Roadha Mihaaru
ވިލާގެ 37 އަހަރުގެ ކާމިޔާބީގެ އަސްލަކީ މުވައްޒަފުން

ވިލާ ގްރޫޕަށް 37 އަހަރު: ކާމިޔާބީގެ އަސްލަކީ މުވައްޒަފުން

16 އެޕްރީލް 2023

އަސާސީ ގިނަ ހިދުމަތްތަކެއް ދިވެހިންނަށް ފޯރުކޮށްދެމުންދާ ވިލާ ގްރޫޕް ވުޖޫދަށް އައީ 1977 ވަނަ އަހަރު އެވެ. ކުންފުނީގެ ބާނީ ގާސިމް އިބްރާހިމް ކިއު.އައި.އެމް ގެ ނަމުގައި ވިޔަފާރިއެއް ރަޖިސްޓަރީކޮށް، ހަނޑުލާއި ޑީސަލް އަދި ކަރާސީނު ރާއްޖެ އަށް އެތެރެކޮށް ވިއްކުމުގެ މަސައްކަތުންނެވެ.

އަސާސީ ގިނަ ހިދުމަތްތަކެއް ދިވެހިންނަށް ފޯރުކޮށްދެމުންދާ ވިލާ ގްރޫޕް ވުޖޫދަށް އައީ 1977 ވަނަ އަހަރު އެވެ. ކުންފުނީގެ ބާނީ ގާސިމް އިބްރާހިމް ކިއު.އައި.އެމް ގެ ނަމުގައި ވިޔަފާރިއެއް ރަޖިސްޓަރީކޮށް، ހަނޑުލާއި ޑީސަލް އަދި ކަރާސީނު ރާއްޖެ އަށް އެތެރެކޮށް ވިއްކުމުގެ މަސައްކަތުންނެވެ.

ދިވެހިންނަށް ލިބުން ދަތި ބާވަތްތަކެއް ފޯރުކޮށްދިނުމަށް އާދައިގެ ގޮތެއްގައި ފެށި މަސައްކަތް 1978 ވަނަ އަހަރު ފުޅާކޮށް، ޖެނެރަލް ކާގޯ ބޯޓެއް ގަނެ، އޭގެ ދެ އަހަރު ފަހުން ތެޔޮ ޓޭންކަރެއް ގަތެވެ. ގާސިމްގެ ވިސްނުން ބެހެއްޓެވީ ރައްޔިތުންނަށް ބޭނުންވާ މުހިއްމު ހިދުމަތް ފުޅާކޮށް، ބޭނުންވާ ވަރަށް ތަކެތި ހުސްނުވެ ފޯރުކޮށްދެވޭނެ އިންތިޒާމް ހަމަޖެއްސެވުމަށެވެ.

ވިލާ ޝިޕިންގެ ތެޔޮ ޓޭންކަރުތައް. -- ފޮޓޯ: ވިލާ

ވިލާ ޝިޕިންގެ ތެޔޮ ޓޭންކަރުތައް. -- ފޮޓޯ: ވިލާ

ވިލާ ޝިޕިން އެންޓް ޓްރޭޑިން ކޮމްޕެނީ ގެ ނަމުގައި ކުންފުންޏެއް އުފައްދަވައި، އެ ކުންފުނީގެ ދަށަށް ވިޔަފާރިތައް ބަދަލު ކުރީ 1986 ވަނަ އަހަރު އެވެ. އެ އަށް ފަހު، ރާއްޖެ އަށް ބޭނުންވާ ގިނަ ދާއިރާތަކަކަށް އަމާޒުކޮށް އެކި ދާއިރާތަކަށް ހާއްސަކޮށް ކުންފުނިތައް އުފައްދަވައި ވިޔަފާރީގެ ހިދުމަތްތައް ފުޅާކުރައްވަމުން ގެންދެވި އެވެ.

މިއަދު ވިލާ ގްރޫޕުގެ ދަށުން ޓޫރިޒަމާއި މަސްވެރިކަމާއި އޭވިއޭޝަނާއި އެއާޕޯޓް އޮޕަރޭޓްކޮށް ހިންގުމާއި ތައުލީމު ދިނުމުގެ ހިދުމަތާއި އަސާސީ ތަކެތީގެ ތެރޭގައި ހިމެނޭ ތެލާއި ގޭސް ފޯރުކޮށްދިނުމާއި އިމާރާތް ކުރުމަށް ބޭނުންވާ އަސާސީ ތަކެތި ފޯރުކޮށްދިނުމަށާއި ޖެނެރަލް ޓްރޭޑިން އާއި މީޑިއާ ފަދަ ހުރިހާ ހިދުމަތެއްގައި ހަރަކާތްތެރިވާ ކުންފުނިތައް ވިލާ ގްރޫޕުގެ ފުރާޅުގެ ދަށުގައި މިހާރު އެބަހުއްޓެވެ.

ފްލައި މީ އަކީ ވެސް ވިލާ ގްރޫޕުގެ ދަށުން ހިންގާ ކުންފުންޏެއް. -- ފޮޓޯ: ވިލާ

ފްލައި މީ އަކީ ވެސް ވިލާ ގްރޫޕުގެ ދަށުން ހިންގާ ކުންފުންޏެއް. -- ފޮޓޯ: ވިލާ

ވިލާ ގްރޫޕުގެ ކުންފުނިތަކުން ހިންގާ ވިޔަފާރިތަކުގެ ތެރޭގައި މަތީ ފަންތީގެ ރިސޯޓުތަކާއި މާމިގިލީ އިންޓަނޭޝަނަލް އެއާޕޯޓްގެ އިތުރުން ކާޑެއްދޫ އެއާޕޯޓް ވެސް ހިމެނެ އެވެ. ޑޮމެސްޓިކް އެއާލައިނަކާއި ޓީވީ ޗެނަލެއްގެ ހިދުމަތް ފޯރުކޮށްދެމުން އަންނައިރު، ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ތައުލީމު ދެމުންދާ ޕްރައިވެޓް ކޮލެޖާއި ހައި ސްކޫލް ވެސް ނިސްބަތް ވަނީ ވިލާ ގުރޫޕަށެވެ.

ކާމިޔާބު 37 އަހަރު ފާހަގަކުރަމުން އަންނައިރު، އެ ކާމިޔާބީގެ ސިއްރަކީ ވިލާ ގްރޫޕުގެ އެކި ކުންފުނިތަކުގައި މަސައްކަތް ކުރާ މުވައްޒަފުންނެވެ. ވިލާގެ ގްރޫޕްގެ އެކި ކުންފުނިތަކުގައި 4،000 އަށް ވުރެ ގިނަ މުވައްޒަފުން މިހާރު ވެސް ވަޒީފާ އަދާކުރެ އެވެ.

ވިލާ ކޮލެޖުގެ ކްލާސްރޫމެއްގައި ދަރިވަރުން ކިޔަވަނީ. މިއީ ވިލާ ގްރޫޕުގެ ދަށުން ހިންގާ ކޮލެޖެއް. -- ފޮޓޯ: ވިލާ

ވިލާ ކޮލެޖުގެ ކްލާސްރޫމެއްގައި ދަރިވަރުން ކިޔަވަނީ. މިއީ ވިލާ ގްރޫޕުގެ ދަށުން ހިންގާ ކޮލެޖެއް. -- ފޮޓޯ: ވިލާ

ވިލާ ގްރޫޕުގެ މުވައްޒަފުންނަކީ އެއް އާއިލާއެއްކަމަށާއި ކޮންމެ މުވައްޒަފަކީ ވެސް ކުންފުނި ތަރައްގީކޮށް، ފުޅާކުރުމުގައި މުހިންމު ދައުރެއް އަދާ ކުރާ މުވައްޒަފެއްގެ ގޮތުގައި ވިލާއިން ފާހަގަކުރި އެވެ. ވިލާ ގްރޫޕުން ބުނި ގޮތުގައި އެ ގްރޫޕުގެ ކުންފުނިތަކުގައި މަސައްކަތް ކުރާ މުވައްޒަފުންނަކީ ގާބިލު ބަޔަކަށް ހެދުމަށްޓަކައި އެ މީހުންގެ ހުނަރު ތަރައްގީކުރެވޭނެ މާހައުލެއް ވަނީ ގާއިމުކޮށްފަ އެވެ.

އެއީ މުވައްޒަފުންގެ ކުރިއެރުމަށް އިސްކަންދޭ ގްރޫޕެއް ކަމަށާއި މުވައްޒަފުންގެ ކުރިއެރުމަށް ތައުލީމާއި ތަމްރީނު ހޯދުމުގެ ފުރުސަތުތައް ފަހިކޮށްދީފައި ވާނެ ކަމަށް ވެސް ބުންޏެވެ. ފްލެކްސިބަލް ވޯކިން އަވާސްތަކެއް ގިނަ މުވައްޒަފުންތަކަކަށް އެ ގްރޫޕުން ފަހިކޮށްދެ އެވެ، މުވައްޒަފުންނަށް ބޭނުންތައް ފުއްދައި ދެވޭނެ ފަދައިން ހުރިހާ ކަމެއް ވެސް ބައްޓަންކޮށްފައި ވާނެ ކަމަށް ވިލާއިން ބުންޏެވެ

ވިލާ ގްރޫޕުގެ ޗީފް އޮޕަރޭޓިން އޮފިސަރު މުއާވިޔަތު އުމަރު ވިދާޅުވި ގޮތުގައި އެ ކުންފުނީގައި ދިގު މުއްދަތަކަށް ހިދުމަތް ކޮށްފައިވާ މުވައްޒަފުންނަކީ ވިލާ ގްރޫޕްގެ ކުންފުނިތައް ރާއްޖޭގެ އެންމެ ކުރީ ސަފުގައި އޮތުމުގެ ސިއްރެވެ.

ވިލާ ޝިޕިން އެންޑް ޓްރޭޑިންގެ ދަށުން ވިލާ މާޓުގެ ނަމުގައި މާޓުތަކެއް މާލެ އަދި ހުޅުމާލޭގައި ވަނީ ހުޅުވާފަ. -- ފޮޓޯ: ވިލާ

ވިލާ ޝިޕިން އެންޑް ޓްރޭޑިންގެ ދަށުން ވިލާ މާޓުގެ ނަމުގައި މާޓުތަކެއް މާލެ އަދި ހުޅުމާލޭގައި ވަނީ ހުޅުވާފަ. -- ފޮޓޯ: ވިލާ

"މިފަދަ މުވައްޒަފުންނަކީ އަޅުގަނޑުމެންނަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކުގައި އެހީ އާއި ތަޖުރިބާ ފޯރުކޮށްދީފައި މުވައްޒަފުން. ވިލާގެ މުސްތަގުބަލަށް ބަލާއިރު، މުވައްޒަފުންގެ ކުރިއެރުމާއި ތަރައްގީ އަށް އިންވެސްޓް ކުރުމަށް އެތަކެއް މަސައްކަތް ދަނީ ކުރަމުން،" މުއާވިޔަތު ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ އަމާޒަކީ ވިލާއަކީ މަސައްކަތް ކުރަން ގަޔާވާނެ ކުންފުންޏަކަށް ހެދުން. ވިލާއަކީ އަޅުގަނޑުމެން ގަބޫލުކުރާ ގޮތުގައި ކޮންމެ ހުރަހަކުން ވެސް އަރައިގަނެ، މި އަށް ވުރެ ރަނގަޅު އުސްމިންތަކަކަށް ވާސިލްވެވޭނެ ކުންފުނެއް."

ވިލާ ގްރޫޕުން މިއަދު ފާހަގަކުރާ ކާމިޔާބީގެ އަސްލަކީ އެ ގްރޫޕުގައި ހިތްހަމަޖެހިގެން މަސައްކަތް ކުރާނެ މާހައުލެއް ބިނާ ކޮށްދީފައި އޮތުމެވެ. ވިލާގެ ކުންފުނިތަކަށް ލޯބި ޖެހިފައިވާ ގިނަ މުވައްޒަފުންތަކެއް އެ ކުންފުނިތައް ކުރިއެރުވުމަށް ކުރަމުންދާ މަސައްކަތްތަކެވެ. އެއީ ވިލާ ގްރޫޕުން ބަލައިގަންނަ މަސައްކަތްތަކެއް ކަމަށާއި ގްރޫޕްގެ ލަނޑުދަނޑިތައް ހާސިލް ކުރުމަށްޓަކައި މުވައްޒަފުން ދެމުންދާ އެއްބާރުލުމާއި އެއްވަރަށް ކާމިޔާބު ބަޔަކަށް ހެދުމަށް އެ ގްރޫޕުގެ ކުންފުނިތަކުން މަސައްކަތް ކުރަމުންދާނެ ކަމަށް ވިލާ އިން ބުންޏެވެ.

އޭވިއޭޝަން ދާއިރާގައި ވެސް ވިލާ ގްރޫޕުން ދަނީ މަސައްކަތް ކުރަމުން. -- ފޮޓޯ: ވިލާ

އޭވިއޭޝަން ދާއިރާގައި ވެސް ވިލާ ގްރޫޕުން ދަނީ މަސައްކަތް ކުރަމުން. -- ފޮޓޯ: ވިލާ

ގިނަ ހިދުމަތްތަކެއް ފޯރުކޮށްދީ، އެކި ދާއިރާތަކުން ރާއްޖެ ތަރައްގީކޮށް، ކުރިއެރުވުމުގައި އިސް ދައުރެއް އަދާ ކުރާ ވިލާ ގްރޫޕުން ވިލާ ފައުންޑޭޝަންގެ ނަމުގައި ފައުންޑޭޝަނެއް އުފައްދައި އެ ފައުންޑޭޝަނުން އިޖްތިމާއީ ޒިންމާގެ ދަށުން މީހުން ބިނާކުރުމާއި ސިއްހީ އެހީގެ ހިދުމަތާއި ތިމާވެށި ހިމާޔަތްކޮށް ރައްކާތެރިކުރުމުގެ އެކި މަސައްކަތްތަކަށް އަންނަނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ.

ވިލާ ގްރޫޕް އުފެއްދުނީންސުރެ އެ ގްރޫޕްގެ ކާމިޔާބުގެ ދަތުރުގެ ހުންގާނުގައި މިއަދާ ހަމައަށް ވެސް ހުންނެވީ ޗެއާމަން ގާސިމެވެ. އޭނާގެ އިރުޝާދުގެ ދަށުން ކުންފުނިތައް ހިންގުމުގެ ޒިންމާތަކާއި މިއަދު ހަވާލުވެ ތިއްބެވީ ގާސިމްގެ ބޭފުޅުންނެވެ. ވިލާ ގްރޫޕުގެ ހޯލްޑިން ކުންފުނީގައި އެންމެ އިސްކޮށް މި ވަގުތު ހަރަކާތްތެރިވަނީ އިބްރާހިމް ސިޔާދު ގާސިމެވެ.

ވިލާ ގްރޫޕްގެ އަމާޒަކީ މިދިޔަ 37 އަހަރުން ލިބުނު ތަޖުރިބާ އިން ރާއްޖެ އަށް އިތުރު ކުރިއެރުން ގެނެސް ދީ، ރައްޔިތުން އެދޭ ފަދަ ހިދުމަތްތަކެއް ފޯރުކޮށްދީ، އިޖުތިމާއީ ކުރިއެރުމާއި އިގްތިސޯދީ ގޮތުން ފުދުންތެރި މުޖުތަމައެއް ބިނާކޮށް، ވިލާ ގުރޫޕްގެ މުވައްޒަފުންގެ ކުރިއެރުމާއި ލާބައަށްޓަކައި މަސައްކަތް ކުރުންމަތީ ދެމިތިބުމެވެ.

ނޯޓް: މިއީ ވިލާ ގްރޫޕުގެ ޕްރޮމޯޝަނަލް އާޓިކަލްއެކެވެ.