Roadha Mihaaru
"އަލް ނޫރު" ހިކި ކިރަށް ހާއްސަ ޕްރޮމޯޝަނެއް

އެސްޓީއޯއިން ވިއްކާ "އަލް ނޫރު" ހިކި ކިރަށް ހާއްސަ ޕްރޮމޯޝަނެއް

03 އޯގަސްޓް 2023

އެސްޓީއޯ އިން ވިއްކާ "އަލް ނޫރު" ހިކި ކިރަށް ހާއްސަ ޕްރޮމޯޝަނެއް ފަށައިފި އެވެ.

އައިޝަތު ޖަޒްލީ އައިޝަތު ޖަޒްލީ

އެސްޓީއޯ އިން ވިއްކާ "އަލް ނޫރު" ހިކި ކިރަށް ހާއްސަ ޕްރޮމޯޝަނެއް ފަށައިފި އެވެ.

މި ޕްރޮމޯޝަނުގައި ރީޓްއިލް ކަސްޓްމަރުންނަށް އަލް ނޫރު ހިކި ކިރު ޕެކެޓަކާ އެކު އަލްނޫރު ލޯގޯ ޖެހި ކޮލިޓީ ރަނގަޅު ބިއްލޫރިތައްޓެއް ލިބޭނެ އެވެ. ހޯލްސޭލް ކަސްޓްމަރުންނަށް 1800ގ. ގެ ތިން ކޭސް ގަތުމުން ސުޕާޝެފް މެޔޮނައިސް ކޭހެއް އަދި 2250ގ. ގެ ތިން ކޭސް ގަންނަ ކަސްޓަމަރުންނަށް ނަބަޓީ ރިޗީޒް ކޯންސްޓިކް ޗީޒް ކޭހެއް ލިބޭނެ އެވެ.

މި ޕްރޮމޯޝަނުގައި ހޯލްސޭލް ކަސްޓްމަރުން ގަންނަ ކޮންމެ ކޭހަކަށް ކޫޕަނެއް ލިބޭނެ އެވެ. މި ޕްރޮމޯޝަނުގައި ގުރުއަތުން ހޮވޭ ތިން ކަސްޓަމަރަކަށް 5000ރ. ގެ މުދާ ދޭނެ އެވެ.

މި ޕްރޮމޯޝަން ހާއްސަ ކޮށްފައިވާ "އަލް ނޫރު" ހިކި ކިރަކީ އޮމާންގެ ހިކިކިރު ބަންދުކުރާ އެންމެ ބޮޑު ކުންފުނި، "އޮމާން ފުޑްސްޓަފް"ގެ އުފެއްދުމެކެވެ. "އަލް ނޫރު" ހިކި ކިރުގެ 800 ގުރާމާއި 1800 ގުރާމާއި 2250 ގުރާމުގެ ހިކި ކިރު ޕެކެޓު އެސްޓީއޯއިން ލިބޭނެ އެވެ.

"އަލް ނޫރު" ހިކި ކިރަށް ހާއްސަ ޕްރޮމޯޝަން އެސްޓީއޯގެ ހުރިހާ ފިހާރަތަކެއްގައި ކުރިއަށް ދާނެ އެވެ. މި ޕްރޮމޯޝަން ކުރިއަށް ދާނީ މި އަހަރުގެ ނިޔަލަށެވެ.