކީ ރާއްޖޭގައި ފުރަތަމަ ފަހަރަށް ސާވާ ރޮބޮޓަކުން ހިދުމަތްދޭ ތަނެވެ.