Roadha Mihaaru
އިލެކްޓްރޯނިކްސް މަރާމާތުކުރުން ލިންކްސާވުން

އިލެކްޓްރޯނިކްސް މަރާމާތުކުރުމުގެ ހިދުމަތް ލިންކްސާވް ސާވިސް ސެންޓަރުން

19 މާޗް 2023

ލިންކްސާވްގެ ސާވިސް ސެންޓަރުން ހުރިހާ ވައްތަރެއްގެ އިލެކްޓްރޯނިކްސް ސާމާނު މަރާމާތުކުރުމުގެ ހިދުމަތް ލިބޭނެ ކަމަށް ބުނެފި އެވެ.

އައިޝަތު ޖަޒްލީ އައިޝަތު ޖަޒްލީ

ލިންކްސާވްގެ ސާވިސް ސެންޓަރުން ހުރިހާ ވައްތަރެއްގެ އިލެކްޓްރޯނިކްސް ސާމާނު މަރާމާތުކުރުމުގެ ހިދުމަތް ލިބޭނެ ކަމަށް ބުނެފި އެވެ.

ލިންކްސާވްއިން ބުނި ގޮތުގައި އިލެކްޓްރިކް އުނދުން، އަވަން، ޓޯސްޓަރު، މިކްސަރު ފަދަ، ބަދިގޭގައި ގެންގުޅޭ ތަކެތީގެ އިތުރުން ލެޕްޓޮޕް، ކޮމްޕިއުޓަރު، ޓީވީ ފަދަ އިލެކްޓްރޯނިކްސް ސާމާނު މަރާމަތް ކޮށްދިނުމުގެ ހިދުމަތް ވެސް އެ ސެންޓަރުން ލިބޭނެ އެވެ.

ލިންކްސާވްއިން ބުނި ގޮތުގައި އެ ކުންފުނީގެ ސާވިސް ސެންޓަރުގައި މަސައްކަތްކުރާ ޓެކްނިޝަނުންނަކީ ކޮލިފައިޑް، ތަޖުރިބާކާރުންނެވެ. އަދި އެ ސެންޓަރުން ރިޕެއާކުރާ އެއްޗިއްސަށް ތިން މަސް ދުވަހުގެ ވޮރަންޓީއެއް ލިބޭނެ ކަމަށް ބުންޏެވެ.

ލިންކްސާވްގެ ސާވިސް ސެންޓަރުގެ ހިދުމަތް ރަށްރަށުގައި ތިބެގެން ހޯދަން ބޭނުންވާ ނަމަ 7900043 ނުވަތަ 3003000 އަށް ގުޅައި މަރާމާތު ކުރަން ބޭނުންވާ އިލެކްޓްރޯނިކްސްގެ މައުލޫމާތު ހިއްސާ ކުރުމަށް ފަހު އެ ތަކެތި ބޯޓު މެދުވެރިކޮށް ފޮނުވޭނެ އެވެ. އަދި މަރާމަތު ނިމުމުން ބޯޓަށް އަނބުރާ ޑެލިވާ ވެސް ކޮށްދޭނެ އެވެ.

ލިންސްސާވްގެ ސާވިސް ސެންޓަރު ހުންނަނީ ލޮނުޒިޔާރަތް މަގުގައި، ގ. ހެރެތެރެ ގޭގަ އެވެ.