Roadha Mihaaru
އިލެކްޓްރޯނިކްސްގެ މަރާމާތަށް ލިންކްސާވް ރިޕެއާ ސެންޓަ

އިލެކްޓްރޯނިކް ސާމާނު މަރާާމާތުކުރަން ލިންކްސާވް ރިޕެއާ ސެންޓަ

17 އެޕްރީލް 2022

ރޯދަމަހު ގެއަށް ބޮޑެތި ބަދަލުތައް ގެނައުމަކީ ވަރަށް ގިނަ ބަޔަކު ކުރާ ކަމެކެވެ. އެ ބަދަލުތައް ގެންނައިރު ގޭގައި ހަލާކުވެފައި ހުންނަ އިލެކްޓްރޯނިކް ސާމާނު އުކާލަ އެވެ. ނަމަވެސް އެފަދަ ސާމާނުގެ ތެރެއިން މަރާމާތުކުރެވޭނެ ސާމާނު އުކާލުމުގެ ބަދަލުގައި އެތަކެތި މަރާމާތު ކުރުން މާ ރަނގަޅެވެ. އެ ހިދުމަތް ލިންކް ސާވުން މިހާރު ފޯރުކޮށްދެ އެވެ.

ލިންކް ސާވްގެ ރިޕެއާ ސެންޓަރުން އެލްކްރިކް ހުރިހާ ސާމާނެއް ވެސް މަރާމާތު ކޮށްދޭނެ އެވެ. އެ ސެންޓަރުން ދޭ ހިދުމަތަކީ ކޮލިޓީ އަދި އިތުބާރު ހިފޭ ހިދުމަތެއްކަން ޔަގީންކޮށްދިނުމަށް މަރާމާތަށް ފަހު ކޮންމެ އެއްޗަކަށް ވެސް ތިން މަހުގެ ވޮރެންޓީއެއް ދޭނެ އެވެ.

އެ ސެންޓަރުގައި މަސައްކަތްކުރަނީ އިލެކްޓްރިކް ސާމާނު މަރާމާތު ކުރުމުގައި ތަޖުރިބާ ލިބިފައިވާ މުވައްޒަފުންނެވެ.

ރާއްޖޭގެ ހުރިހާ ރަށަކަށް ވެސް ލިންކްސާވްގެ މި ހިދުމަތް ވަނީ ހުޅުވާލައިފަ އެވެ. ރަށްރަށުގައި އެ ހިދުމަތް ހޯދަން ބޭނުންވާ މީހުން، މުދާ ބޯޓަށް ލުމަށްފަހު އެއާ ގުޅޭ މައުލޫމާތު ފޯރުކޮށްދިނުމުން އެ ސާމާނު ނަގައި މަރާމާތު ކުރުމަށް ފަހު އަނބުރާ ފޮނުވައި ދޭނެ އެވެ.

ލިންކް ސާވް ރިޕެއާ ސެންޓަރުން ބޯޓުތަކަށާއި މާލެ ސަރަހައްދުގެ ގެތަކަށް ތަކެތި ހިލޭ ޑެލިވަރީ ކޮށްދޭނެ އެވެ.

އެ ސެންޓަރުން ހިދުމަތް ހޯދަން ބޭނުންވާ ކަސްޓަމަރުންނަށް 3003000 އަށް ގުޅައިގެން ނުވަތަ 7900043 އަށް ވައިބަ ކޮށްގެން މައުލޫމާތު ހޯދޭނެ އެވެ.