Roadha Mihaaru
މެގަޗިޕް އިން މައިކްރޯސޮފްޓް ކޯޕައިލެޓް ރާއްޖެއަށް!

މެގަޗިޕް އިން މައިކްރޯސޮފްޓް ކޯޕައިލެޓް ރާއްޖެ އަށް!

23 މެއި 2024

މެގަޗިޕް އިން މައިކްރޯސޮފްޓްގެ އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ޕްރޮޑަކްޓް، "ކޯޕައިލެޓް" ރާއްޖެއަށް ތައާރަފްކޮށް ވިއްކަން ފަށައިފިއެވެ.

މެގަޗިޕް އިން މައިކްރޯސޮފްޓްގެ އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ޕްރޮޑަކްޓް، "ކޯޕައިލެޓް" ރާއްޖެއަށް ތައާރަފްކޮށް ވިއްކަން ފަށައިފިއެވެ.

ކޯޕައިލެޓް އަކީ މައިކްރޯސޮފްޓްގެ ގިނަ ސޮފްޓްވެއާތަކުން ކުރެވޭ މަސައްކަތްތައް އަވަސްކޮށް ފަސޭހަކޮށްކުރެވޭނެ އެޑް އޮން ޕްރޮޑަކްޓެކެވެ.

ކޯޕައިލެޓް ބޭނުންކޮށްގެން ފަސޭހަކަމާ އެކު މައިކްރޯސޮފްޓްގެ ސޮފްޓްވެއަތަކުން ގިނަގުނަ މަސައްކަތްތައް މަދު ސިކުންތުކޮޅެއްގެ ތެރޭގައި ކޮށްލެވޭތީ އެ އޭއައި އަންނަނީ މުޅި ދުނިޔޭގައި ވެސް މަގުބޫލުކަން ހޯދަމުންނެވެ.

"މިސާލަކަށް އޮފީސް ޓީމްސް މީޓިންއަކަށް ލަހުން ވަދެވުނީ. ކޯޕައިލެޓް އިން އަހާލަންވީ މިހާތަނަށް ދެކެވުނު ވާހަކަތަކުގެ ހުލާސާއަކަށް. ހަމަ ވަގުތުން ކޯޕައިލެޓް ޖަވާބު ދޭ. އަދި މީޓިން ނިމުމުން ދެކެވުނު ވާހަކަތަކުގެ މިނިޓްސް އަދި އެކި މީހުނަށް ހަވާލުކުރެވޭ މަަސައްކަތްތައް ކަހަލަ ޓާސްކްތައް އެސައިންކުރުން ފަދަ ކަންކަން ހިމެނޭ." މެގަޗިޕްގެ އޮފިޝަލް ބުންޏެވެ.

އޮފީސް މާހައުލުގައި ބޭނުންކުރެވޭ ޑިޖިޓަލް މައުލޫމާތުތަކުގެ ރައްކާތެރިކަން ހިމެނޭ ގޮތަށް ފަރުމާކުރެވިފައިވާ ކޯޕައިލެޓް ބޭނުންކޮށްގެން މައިކްރޯ ސޮފްޓް އޮފީސް ވޯޑު، އެކްސެލް އަދި ޕަވަޕޮއިންޓް ފަދަ އެތައް ސޮފްޓްވެއަ އަކުން ކުރެވޭ މަަސައްކަތްތަކާ އެކު ޖުމްލަ އުފެއްދުންތެރިކަން އިތުރުކުރެވެ އެވެ.

ވޯޑުން ބިޒްނަސް ޕްރޮޕޯޒަލް ފަދަ ޑޮކިއުމެންޓެއް ޑްރާފްޓްކުރުމާއި ނުވަތަ ޕަވަޕޮއިންޓް އިން ބޭނުންވާ ޕްރެޒެންޓޭޝަނެއް ޑްރާފްޓްކޮށްލަން ކޯޕައިލެޓް ނަގަނީ މަދު ސިކުންތުކޮޅެކެވެ.

ކޯޕައިލެޓް އަކީ އޭގެ އަމިއްލަ ޒާތުގައި ކަންކަން އުނގެނި ދަސްކުރާ އޭއައި ޕްރޮޑަކްޓެކެވެ. އެ އޭއައި ބޭނުންކޮށްގެެން އީމެއިލްއެެއް ލިޔާއިރު ކޯޕައިލެޓް ލިޔާނީ އާންމުކޮށް އެ މީހަކު ލިޔާގޮތާއި ވައްތަރުކޮށެވެ. މެގަޗިޕްއިން ބުނީ، މައިކްރޯސޮފްޓުން ކޯޕައިލެޓް ފަރުމާކޮށްފައި ވަނީ މަސައްކަތުގެ މާހައުލުގައި ބޭނުންކުރެވޭ ސޮފްޓްވެއަތަކުން އޭއައިގެ އެހީގައި އުފެއްދުންތެރިކަން އިތުރުކުރުމާ އެކު ހައިކޮލިޓީ ކޮންޓެންޓް އުފެއްދުމަށް އެހީތެރިވާން ކަމަށެވެ.

"އަޅުގަނޑުމެންގެ މަގްސަދަކީ މުޅި ދުނިޔެއަށް މިއަންނަ ޒަމާނީ އޭއައި ވަސީލަތްތައް ފަސޭހަކަމާ އެކު ހެޔޮއަގުގައި ރާއްޖެއަށް ފޯރުކޮށްދިނުން. މިގޮތުން މިހާރު މި ލޯންޗްކުރެވުނީ މައިކްރޯސޮފްޓް ކޯޕައިލެޓް. އަދި ހަމައެހެންމެ އޭއައި ރެޑީ ޑެލް ބްރޭންޑްގެ ކޮމްޕިއުޓަރު، ލެޕްޓޮޕް، ސާވާ އަދި ނެޓްވޯކިން ސޮލިއުޝަންސް ފަދަ ހާޑްވެއާތައް ވެސް މިހާރު ލިބެން ހުންނާނެ." މެގަޗިޕުން ބުންޏެވެ.

ޑެލް ބްރޭންޑްގެ ލެޕްޓޮޕްތަކުގެ ކީބޯޑަށް މުޅިންއަލަށް ކޯޕައިލެޓް ބަޓަނެއް ތައާރަފްކޮށްފައިވާއިރު ޑެލް ބްރޭންޑްގެ ސީޕީޔޫތަކަށް "ނިއުރަލް ޕްރޮސެސިން ޔުނިޓް - އެންޕީޔޫ" ވަނީ އިތުރުކުރެވިފަ އެވެ. އެންޕީޔޫގެ ބޭނުމަކީ ފަހުގެ ސޮފްޓްވެއަތަކަށް ބޭނުންވާ އޭއައި ޕްރޮސެސިން މަސައްކަތްތައް ސީޕީޔޫގެ ލޯޑަށް ބުރޫނާރުވާ ޕްރޮސެސް ކުރުން ކަމަށް މެގަޗިޕުން ބުންޏެވެ.

މެގަޗިޕުން ފޯރުކޮށްދޭ ހިދުމަތްތަކުގެ ތެރޭގައި މައިކްރޯސޮފްޓްގެ ކްލައުޑް ކޮމްޕިއުޓިން ހިދުމަތްތައް ތައާރަފްކޮށް ފުޅާކުރަމުންދާއިރު، އެ ހިދުމަތްތަކުން ފުރިހަމަ ސެކިއުރިޓީއާއި އިތުބާރާއެކު ޑޭޓާ ސްޓޯރޭޖް، ވޯކްފްލޯ މެނޭޖްމަންޓް އަދި ޖުމްލަކޮށް އޮފީސްތަކަށާއި ވިޔަފާރިތަކަށް އެތައް ލުއި ފަސޭހަތަކެއް ލިބި ހަރަދު ކުޑަކުރެވޭ ކަމަށްވެސް މެގަޗިޕުން ބުންޏެވެ.

އެ ކުންފުނިން ވަނީ 2022 އަދި 2023 ވަނަ އަހަރު ވެސް މައިކްރޯސޮފްޓް ޕާޓްނާ އޮފް ދަ އިޔާ އެވޯޑް އިން ކްލައުޑް ސޮލިއުޝަންސް ހޯދައިފަ އެވެ. މީގެ ކުރީ އަހަރުތަކުގައި މައިކްރޯސޮފްޓާއި ޑެލް އަދި އެހެނިހެން ތަފާތު ގިނަ އެވޯޑުތައް މި ދާއިރާތަކުން މެގަޗިޕުން ހޯދައިފައިވެ އެވެ.

ވޭތުވެދިޔަ 24 އަހަރު ތެރޭގައި މެގަޗިޕް އަކީ ރާއްޖޭގައި އައިސީޓީ ދާއިރާގެ އެކިއެކި ޕްރޮޑަކްޓްތަކާއި ހިދުމަތްތައް ފޯރުކޮށްދިނުމުގައި އެންމެ ފުޅާކޮށް މަސައްކަތް ކުރަމުން އަންނަ ކުންފުންޏެކެވެ. މިހާރު މެގަޗިޕަކީ ރާއްޖޭގެ މައިކްރޮސޮފްޓް ސިލްވަ ޕާޓްނަރެއްގެ އިތުރުން ޑެލް ޕްލެޓިނަމް ޕާޓްނަ އަދި ވީއެމްވެއާ އެޑްވާންސްޑް ޕާޓްނަރެކެވެ.

މާލޭ މަޖީދީމަގުގައި މެގަޗިޕްގެ ޝޯރޫމެއް ހިންގަމުންދާއިރު، ކޮމްޕިއުޓަރު ލެޕްޓޮޕް އަދި އައިސީޓީ ސާމާނު ވިއްކުމާއި ސާވިސްކުރުމަށް ހުޅުމާލެ ނިރޮޅުމަގުގައި ވެސް މެގަޗިޕްގެ ޝޯރޫމެއް ހުޅުވައި، މާލެއިން ލިބޭ ހުރިހާ ހިދުމަތެއް ހުޅުމާލެއިން ލިބޭގޮތަށް މިހާރު ވަނީ ހުޅުވައިފަ އެވެ.

ނޯޓު: މިއީ މެގަޗިޕްގެ ޕްރޮމޯޝަނަލް އާޓިކަލެކެވެ.