20 މެއި 2022
ލެމަންގްރާސްގެ އެންމެ ބޮޑު ދެ ރެސްޓޯރެންޓް ޕޮމެލޯ އާއި ސިޓްރޯންގެ ރޯދަވީއްލުމަށް ހާއްސަ ޕްރޮމޯޝަންގެ ނަސީބުވެރިން ރޭ ހޮވައިފި އެވެ.
ލެމަންގްރާސްގެ އެންމެ ބޮޑު ދެ ރެސްޓޯރެންޓް ޕޮމެލޯ އާއި ސިޓްރޯންގެ ރޯދަވީއްލުމަށް ހާއްސަ ޕްރޮމޯޝަންގެ ނަސީބުވެރިން ރޭ ހޮވައިފި އެވެ.
ލެމަންގްރާސް އިން އެ ދެ ޕްރޮމޯޝަންގެ ކުރިއަށް ގެންގޮސްފައި ވަނީ އެލިއާ އާއި ޕާމް ޓްރީ މެރިންއާ ގުޅިގެންނެވެ.
އަގުބޮޑު އިނާމުތަކެއް ދިން މި ޕްރޮމޯޝަންގެ ދަށުން ޕޮމެލޯ ރެސްޓޯރެންޓުގެ ރޯދަވީއްލުންތަކުގައި ބައިވެރިވި މީހުންގެ މެދުގައި ނެގި ގުރުއަތުން އެއް ވަނަ އިނާމަކަށް ދީފައިވަނީ އެލިއާ އިން ވިއްކާ ޔަމަހާ އެންމެކްސް 155 ގެ ސައިކަލެކެވެ. ދެވަނަ އަށް ހޮވުނު ފަރާތަށް ގާމިން ފޯރަނާ 245 ގެ ގަޑިއެއް ލިބުނު އިރު ތިން ވަނައަށް ހޮވުނު ފަރާތަށް އަކުއާފޯގެ ވޯޓާ ފިލްޓަރެއް ވަނީ ހަދިޔާކޮށްފަ އެވެ.
ސިޓްރޯން ރެސްޓޯރެންޓުން މިދިޔަ ރޯދަ މަހު ރޯދަވީއްލި މީހުންގެ މެދުގައި ނެގި ގުރުއަތުލުމުން އެއް ވަނައަށް ދިޔަ ފަރާތަށް ޔަމަހާ އޭރޮކްސް 155 ގެ ސައިލެއް ލިބޭނެ އެވެ. ދެވަނައަށް ގާމިން ފޯރަނާ 245ގެ ގަޑިއެއް ލިބޭ އިރު ތިން ވަނައަށް ހޮވުނު ފަރާތައް އަކުއާފޯ ވޯޓާ ފިލްޓަރެއް ލިބޭނެ އެވެ.
ލެމަންގްރާސްގެ ދެ ރެސްޓޯރެންޓުގެ ރޯދަ ވީއްލުމަށް ހާއްސަ ދެ ޕްރޮމޯޝަންގެ ނަސީބުވެރިން ރޭ ހޮވަނީ
ލެމަންގްރާސް އިން ބުނީ މިފަދަ ޕްރޮމޯޝަނެއް ކުރިއަށް ގެންދިޔައީ ލެމަންގްރާސް ރެސްޓޯރެންޓުން ރޯދަ ވީއްލާ ކަސްޓަމަރުންނަށް ހާއްސަ ހަދިޔާތަކެއް ލިބޭނެ ގޮތް ފަހިކޮށްދިނުމަށެވެ. މިދިޔަ މަހުގެ ދެ ވަނަ ދުވަހުން މި މަހުގެ އަށް ވަނަ ދުވަހަށް ކުރިއަށްދިޔަ މި ޕްރޮމޯޝަންގައި ގިނަ އަދަދެއްގެ ކަސްޓަމަރުން ބައިވެރިވެފައިވެ އެވެ.
ލެމަންގްރާސް އިން ރޯދައަށް ހާއްސަ މި ޕްރޮމޯޝަން 2015 ވަނަ އަހަރުން ފެށިގެން އަންނަނީ ކުރިއަށް ގެންދަމުންނެވެ. މީގެ ކުރިން މި ޕްރޮމޯޝަން ކުރިއަށްގެން ގޮސްފައިވަނީ ހަމައެކަނީ ސިޓްރޯން ރެސްޓޯރެންޓުގަ އެވެ. އެހެން ނަމަވެސް "ޕޮމެލޯ"ގެ ނަމުގައި ރަސްފަންނު ޕެވިލިއަންގައި ހުޅުވި ރެސްޓޯރެންޓްގައި ވެސް ވަނީ މި ޕްރޮމޯޝަން މިފަހަރު ގެންގޮސްފަ އެވެ. އެ ތަނުން ގާތްގަނޑަކަށް 400 މީހުންނަށް އެއްފަހަރާ ހިދުމަތް ދެވޭނެ އެވެ.
އާ އަހަރަށް ރެސްޓޯރަންޓްތަކުގައި ހާއްސަ ބުފޭތައް
އޯޝަން ބަބަލްސްގެ މެނޫއަށް ބްރެކްފަސްޓާއި ސޭންޑްވިޗު
ރެއިންބޯގެ ފުރަތަމަ ރެސްޓޯރަންޓް "ޕެޝިއޯ" ހުޅުވައިފި
ލަވިސްތާގައި ތައި ފުޑްގެ ރަހަ މީރުވާނެ
އެންމެ އަގު ބޮޑު ރޯދަ ވީއްލުމެއް ލިބެނީ ކޮންތާކުން؟
ޕެވިލިއަން ހިންގުން ލެމަންގްރާސް ރެސްޓޯރަންޓަށް
ޓީ ޖެޓީން ރޯދަ ވީއްލައިގެން އުމްރާ ދަތުރެއް
ޕްރޮމޯޝަނަކަށް ޓެޓޫ ޖެހުމުން އަހަރު ދުވަހު ހިލޭ ބާގަ
ރެސްޓޯރަންޓުތައް ހާސްކަމުގައި، ދަރަނި ވެސް އެހާ ބޮޑު!
ގޯޕްރައިމް: ރީޓެއިލް/ހޯލްސޭލް ފިހާރަތައް އެއްތަނަކުން