Roadha Mihaaru

އެސްޓީއޯ "މެގަ ސޭލް" ގައި އަގުހުރި އިނާމުތަކާއި ޑިސްކައުންޓް

އެސްޓީއޯ ޕީޕަލްސް ޗޮއިސްގައި އަގުހުރި އިނާމުތަކެއް ލިބޭ "މެގަ ސޭލް" ޕްރޮމޯޝަން ފަށައިފި އެވެ.

އެސްޓީއޯ "މެގަ ސޭލް"ގައި އަގުހުރި އިނާމުތަކެއް
އައިޝަތު ޖަޒްލީ
އައިޝަތު ޖަޒްލީ

20 އޯގަސްޓް 2025

އެސްޓީއޯ ޕީޕަލްސް ޗޮއިސްގައި އަގުހުރި އިނާމުތަކެއް ލިބޭ "މެގަ ސޭލް" ޕްރޮމޯޝަން ފަށައިފި އެވެ.

އެ ޕްރޮމޯޝަނުގައި އެސްޓީއޯ ސުޕަމާޓުން 35 ޕަސެންޓާއި ހަމައަށް ޑިސްކައުންޓް ލިބޭނެ އެވެ. އަދި 500ރ. އިން މަތީގެ ވިޔަފާރިކުރާ ކަސްޓަމަރުންނަށް އެ ޕްރޮމޯޝަނުގެ ލަކީޑްރޯގައި ބައިވެރިވެވޭނެ އެވެ.

އެ ލަކީޑްރޯގެ އެއް ވަނަ އިނާމަކަށް ހުށައަޅާފައިވަނީ ފިލިޕްސް 50 އިންޗިގެ ޓީވީއަކާއި ހިޓާޗީ މައިކްރޯވޭވް އަދި ހިޓާޗީ ބްރޭންޑްގެ އައިސްއަލަމާރި އެކެވެ. ދެ ވަނަ އަށް ހުށައަޅާފައިވަނީ ހިޓާޗީ ވޯޓާ ޑިސްޕެންސަރަކާއި ދޮންނަ މެޝިނަކާއި ހިޓާޗީގެ ފަންކާއެކެވެ. ތިން ވަނަ އަށް ހުށައަޅާފައިވަނީ ހިޓާޗީ ޑިޝް ވޮޝާއަކާއި ރައިސް ކުކަރެކެވެ.

މި ޕްރޮމޯޝަނުގައި އެސްޓީއޯގެ ހާއްސަ ސޯޝަލް މީޑިއާ ކެމްޕެއިންތަކެއް ވެސް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފަ އެވެ. މި ކެމްޕެއިނުގައި ބައިވެރިވުމަށް އެސްޓީއޯ ޕީޕަލްސް ޗޮއިސްގެ ސޯޝަލް މީޑިއާ ޕޭޖުތައް ފޮލޯ ކުރުމަށްފަހު، މި ކެމްޕެއިނަށް ހާއްސަކޮށް ޕޯސްޓުކޮށްފައިވާ ފޮޓޯތަކުގައި ހުންނަ ޕްރޮޑަކްޓުތައް ދިމާކުރާ މީހުންގެ ތެރެއިން ނަސީބުވެރި އެކަކަށް ގިފްޓް ހެމްޕާއެއް ލިބޭނެ އެވެ. އަދި މެގަ ސޭލް ދަށުން ވިއްކާ ޕްރޮޑަކްޓްތައް ގަތުމަށްފަހު އެސްޓީއޯ ޕީޕަލްސް ޗޮއިސް ހޭޝްޓެގް stopeopleschoice# ނުވަތަ މެގަ ސޭލަށް ހާއްސަ ކުރެވިފައިވާ ހޭޝްޓެގް MegaSalePC# އާއެކު ޕްރޮޑަކްޓްތަކުގެ ފޮޓޯ އަޕްލޯޑުކޮށްގެން ފިލިޕްސް އެއާ ފްރަޔާއެއް ހޯދުމުގެ ފުރުސަތު ވެސް ވަނީ ހުޅުވާލައިފަ އެވެ.

އެ ޕްރޮމޯޝަން ކުރިއަށް ދާނީ އަންނަ އޮކްޓޯބަރު މަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށެވެ.