Roadha Mihaaru
އެސްޓީއޯގެ "ރަމަޒާން ބާޒާރު" ފަށައިފި

އެސްޓީއޯގެ "ރަމަޒާން ބާޒާރު" ފަށައިފި

23 ފެބުރުއަރީ 2020

ކޮންމެ އަހަރެއްގެ ރޯދަ މަހާ ދިމާކޮށް އެސްޓީއޯ އިން ކުރިއަށްގެންދާ "ރަމަޒާން ބާޒާރު" ފަށައިފި އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

ކޮންމެ އަހަރެއްގެ ރޯދަ މަހާ ދިމާކޮށް އެސްޓީއޯ އިން ކުރިއަށްގެންދާ "ރަމަޒާން ބާޒާރު" ފަށައިފި އެވެ.

އެސްޓީއޯ ހޯމް އިމްޕްރޫވްމަންޓުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި ޕްރޮމޯޝަން ފައްޓަވައިދެއްވީ އެ ކުންފުނީގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރެވެ.

މެއި މަހުގެ ނިޔަލަށް ކުރިއަށް ގެންދާ މި ޕްރޮމޯޝަނުގައި އެސްޓީއޯ އިން ވިއްކާ ހުރިހާ ސާމާނަކުން 40 ޕަސެންޓާ ހަމަ އަށް ޑިސްކައުންޓް ލިބޭނެ އެވެ. އަދި ކޮންމެ ހަފުތާއަކު ނަގާ ގުރުއަތުން ހޮވޭ މީހަކަށް 10،00 - 20،000ރ އާދެމެދުގެ އަގުހުރި އިނާމެއް ލިބޭނެ އެވެ.

އެސްޓީއޯގެ އެމްޑީ ހުސެން އަމްރު އެސްޓީއޯ ހޯމް އިމްޕްރޫވްމަންޓުން ލިބެން ހުންނަ ބައެއް ސާމާނު ބައްލަވާލައްވަނީ-- ފޮޓޯ: އަހުމަދު އައުޝަން އިލްޔާސް

އެސްޓީއޯގެ އެމްޑީ ހުސެން އަމްރު އެސްޓީއޯ ހޯމް އިމްޕްރޫވްމަންޓުން ލިބެން ހުންނަ ބައެއް ސާމާނު ބައްލަވާލައްވަނީ-- ފޮޓޯ: އަހުމަދު އައުޝަން އިލްޔާސް

އެހެން އަހަރުތަކާ ހިލާފަށް މިއަހަރު ރަމަޒާން ބާޒާރުގެ ބޮޑު އިނާމެއްގެ ގޮތުގައި ކަނޑައަޅާފައި ވަނީ އުމްރާ ދަތުރުތަކެކެވެ. އެގޮތުން މުޅި ޕްރޮމޯޝަނުން ހޮވާލެވޭ ތިން މީހަކަށް އުމްރާ ދަތުރެއް ލިބޭނެ އެވެ. މީގެ ތެރެއިން އެއް ވަނަ އަށް ދާ މީހަކަށް ހަތަރު މީހުންގެ އުމްރާ ދަތުރު ލިބޭއިރު ދެ ވަނަ އަށް ދެ މީހެއްގެ އުމްރާ ދަތުރު އަދި ތިން ވަނަ އަށް އެކަކަށް އުމްރާ ދަތުރެއް ލިބޭނެ އެވެ.

މި ޕްރޮމޯޝަންގައި ބައިވެރިވެވޭނީ މި މުއްދަތުގެ ތެރޭގައި އެސްޓީއޯއިން 1،000ރ. އާ ހަމަ އަށް ވިޔަފާރި ކުރާ ކަސްޓަމަރުންނަށެވެ. އެގޮތުން، ކޮންމެ 1000ރ. އަކަށް ކޫޕަނެއް ލިބޭނެ ކަމަށް އެސްޓީއޯއިން ބުންޏެވެ.

މީގެ އިތުރުން މި ޕްރޮމޯޝަން ކުރިއަށްދާ މުއްދަތުގައި މަކިޓާ ބްރޭންޑުގެ ސާމާނާއި ފިލިޕްސް އެއާ ފްރަޔާ ގަންނަ މީހުންނަށް ވަގުތުން އިނާމްތައް ވެސް ލިބޭނެ އެވެ. އަދި އެ ފިހާރައިން ވިއްކާ ނިޕޯން ކުލައިން ވެސް 15 ޕަސެންޓާ ހަމައަށް ޑިސްކައުންޓް ލިބޭނެ އެވެ.

މާލޭގެ އިތުރުން އަތޮޅުތަކުގައި ހުންނަ އެސްޓީއޯގެ ފިހާރަތަކުގައި ވެސް މި ޕްރޮމޯޝަން ކުރިއަށްދާނެ އެވެ.