Roadha Mihaaru
ވެބްސައިޓާއެކު ލިންކްސާވް ކަސްޓަމަރުންނާ ކައިރިއަށް

ވެބްސައިޓާއެކު ލިންކްސާވް ކަސްޓަމަރުންނާ ކައިރިއަށް

28 އޯގަސްޓް 2020

ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި އައިޓީ ސާމާނުގެ ހިދުމަތް ދެމުން އަންނަ ލިންކް ސާވް އިން ކަސްޓަމަރުންނަށް ފަސޭހަ ކޮށްދިނުމުގެ ގޮތުން ވެބްސައިޓެއް ތައާރަފު ކޮށްފި އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި އައިޓީ ސާމާނުގެ ހިދުމަތް ދެމުން އަންނަ ލިންކް ސާވް އިން ކަސްޓަމަރުންނަށް ފަސޭހަ ކޮށްދިނުމުގެ ގޮތުން ވެބްސައިޓެއް ތައާރަފު ކޮށްފި އެވެ.

އެ ފިހާރައިން ލޯންޗު ކުރި މި ވެބްސައިޓަކީ އެ ފިހާރައިގެ "ސްޓޭ ސޭފް، ސްޓޭ ކަނެކްޓެޑް" އިނީޝިއޭޓިވްގެ ދަށުން ކޮވިޑް-19އާ ގުޅިގެން ކަސްޓަމަރުންނަށް ގޭގައި ތިބެގެން ރައްކާތެރިކަމާއެކު ވިޔަފާރި ކުރެވޭގޮތް ހަދައިދިނުމުގެ ގޮތުން ތައާރަފު ކުރި ވެބްސައިޓެކެވެ. އެ ފިހާރައިން އެދެނީ ފިހާރައަށް ޒިޔާރަތް ކުރުމުގެ ބަދަލުގައި ހުރިހާ ކަސްޓަމަރުން ވެސް ވެބްސައިޓު shop.linkserve.mv މެދުވެރިކޮށް ވިޔަފާރި ކުރުމަށެވެ.

ލިންކް ސާވް އިން ވެބްސައިޓު ތައާރަފު ކުރުމާ ގުޅިގެން އަންނަ މަހުގެ އެއްވަނަ ދުވަހުން ފެށިގެން ނޮވެމްބަރުގެ ނިޔަލަށް ހާއްސަ ޕްރޮމޯޝަނެއް ވެސް ކުރިއަށްގެންދާނެ އެވެ. މި ޕްރޮމޯޝަންގެ ދަށުން އެ ފިހާރައިން ލިބެން ހުންނަ ޕްރޮޑަކްޓުތަކުގެ ތެރެއިން ހާއްސަކޮށްފައިވާ ޕްރޮޑަކްޓުތަކުން އަގުހެޔޮކޮށް ވެބްސައިޓުން ލިބެން ހުންނާނެ އެވެ. މި ވެބްސައިޓްގައި މިވަގުތު ވެސް 8000 އަށް ވުރެ ގިނަ ވައްތަރުގެ ތަފާތު މުދާ ލިބެން ހުންނާނެއެވެ. މި ވެބްސައިޓް ހާއްސަވަނީ ޢައިޓީގެ އިތުރުން އިލެކްޓްރިކަލް އަދި އިލެކްޓްރޯނިކްސްގެ ބާވަތްތަކަށެވެ.

ވެބްސައިޓުން ވިޔަފާރި ކުރާ ކަސްޓަމަރުންނަށް ބޭނުންވާ ހިދުމަތްތައް ހޯދުމަށް ހުކުރު ދުވަސް ފިޔަވައި ހެނދުނު 8:30ން ރޭގަނޑު 11:00އަށް "ލައިވް ޗެޓް" ފީޗާ މެދުވެރިކޮށް ފިހާރައިގެ މުވައްޒަފަކާ ވާހަކަ ދައްކާލެވޭނެ އެވެ. އަދި އެ ކުންފުނީގެ ހޮޓްލައިން 3003000 މެދުވެރިކޮށް ކޯލް ސެންޓަރުގެ މުވައްޒަފަކާ ވާހަދައްކައިގެން މައުލޫމާތު ހޯދާލެވޭނެ އެވެ. މިވަގުތުގެ ހާލަތަށް ބަލައި ފިހާރަ ހުޅުވާފައި ހުންނަ ގަޑިތައް މަދު ނަމަވެސް ވެބްސައިޓް މެދުވެރިކޮށް ކޮންމެ ވަގުތަކު ވެސް ވިޔަފާރި ކުރެވޭނެ އެވެ.

ލިންކްސާވް ވެބްސައިޓުގެ ސްކްރީން ޝޮޓެއް--

ލިންކްސާވް ވެބްސައިޓުގެ ސްކްރީން ޝޮޓެއް--

ވެބްސައިޓު މެދުވެރިކޮށް ވިޔަފާރި ކުރުމުން މާލެއާއި ހުޅުމާލޭގެ ކަސްޓަމަރުންނަށް ގެއާ ހަމައަށް ހިލޭ ޑެލިވަރީގެ ހިދުމަތް ވެސް ކޮށްދޭނެ އެވެ. އެގޮތުން، ކިތަންމެ ކުޑަ އަދަދެއްގެ ވިޔަފާރިއެއް ކުރި ނަމަވެސް 24 ގަޑިއިރު ތެރޭގައި ޑެލިވަރީގެ ހިދުމަތް ލިބޭނެ ކަމުގެ ޔަގީން ކަން ލިންކް ސާވުން ދެ އެވެ. މީގެ އިތުރުން ރަށްރަށުގެ ކަސްޓަމަރުންނަށް ވެސް ލިންކް ސާވްގެ ވެބްސައިޓުން ވިޔަފާރި ކުރެވޭނެ އެވެ. މިގޮތަށް ގަންނަ އުފެއްދުންތައް ކަސްޓަމަރުގެ ގެއާ ހަމައަށް ރެޑްބޮކްސް މެދުވެރިކޮށް ޑެލިވަރީ ކޮށްދޭނެ ކަމަށް އެ ފިހާރައިން ބުންޏެވެ.

ލިންކްސާވްގެ ވެބްސައިޓުން ވިޔަފާރި ކުރުމުގެ އިތުރުން ކެމެރާ ހަރުކުރުން، ނުވަތަ އެނޫން ވެސް އައިޓީ އާއި ގުޅުން ހުރި މަސައްކައްތައް ކުރުމަށް އެޕޮއިންޓްމަންޓު ހެއްދޭނެ އެވެ. ލިންކްސާވް އިން މައުލޫމާތު ދޭގޮތުގައި މި ހިދުމަތް އިތުރަށް ފުޅާކޮށް އަޓީއާ ގުޅުން ނުހުންނަ މަސައްކަތްތައް ކުރުމަށް ވެސް އެޕޮއިންޓްމަންޓު ހެއްދުމުގެ ފުރުސަތު ކަސްޓަމަރުންނަށް ވަރަށް އަވަހަށް ލިބިގެންދާނެ އެވެ،