Roadha Mihaaru
"އެސްޓީއޯ ރަމަޒާން ބާޒާރު" ފަށައިފި

"އެސްޓީއޯ ރަމަޒާން ބާޒާރު" ފަށައިފި

11 ފެބުރުއަރީ 2021

ކޮންމެ އަހަރު ރޯދަމަހަށް ހާއްސަކޮށް އެސްޓީއޯ އިން ބާއްވާ "އެސްޓީއޯ ރަމަޒާން ބާޒާރު"ގެ މި އަހަރުގެ ޕްރޮމޯޝަން ފަށައިފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ކޮންމެ އަހަރު ރޯދަމަހަށް ހާއްސަކޮށް އެސްޓީއޯ އިން ބާއްވާ "އެސްޓީއޯ ރަމަޒާން ބާޒާރު"ގެ މި އަހަރުގެ ޕްރޮމޯޝަން ފަށައިފި އެވެ.

މި ޕްރޮމޯޝަން ކުރިއަށްދާނީ މިއަދުން ފެށިގެން އޭޕްރީލް 22 ވަނަ ދުވަހާ ހަމައަށެވެ. އެހެން އަހަރުތަކާ ހިލާފަށް މި ޕްރޮމޯޝަންގައި މިފަހަރު ވަނަތަކަށް ހޮވޭ ފަރާތަކަށް ގިނަ އިނާމުތަކެއް ހިމެނޭ ޕެކޭޖުތަކެއް ދިނުމަށް ނިންމާފައިވެ އެވެ. އެގޮތުން އެއް ވަނަ އަށް ހޮވޭ ފަރާތަކަށް ފިލިޕްސް އެލްއީޑީ 55 އިންޗީގެ ޓީވީ އަކާއި ހިޓާޗީ ފްރިޖް، ޓެކްނޯ ދޮންނަ މެޝިން، ފިލިޕްސް ސައުންޑް ބާ، ސެންފޯޑް އަވަނެއް ލިބޭނެ އެވެ.

ދެވަނަ އަށް ދޭ އިނާމްތަކަކީ ފިލިޕްސް އެލްއީޑީ 55 އިންޗީގެ ޓީވީއަކާއި ހިޓާޗީ ފްރިޖް، ހިޓާޗީ ވެކިއުމް ކްލީނާ، ކުކަރެއް ލިބޭނެ އެވެ. އަދި ތިން ވަނައަށް ހޮވޭ ފަރާތަކަށް އޭއޯސީ 43 އިންޗީގެ ސްމާޓް ޓީވީއަކާއި ހިޓާޗީ ދޮންނަ މެޝިން، ހިޓާޗީ ވެކިއުމް ކްލީނާއެއް ލިބޭނެ އެވެ.

މި ޕްރޮމޯޝަންގައި ހިޓާޗީ ބްރޭންޑްގެ އުފެއްދުންތަކުން 20 ޕަސެންޓާ ހަމައަށް ޑިސްކައުންޓާއި ނިޕޯން ކުލައިން 15 ޕަސެންޓާ ހަމައަށް ޑިސްކައުންޓް ލިބޭ އިރު އެސްޓީއޯ އިން ވިއްކާ ޓީވީތަކުން 15 ޕަސެންޓާ ހަމައަށް ޑިސްކައުންޓް ލިބޭނެ އެވެ.

އެސްޓީއޯ ހޯމް އިމްޕްރޫވްމަންޓުގައި ވިއްކާ ބައެއް ޓީވީތައް

އެސްޓީއޯ ހޯމް އިމްޕްރޫވްމަންޓުގައި ވިއްކާ ބައެއް ޓީވީތައް

އެސްޓީއޯ އިން ބުނީ ރަމަޒާން ބާޒާރަށް ފަހު މަކީޓާ ޕްރޮމޯޝަން ވެސް އަންނަ މާޗު މަހު ފެށޭނެ ކަމަށެވެ. މީގެ އިތުރުން މިއަދުން ފެށިގެން ހޯމް އިމްޕްރޫވްމެންޓްގެ އައިޓަމްތައް އީ-ސްޓޯރުން ގަތުމުން ޑެލިވަރީ ކޮށްދޭނެ އެވެ. ކުރިން ޑެލިވާ ކޮށްދެނީ ސުޕަމާޓުގެ އައިޓަމްތަކާއި ހޯމް އިމްޕްރޫވްމަންޓުން ގަންނަ ފްރިޖް، ދޮންނަ މެޝިން ފަދަ ތަކެއްޗެވެ.

މި ޕްރޮމޯޝަންގެ ލަކީ ޑްރޯގައި ބައިވެރިވެވޭނީ ހޯމް އިމްރޫވްމަންޓުން 1،000 ރުފިޔާއިން މަތީގެ ވިޔަފާރި ކުރާ ފަރާތްތަކަށެވެ. އަދި ސުޕަމާޓުން ނަމަ 500 ރުފިޔާގެ ވިޔަފާރި ކުރާ ފަރާތްތަކަށް ވެސް ޕްރޮމޯޝަންގެ ލަކީ ޑްރޯގައި ބައިވެރިވެވޭނެ އެވެ.

އެސްޓީއޯ އިން ބުނީ މިފަދަ ޕްރޮމޯޝަނެއް ކުރިއަށް ގެންދާއިރު އެއްވެސް ކަސްޓަމަރަކަށް އިނާމެއް ދިނުމަށް ސްޓާފެއްގެ މޯބައިލް ނަންބަރުން ގުޅައި ކަސްޓަމަރުންގެ އެކައުންޓް މައުލޫމާތު ނުހޯދާނެ ކަމަށެވެ. އެހެންކަމުން މިފަދަ ކޯލްތަކަށް ހުރިހާ އެންމެން ވެސް ސަމާލުވުމަށް އެސްޓީއޯ އިން ވަނީ އެދިފަ އެވެ.