Roadha Mihaaru
ޗުއްޓީއަށް އުރީދޫގެ ބޮޑެތި ޑޭޓާ ޕެކްތައް

ޗުއްޓީއަށް އުރީދޫގެ ބޮޑެތި ޑޭޓާ ޕެކްތަކެއް

21 ޑިސެމްބަރ 2022

އުރީދޫއިން ސްކޫލު ބަންދާ ދިމާކޮށް ބޮޑެތި ޑޭޓާ އެލަވަންސް ލިބޭ މަގޭ ޕްލޭން ޕެކޭޖުތަކެއް ތައާރަފުކޮށްފި އެވެ.

އައިޝަތު ޖަޒްލީ އައިޝަތު ޖަޒްލީ

އުރީދޫއިން ސްކޫލު ބަންދާ ދިމާކޮށް ބޮޑެތި ޑޭޓާ އެލަވަންސް ލިބޭ މަގޭ ޕްލޭން ޕެކޭޖުތަކެއް ތައާރަފުކޮށްފި އެވެ.

އުރީދޫން ތައާރަފުކުރި ޕެކޭޖުތަކަކީ އެއް މަސް ދުވަހުގެ ޑޭޓާ އެލަވަންސް ލިބޭ ޕެކޭޖުތަކެކެވެ. އެ ޕެކޭޖުގެ ދަށުން 450ރ. އަށް 85 ޖީބީގެ ޑޭޓާ ލިބޭނެ އެވެ. އަދި 500ރ. އަށް 100 ޖީބީގެ ޑޭޓާ އެލަވަންސް ލިބެ އެވެ. އެ ޕްލޭނުގެ ދަށުން ލިބޭ އެންމެ ބޮޑު ޑޭޓާ ޕެކަކީ 750ރ. އަށް ލިބޭ 150 ޖީބީގެ ޑޭޓާ ޕެކެވެ.

އެ ޕެކުތައް އުރީދޫ މޮބައިލް ޕެކުތައް މެދުވެރިކޮށް އެކްޓިވޭޓު ކުރެވޭނެ އެވެ.

އުރީދޫއިން ދަނީ އެކި ޗުއްޓީތަކަށް އަމާޒުކޮށް މި ފަދަ ބޮޑު ޑޭޓާ އެލަވަންސް ލިބޭ ޕެކުތައް ތައާރަފް ކުރަމުންނެވެ. މި ފަހަރުގެ ޑޭޓާ އެލަވަންސަކީ ސްކޫލު ބަންދާ ދިމާކޮށް ތައާރަފްކުރި ޕެކުތަކެއް ކަމަށް އުރީދޫއިން ބުންޏެވެ.