Roadha Mihaaru
އުރީދޫ "ފަން ރަން" ގެ ލިމިޓެޑް ސްލޮޓްތަކެއް

އުރީދޫ "ފަން ރަން" ގެ ލިމިޓެޑް ސްލޮޓްތަކަކަށް ހުޅުވާލައިފި

08 ޑިސެމްބަރ 2023

މި މަހު ބާއްވާ އުރީދޫ "ފަން ރަން" ގައި ބައިވެރިވުމަށް އަނެއްކާ ވެސް ފުރުސަތުތަކެއް ހުޅުވާލައިފި އެވެ.

އައިޝަތު ޖަޒްލީ އައިޝަތު ޖަޒްލީ

މި މަހު ބާއްވާ އުރީދޫ "ފަން ރަން" ގައި ބައިވެރިވުމަށް އަނެއްކާ ވެސް ފުރުސަތުތަކެއް ހުޅުވާލައިފި އެވެ.

އެ ކުންފުނިން މިއަދު ބުނީ، "ލިމިޓެޑް ސްލޮޓްތަކާ" އެކު އެ ފުރުސަތު ހުޅުވާލީ ގިނަ ބައެއްގެ އެދުމުގެ މަތިން ކަމަށެވެ.

މި މަހުގެ 22 ގައި ބާއްވާ އެ ދުވުމުުގައި ބައިވެރިވުމަށް މިހާރު ވެސް 5،000 އަށް ވުރެ ގިނަ މީހުން ރަޖިސްޓަރީ ކޮށްފައިވާ ކަމަށް އުރީދޫން ބުންޏެވެ.

ހުރިހާ އުމުރުފުރައަކަށް ބައިވެރިވެވޭ ގޮތަށް ބާއްވާ ދުވުމުގައި "އިންފްލޭޓަބަލް އޮބްސްޓެކަލްސް" ތަކެއް ހުންނާނެ އެވެ. ކުލައިގެ މަޖާ ހަރަކާތްތަކެއް ވެސް ދުވުމުގައި ކުރިއަށް ގެންދާނެ އެވެ.

މި އަހަރުގެ "ފަން ރަން" ބާއްވާ ހަފުތާ ބަންދަކީ ތަފާތު، މަޖާ ހަފުތާ ބަންދަކަށް ހެދުމުގެ ގޮތުން ދުވުން އޮންނަ ދުވަހުގެ ހެނދުނު ޑްރޯން ރޭހެއް ވެސް އޮންނާނެ ކަމަށް އުރީދޫން ބުންޏެވެ. އެއީ ރާއްޖޭގައި މިހާތަނަށް ބާއްވާ ފުރަތަމަ ޑްރޯން ރޭހެވެ. ޑްރޯން ރޭހުގައި ބައިވެރިވުމުގެ ފުރުސަތު ވެސް މިހާރު ވަނީ ހުޅުވާލައިފަ އެވެ.

މި ދުވުމުގެ ކިޓުތައް މޫލީ މެދުވެރިކޮށް މިހާރު އަންނަނީ ވިއްކަމުންނެވެ. "ފަން ރަން" ގެ ކިޓުތައް ވިއްކަނީ ދެ ކެޓަގަރީއަކަށް ބަހާލައިގެންނެވެ. އެއީ ފަން ރަން ޓީޝާޓާއި ރިސްޓްބޭންޑް ހިމެނޭ 100ރ. އަށް ވިއްކާ ސްޓޭންޑަޑް ކިޓާއި ފަން ރަން ޓީޝާޓަކާއި ރިސްޓްބޭންޑު އަދި ފޮތި ދަބަހެއްގެ އިތުރުން އައިނާއި ބަންޑެނާ ހިމެނޭ 200ރ. ގެ ފަން ކިޓެވެ.

މި އަހަރުގެ "ފަން ރަން" ގެ ބައިވެރިންނަށް ބިބް ކަސްޓަމައިޒްކޮށް، އޯޑަރު ކުރުމުގެ ފުރުސަތު ވެސް މޫލީ މެދުވެރިކޮށް އުރީދޫން ވަނީ ހުޅުވާލައިފަ އެވެ.

އުރީދޫ "ފަން ރަން" އަކީ އެ ކުންފުނިން ކުރިން ބާއްވަމުން އައި "ކަލާ ރަން" ރީބްރޭންޑުކޮށް މި ދިޔަ އަހަރު ބާއްވަން ފެށި ދުވުމެވެ.