Roadha Mihaaru
"އާޗާ" ޕްރިޕެއިޑް ކަސްޓަމަރުންނަށް އައިފޯން 15އެއް

"އާޗާ" ޕްރިޕެއިޑް ކަސްޓަމަރުންނަށް އައިފޯން 15އެއް ލިބޭ ޕްރޮމޯޝަނެއް

06 ޑިސެމްބަރ 2023

އުރީދޫގެ "އާޗާ" ޕްރިޕެއިޑް ޕެކްތައް މި މަސް ނިމުމުގެ ކުރިން އެކްޓިވޭޓު ކުރާ ކަސްޓަމަރުންނަށް މިހާރު ކުރިއަށްދާ "ރިޗާޖް އެންޑް ވިން" ޕްރޮމޯޝަނުގައި ބައިވެރިވެވޭނެ ކަމަށް އުރީދޫ އިން ބުނެފި އެވެ.

އައިޝަތު ޖަޒްލީ އައިޝަތު ޖަޒްލީ

އުރީދޫގެ "އާޗާ" ޕްރިޕެއިޑް ޕެކްތައް މި މަސް ނިމުމުގެ ކުރިން އެކްޓިވޭޓު ކުރާ ކަސްޓަމަރުންނަށް މިހާރު ކުރިއަށްދާ "ރިޗާޖް އެންޑް ވިން" ޕްރޮމޯޝަނުގައި ބައިވެރިވެވޭނެ ކަމަށް އުރީދޫ އިން ބުނެފި އެވެ.

އުރީދޫ އިން ބުނި ގޮތުގައި "އާޗާ" ޕްރިޕެއިޑް ކަސްޓަމަރުން "އާޗާ"ގެ ޕެކެއް އެކްޓިވޭޓުކުރުމުން އޮޓަމެޓިކުން ޕްރޮމޯޝަނުގައި ބައިވެރިވެވޭނެ އެވެ. މި ޕްރޮމޯޝަނުގައި ކޮންމެ ހަފްތާއަކު ވެސް ނަސީބުވެރި ކަސްޓަމަރަކަށް އަގުހުރި އިނާމެއް ލިބޭނެ އެވެ. އަދި ގްރޭންޑް ޕްރައިޒް ލިބޭ ފަރާތަށް އައިފޯން 15 ޕްރޯ މެކްސްއެއް ލިބޭނެ ކަމަށް ބުންޏެވެ.

"އާޗާ"ގެ ޕެކްތަކުގެ ތެރޭގައި 60ޖީބީ މުޅި މަހަށް ބަހާލައިގެން ދުވާލަކަށް ދެ ޖީބީ ޑޭޓާ ލިބޭ 500ރ. ގެ ޕެކޭޖާއި، 180 ޖީބީ މުޅި މަހަށް ބަހައިގެން ދުވާލަކަށް 6 ޖީބީ ޑޭޓާ 750ރ. އަށް ލިބޭ ޑޭޓާ ވެސް ހިމެނެ އެވެ.

"އާޗާ" ޕްރިޕެއިޑް ޕްލޭންތަކުން ދުވާލަކަށް ލިބޭ ޑޭޓާ އަކީ އިންޓަނެޓް މެދުވެރިކޮށް ކޮންމެ ކަމެއް ކުރުމަށްވެސް ބޭނުންކުރެވޭނެ ޑޭޓާ އެވެ. އެގޮތުން ކިޔެވުމަށް ބޭނުންކުރާ ޕެލެޓްފޯމްތަކާއި، ނެޓްފްލިކްސް، ސޯޝަލް މީޑިއާ، އަދި ގޭމް ކުޅެ، ޑައުންލޯޑް ކުރުމަށާއި ސްޓްރީމްކުރުމަށްވެސް ބޭނުންކުރެވޭނެއެވެ.