19 ޖެނުއަރީ 2020
ވަޑާމުގެ ބާވަތްތަކާއި ޕަވަޓޫލްސް އަދި އިމާރާތްކުރުމަށް ބޭނުންވާ ސާމާނު ވިއްކާ "އައިވްސް" ގެ ފިހާރައެއް ހުޅުމާލޭގައި ހުޅުވައިފި އެވެ.
ވަޑާމުގެ ބާވަތްތަކާއި ޕަވަޓޫލްސް އަދި އިމާރާތްކުރުމަށް ބޭނުންވާ ސާމާނު ވިއްކާ "އައިވްސް" ގެ ފިހާރައެއް ހުޅުމާލޭގައި ހުޅުވައިފި އެވެ.
ކަވާނާ ކެފޭ ހުންނަ ރަބަރުގަސް މަގުގައި "އައިވްސް ހޯމް ޑީޕޯ" ގެ ނަމުގައި މި ފިހާރަ ހުޅުއްވައިދެއްވީ ހައުސިން ޑެވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ މެނޭޖިން ޑިރެކްޓަރު ސުހައިލް އަހުމަދެވެ. އައިވްސް ކުންފުނިން ރާއްޖެ އަށް އެތެރެކުރާ 12 ބްރޭންޑެއްގެ ސާމާނު މި ފިހާރައިން ލިބެން ހުންނާނެ އެވެ.
އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު އައިވްސް ފިހާރަ ހުޅުއްވައިދެއްވަނީ-- ފޮޓޯ: މިހާރު
މި ފިހާރަ އިން ޕަވަޓޫލްސް އާއި ސާމާނާއި ކުލަ ލުމަށް ބޭނުންވާ ސާމާނުގެ އިތުރުން ކުލަ އާއި ފްލޯރިން އަދި އިމާރާތުގެ ކަންކަމަށް ބޭނުންވާ ފެންވަރު ރަނގަޅު އުފެއްދުންތައް ލިބެން ހުންނާނެ އެވެ. މި ހުރިހާ އުފެއްދުމަކީ ވެސް އިންޖިނިއަރުންގެ ދިރާސާތަކަށް ފަހު ރާއްޖެ އަށް ތައާރަފުކޮށްފައިވާ އުފެއްދުންތަކެކެވެ.
އައިވްސްގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު އަހުސަން ވިދާޅުވީ އެ ކުންފުނިން ރާއްޖެ އަށް ތައާރަފުކުރި ބްރޭންޑުތަކަކީ ކޮލިޓީ ރަނގަޅު ނަމަވެސް އަގު ހެޔޮ ބްރޭންޑުތަކެއް ކަމަށެވެ. މި ބްރޭންޑުތަކަކީ ދުނިޔޭގެ ބާޒާރުގައި ވެސް ގިނަ ބައެއްގެ އިތުބާރު ލިބިފައިވާ ބްރޭންޑުތަކެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެންގެ ތެރޭގައި މިތިބީ އާކިޓެކްޓުންނާއި އިންޖިނިއަރުން. އެހެންވެ އަޅުގަނޑުމެން ދިރާސާތައް ކުރުމަށް ފަހު މި ބެލީ އަގު ހެޔޮކޮށް ލިބޭނެ މޮޅު، ކޮލިޓީ ސާމާނު ގެނެވޭތޯ. އެގޮތުން އަޅުގަނޑުމެންގެ މި ފިހާރައިން ލިބޭ ހުރިހާ ސާމާނަކީ ވެސް ކޮލިޓީ ރަނގަޅު ސާމާނު." އަހުސަން ވިދާޅުވި އެވެ.
އެޗްޑީސީގެ އެމްޑީ (ވ) އާއި އައިވްސްގެ އެމްޑީ (ކ) ފިހާރައިގެ އުފެއްދުންތައް ބަލާލަނީ-- ފޮޓޯ: މިހާރު
- ކޮން މިކްސް (ކޮންސްޓްރަކްޝަސް ކެމިކަލް).
- ކޭސީސީ ޕެއިންޓް.
- ހާޑެން ޕަވާ ޓޫލް.
- ގާބާ (ފްލޯރިން ސޮލިއުޝަން)
- އޭބީސީ ސީލަންޓް.
- ޑުޕްރޫފް (ވޯޓާ ޕްރޫފިން ސޮލިއުޝަން).
- ހަޓްލަން.
- ރޯލް ރޯއީ.
- ނީމޯ ޕަވާ ޓޫލް.
- ގްރީން ފިލްމް.
- އަންޑަވޯޓާ މެޖިކް.
- މެގް ޕެއިންޓް.
އައިވްސް އިން ވިއްކާ ހާޑެން ބްރޭންޑުގެ ބައެއް ސާމާނު ޑިސްޕްލޭ ކޮށްފައި-- ފޮޓޯ: މިހާރު
މި ފިހާރަ އިން ވިއްކާ އުފެއްދުންތަކުގެ ތެރެއިން އެންމެ ބޮޑަށް ފާހަގަކޮށްލެވެނީ ކުލައިގެ އުފެއްދުންތަކެވެ. ގޭތެރެ އާއި ބޭރުގައި ލުމަށް ހާއްސަ ކުލަތައްލިބެން ހުންނައިރު މިއީ ޒަމާނީ ފެންވަރުގެ ކުލަތަކެވެ. އެގޮތުން، ވައިޓް ބޯޑެއްހެން ފާރު ހަދާލަ ދޭ ކުލަ އާއި ދަގަތްފާނު ބޭނުންކުރެވޭ ގޮތަށް ހުންނަ "މެގްނެޓިކް" ކުލަ ވެސް މި ފިހާރައިން ލިބެން ހުރެ އެވެ. އަދި ކުލަ ލުމަށް ތަފާތު ޑިޒައިންތަކުގެ އެންމެ ފަހުގެ ސާމާނު އެ ފިހާރާގައި ވިއްކަން ހުރެ އެވެ.
އެ ފިހާރަ އިން ވިއްކާ "ގްރީން ފިލްމް" އަކީ ބިއްލޫރި ޖަހާފައި ހުންނަ އިމާރާތްތަކަށް ވަރަށް ބޭނުންތެރި އެެއްޗެކެވެ. މި ފިލްމު ޖަހާފައި ހުންނަ ބިއްލޫރިތަކުން އިރުގެ ހޫނުކަން ވަންނަ މިންވަރު ކުޑަކޮށްދެ އެވެ. މީގެ ސަބަބުން އޭސީ ކޮށްފައި ހުންނަ ތަންތަނުގެ އޭސީގެ ހަރަދު ކުޑަވެ ފިހާރަތަކުގައި ޑިސްޕްލޭކޮށްފައި ހުންނަ ސާމާނު އިރުގެ ހޫނު ކަމުން ރައްކާތެރިކޮށްދެ އެވެ.
އައިވްސް ހުޅުވުން
ފެނު އަޑީގައި ބޭނުން ކުރާ އިލެކްޓްރޯނިކްސް ރާއްޖޭގެ އެކި ފިހާރަތަކުން ލިބެން ހުރި ނަމަވެސް އައިވްސް އިން ވަނީ ބެޓެރި ބޭނުންކުރެވޭ ދުނިޔޭގެ ހަމައެކަނި އަންޑަވޯޓާ އިލެކްޓްރޯނިކް ބްރޭންޑު "ނީމޯ" ވެސް ރާއްޖެ އަށް ތައާރަފު ކޮށްފަ އެވެ. މިއީ ރާއްޖޭން މި ބްރޭންޑުގެ އިލެކްޓްރޯނިކްސް ލިބެން ހުންނާނެ ހަމައެކަނި ފިހާރަ އެވެ.
އައިވްސް އިން ވަނީ ފިހާރަ ހުޅުވުމާއި ގުޅިގެން ހާއްސަ ޕްރޮމޯޝަނެއް ވެސް ފަށައިފަ އެވެ. މި ޕްރޮމޯޝަނުގައި ހުޅުމާލެ "އައިވްސް ހޯމް ޑީޕޯ" އިން ގަންނަ ހާޑެން ބްރޭންޑުގެ ޕަވާ ޓޫލްތަކުންނާއި ހުރިހާ ކުލަތަކުންނާއި ކައުންޓާ ޓޮޕްސް އިންނާއި ގަބާ ބްރޭންޑުގެ ފްލޯރިން އަދި ގްރީން ފިލްމުން 10 ޕަސެންޓުގެ ޑިސްކައުންޓެއް ލިބޭނެ އެވެ. މީގެ އިތުރުން އެ ފިހާރައިން ގަންނަ ކޮންމެ ދޮރަކުން 40 ޕަސެންޓުގެ ޑިސްކައުންޓެއް ލިބޭނެ އެވެ. މި ޕްރޮމޯޝަން ކުރިއަށްދާނީ އަންނަ މަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށެވެ.
އޭޑީކޭގެ "ގަންނަ މާޓް" ފިހާރަ ހުޅުވައިފި
ސީ ގިއާގެ ފިހާރައެއް ހުޅުމާލޭގައި ހުޅުވައިފި
ހިލޭ ފައިވާނެއް ލިބޭ ޕްރޮމޯޝަނެއް ނިއު އެޑިޝަންގައި
ޕްލާޒާއިން އަހުމަދު އަލް މަގްރިބީ ބްރޭންޑް ރާއްޖެއަށް
ޗުއްޓީއަށް އުރީދޫގެ ބޮޑެތި ޑޭޓާ ޕެކްތައް
އިލާލާގެ "ކައުރީ" ފުޅިތަކުން ޑިސްކައުންޓެއް
ޗެމްޕިއަން ޓީމު ދިމާކޮށްގެން އެއް އަހަރުގެ ހިލޭ ޕިއްޒާ
ލޮލުގެ ބަލިތަކަށް ހާއްސަ ޑޮކްޓަރެއް ސިޓީ އޮޕްޓިކަލަށް
ޓުޑޭސް ޓޭސްޓް ފޮށްޓެއް ގަތުމުން ބިސްކޯދު ބޮނޑި ހިލޭ
ޑައިމޯގެ "މޯބައިލް ލޭބަލާ" އިން ބޮޑު ޑިސްކައުންޓެއް