Roadha Mihaaru

އުރީދޫއިން ދޭ "ހޮންޑާ ރިބެލް" ސައިކަލު ލިބުނު ނަސީބުވެރިޔާއަށް ސައިކަލު ހަވާލުކޮށްފި

މިދިޔަ ސެޕްޓެމްބަރު މަހު އުރީދޫން ފެށި ޕްރޮމޯޝަނުގައި ހުށަހެޅި އެންމެ އަގުހުރި އިނާމު ކަމަށްވާ "ހޮންޑާ ރިބެލް" ސައިކަލް ލިބުނު ނަސީބުވެރިޔާއަށް އެ ސައިކަލު ހަވާލުކޮށްފި އެވެ.

"ހޮންޑާ ރިބެލް" ލިބުނު ނަސީބުވެރިޔާއަށް ސައިކަލު ދީފި
އައިޝަތު ޖަޒްލީ
އައިޝަތު ޖަޒްލީ

26 ޖެނުއަރީ 2025

މިދިޔަ ސެޕްޓެމްބަރު މަހު އުރީދޫން ފެށި ޕްރޮމޯޝަނުގައި ހުށަހެޅި އެންމެ އަގުހުރި އިނާމު ކަމަށްވާ "ހޮންޑާ ރިބެލް" ސައިކަލް ލިބުނު ނަސީބުވެރިޔާއަށް އެ ސައިކަލު ހަވާލުކޮށްފި އެވެ.

އުރީދޫން ދިން "ހޮންޑާ ރިބެލް" ސައިކަލު ދިނުމަށް ނެގި ގުރުއަތުން ހޮވުނީ އިބްރާހިމް އަފްރާ އެވެ. ކަޅު ކުލައިގެ އަދި މިދިޔަ އަހަރުގެ މޮޑެލްއެއް ކަމަށްވާ ރިބެލް ސައިކަލު 300 އޭނާއާ އިއްޔެ ހަވާލުކުރީ ހުޅުމާލެ ރުއްގަނޑުގައި ބޭއްވި ކުލަގަދަ ޝޯއެއްގަ އެވެ.

މިދިޔަ މަހުގެ ނިޔަލަށް އުރީދޫން ކުރިއަށް ގެންދިޔަ އެ ޕްރޮމޯޝަނުގައި ކޮންމެ ތިން ދުވަހަކުން ވަނީ ސައިކަލެއް ދީފަ އެވެ. ޖުމްލަ 30 ސައިކަލު ދިން އެ ޕްރޮމޯޝަނުގައި އެއާ ބްލޭޑް 125 - ސްޓޭންޑާޑް އެޑިޝަން (ރަތް ކުލަ) އާއި އެއާ ބްލޭޑް 160 - ސްޓޭންޑާޑް އެޑިޝަން (ރަތް ކުލަ) އަދި ޕީސީއެކްސް 160 ކަޅު ކުލައިގެ ސައިކަލު ވަނީ ދީފަ އެވެ.

ސައިކަލު ދިނުމަށް ބޭއްވި ހަރަކާތުގައި އާޓިސްޓަކު ޕާފޯމް ކުރަނީ.

ސައިކަލު ދިނުމަށް ބޭއްވި ހަރަކާތުގައި އާޓިސްޓަކު ޕާފޯމް ކުރަނީ.

އެ ޕްރޮމޯޝަން ކުރިއަށް ގެންދިޔައީ 30 ދުވަހުގެ ތެރޭގައި 250ރ. އަށް ވުރެ މަތިން ބިލް ދައްކައި ނުވަތަ ރީޗާޖުކޮށް ނުވަތަ އެޑްއޮން އެއް ބޭނުންކުރާ ކަސްޓަމަރުންނާއި އަލަށް ގުޅޭ ކަސްޓަމަރުންގެ ތެރެއިން ހިދުމަތް ބޭނުން ކުރުމަށް 400ރ. އިން ފެށިގެން މަތިން ބިލް ދައްކައި، ރީޗާޖުކޮށް ނުވަތަ އެޑް އޮން އެއް ބޭނުންކުރާ ކަސްޓަމަރުންގެ މެދުގަ އެވެ.

އެ ޕްރޮމޯޝަނަކީ ރާއްޖޭގެ ބޮޑު ބަޔަކަށް 5ޖީ ހިދުމަތް ތައާރަފް ކުރުމާ ގުޅިގެން ކުރިއަށް ގެންދިޔަ ޕްރޮމޯޝަނެކެވެ. އުރީދޫ 5ޖީ ހިދުމަތް ރާއްޖޭގެ 60 ޕަސެންޓަށް ލިބެ އެވެ.