ކޮންސަލްޓޭޝަން އަދި އެސެސްމަންޓްގެ ހިދުމަތް ހިލޭ ދޭ ގޮތަށް ޓޯޓަލްފިޒިއޯގެ ހިދުމަތްތައް ރަސްމީކޮށް ފަށައިފި އެވެ.
ކޮންސަލްޓޭޝަން އަދި އެސެސްމަންޓްގެ ހިދުމަތް ހިލޭ ދޭ ގޮތަށް ޓޯޓަލްފިޒިއޯގެ ހިދުމަތްތައް ރަސްމީކޮށް ފަށައިފި އެވެ.
ޒަމާނީ ވަސީލަތްތަކާ އެކު ފިޒިއޮތެރަޕީގެ ގިނަ ހިދުމަތްތަކެއް ދޭ ޓޯޓަލްފިޒިއޯ އިން އެ ހިދުމަތްތައް ދޭން ފެށުމުގެ އެންމެ ބޮޑު އެއް ބޭނުމަކީ ރާއްޖޭގައި އެންމެ ޒަމާނީ، ފެންވަރު ރަނގަޅު އަދި އެޑްވާންސް ފިޒިއޮތެރަޕީގެ ހިދުމަތް އާންމުންނަށް ލިބޭނެ ގޮތް ފަހިކޮށްދިނުމެވެ.
މިވަގުތު ކުރިއަށް ގެންދާ ޕްރޮމޯޝަންގެ ދަށުން ކޮންސަލްޓޭޝަން އަދި އެސެސްމަންޓްގެ ހިދުމަތް ހިލޭ ދޭނެ އެވެ. އަދި މިޕްރޮމޯޝަން ޖޫން މަހުގެ ނިޔަލަށް ކުރިއަށް ގެންދަން އެ ކްލިނިކުން ވަނީ ނިންމައިފަ އެވެ.
ޕްރޮމޯޝަނަށް ފަހު، ކޮންޝަލްޓޭޝަނާއި އެސެސްމަންޓަށް 250ރ. ނަގާނެ ކަމަށް އެ ކްލިނިކުން ބުންޏެވެ.
ޓޯޓަލްފިޒިއޯ. ޒަމާނީ އެޑްވާންސް ފިޒިއޯތެރަޕީގެ ހިދުމަތް. -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
ހ. ސަކީނާ މަންޒިލްގެ ތިން ވަނަ ބުރީގައި ހުންނަ ޓޯޓަލްފިޒިއޯ އިން ހިދުމަތް ރަސްމީކޮށް ފެށި އިރު މިދިޔަ ނޮވެމްބަރުން ފެށިގެން އަންނަނީ އާންމުންނަށް ހިދުމަތްތައް ފޯރުކޮށް ދެމުންނެވެ. ވޭތުވެދިޔަ ކުރު މުއްދަތުގެ ތެރޭގައި އާންމުންގެ ބޮޑު ތަރުހީބެއް ލިބެމުން އަންނަ ކަމަށް ޓޯޓަލްފިޒިއޯ އިން ބުންޏެވެ.
އެތަނުން ދޭ ފެންވަރު ރަނގަޅު ހިދުމަތުގެ ސަބަބުން ވޭތުވެދިޔަ ހަ މަސް ދުވަހުގެ ތެރޭގައި 600 އަށްވުރެ ގިނަ މީހުންނަށް ފަރުވާދީފައިވެ އެވެ.
އެ ކްލިނިކްގެ މެނޭޖިން ޑިރެކްޓަރު އަރީން އަހުމަދު ވިދާޅުވީ އެތަނުން ފަރުވާ ހޯދި މީހުންގެ ތެރެއިން 90 ޕަސެންޓް މީހުން ރިކަވާ ވުމަކީ އެ ކްލިނިކަށް ލިބޭ އެންމެ ބޮޑު އުފާ ކަމަށެވެ. ކުރިއަށް އޮތްތަނުގައި ވެސް މަސައްކަތް ކުރާނީ އެއް ލެވެލްއެއްގައި ފެންވަރު ރަނގަޅު ފިޒިއޮތެރަޕީ ހިދުމަތެއް ފޯރުކޮށްދިނުމަށް ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ހިތްހަމަޖެހި، ގިނަ ޕޭޝަންޓުންތަކެއް އެއް ފަހަރަށް ވުރެ ގިނަ ފަހަރު ހިދުމަތް ހޯދަމުން އަންނަ ކަމަށާއި އިތުރު އެޑްވާންސް ހިދުމަތްތައް ވެސް ތައާރަފް ކުރަން މަސައްކަތްތައް ފަށާފައިވާ ކަމަށް އަރީން ވިދާޅުވި އެވެ.
ލޭޒާ ތެރަޕީގެ ހިދުމަތް ހޯދަނީ -- ފޮޓޯ: ފަޔާޒް މޫސާ / މިހާރު
ވޭތުވެދިޔަ ކުރު މުއްދަތުގެ ތެރޭގައި، ވަރަށް ގިނަ ކުޅިވަރު ކުޅޭ ފަރާތްތަކަށް ވެސް އެ ކްލިނިކުން ހިދުމަތް ދީފައިވެ އެވެ. އަދި ބައެއް ކުޅިވަރު ކުޅުންތެރިންނަށް ރެގިއުލާކޮށް އެ ކްލިނިކުން ފަރުވާދީފައިވެ އެވެ. އެކަމަށް ހާއްސަ އަދި ތަޖުރިބާކާރު ސްޕޯޓްސް ފިޒިއޯތެރަޕިސްޓެއް ވެސް އެ ކްލިނިކްގައި ހުރެ އެވެ. އޭގެ އިތުރުން ޓޯޓަލްފިޒިއޯ އިން ކަކުލުގެ ތަދާއި ކޮޑާއި ހުޅުތަކުގެ ތަދުތަކުގެ އިތުރުން މަސުލް ޕެއިންތަކަށް ވެސް ހާއްސަ ފަރުވާތައް ދޭނެ އެވެ. އަދި އާތުރައިޓިސް އާއި ނާރުގެ މައްސަލަތަކާ ގުޅިގެން އަރާ ތަދުތަކަށް ހާއްސަ ފަރުވާތައް ވެސް ދެ އެވެ.
ޓޯޓަލްފިޒިއޯގައި މަސައްކަތް ކުރާ ފިޒިއޯތެރަޕިސްޓެއް -- ފޮޓޯ: ފަޔާޒް މޫސާ / މިހާރު
ފިޒިއޯތެރަޕީގެ ހިދުމަތް ހޯދަން ކޮންމެހެން ޑޮކްޓަރުގެ ލިޔުމެއް ބޭނުން ނުވާނެ އެވެ. އަދި ޑޮކްޓަރުގެ ލިޔުމެއް އޮތަސް އެއްވެސް ފަރުވާއެއް ދޭން ފަށާނީ ކޮންސަލްޓޭޝަނާއި އެސެސްމަންޓަށް ފަހު އެވެ. ކޮންސަލްޓޭޝަނާއި އެސެސްމަންޓް ހަދާނީ އެ ޕޭޝަންޓަކަށް ފަރުވާދޭ ފިޒިއޯތެރަޕިސްޓެވެ. އެ ކްލިނިކްގެ ހާއްސަ އެއް ކަމަކީ ޕޭޝަންޓުންނަށް ފިޒިއޯތެރަޕިސްޓުން ކަނޑައަޅަނީ، އެ ޕޭޝަންޓެއް ހޯދަން ބޭނުންވާ ފަރުވާ ބެލުމަށްފަހު، އެކަމަށް އެންމެ ގާބިލް ފިޒިޔޯތެރަޕިސްޓެވެ.
އަރީން ވިދާޅުވީ، ފަރުވާ ދޭ ކޮންމެ މީހަކަށް ވެސް ވަކިން ޕާސަނަލައިޒްޑް ޓްރީޓްމެންޓް ޕްލޭނެއް ދޭ ކަމަށެވެ. އަލަށް ފަށައިގެން އުޅޭތީ، އާންމުކޮށް ފަރުވާ ދޭ އަގަށް ވުރެ 40 ޕަސެންޓާ ހަމައަށް ވެސް ޑިސްކައުންޓް ދެމުން އަންނަ ކަމަށާއި އެކަން ކުރަނީ އެތަނުގެ ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީ (ސީއެސްއާރު) ގެ ތެރެއިން ކަމަށެވެ.
ޕޭޝަންޓަކު ފިޒިއޯތެރަޕީ ހޯދަނީ. އެ ކްލިނިކުން ކޮންމެ ޕޭޝަންޓަކަށް ވެސް ޕާސަނަލައިޑް ފިޒިއޯތެރަޕީ ޕްލޭނެއް ދޭ -- ފޮޓޯ: ފަޔާޒް މޫސާ / މިހާރު
އެ ކްލިނިކުން ދޭ އެންމެ މަގްބޫލު ހިދުމަތްތަކުގެ ތެރޭގައި އެޑްވާންސް ލޭޒާ ތެރަޕީ އާއި ކްރައޯތެރަޕީ ހިމެނެ އެވެ. އަދި ރީހެބް ޖިމުގެ ހިދުމަތް ވެސް އެ ކްލިނިކުން ފޯރުކޮށްދެ އެވެ.
"ޓޯޓަލްފިޒިއޯއަކީ އެންމެ ފުރަތަމަ ރާއްޖޭގައި އެޑްވާންސް ލޭޒާ ތެރަޕީ އަދި ކްރައޯތެރަޕީ ދޭންފެށި ކްލިނިކް. ލޭޒާތެރަޕީ އަދި ކްރައޯތެރަޕީ އަކީ ވަރަށް އެފެކްޓިވް ޓްރީޓްމަންޓެއް. ލޭޒާތެރަޕީން އެކިއުޓް އަދި ކްރޮނިކް ތަދުތައް ކުޑަކޮށްދީ ދުޅަތިރިކޮށްދޭ. އަދި ކްރައޯތެރަޕީއަކީ ވެސް އެކިއުޓް އިންޖަރީސް އިންވާ ތަދުތަކާއި ދުޅަތައް ތިރިކޮށް ދިނުމަށް ބޭނުންކުރެވޭ ވަރަށް އެފެކްޓިވް ތެރަޕީއެއް. އަދި އެ ބޭނުންކޮށްގެން ދެވޭ ފަރުވާތަކުން ރިކަވަރީ ޓައިމް އަވަސްކޮށްދޭ،" އޭނާ ވިދާޅުވި އެވެ.
ޓޯޓަލްފިޒިއޯ ކައުންޓަރު: އެ އެ ކްލިނިކުން 600 އަށް ވުރެ ގިނަ މީހުން ފަރުވާ ހޯދާ -- ފޮޓޯ: ފަޔާޒް މޫސާ / މިހާރު
އަރީން ވިދާޅުވީ، އެ ކްލިނިކުގައި ހިދުމަތް ދޭން ބޭނުން ކުރާ ހުރިހާ އިކުއިޕްމަންޓްތަކާއި މެޝިނަރީތަކަކީ ޒަމާނީ އަދި އެޑްވާންސްޑް އިކުއިޕްމެންޓްތައް ކަމަށެވެ.
"މިކްލިނިކްގައި ރީހެބް ޖިމެއް ހުރޭ. އަދި ޖިމަކީ ރީހެބް ޖިމްއަކަށް ބޭނުންވާނެ ހުރިހާ މެޝިނަރީސް އަދި ތަކެއްޗާއެއްކޮށް ހަދާފައިވާ ތަނެއް. ޓްރެޑްމިލް، ރިކުމްބެންޓް ބައިސިކަލް، ރޮވިން މެސިން، ޕެރަލަލް ބާ، އަދި މި ނޫންވެސް ރީހެބް ޖިމަކަށް ބޭނުންވާ ހުރިހާ އެއްޗެއް ހުރޭ،" އޭނާ ވިދާޅުވި އެވެ.
ކްލިނިކަށް އައިސް ހިދުމަތް ހޯދުމުގެ އިތުރުން ހޯމް ފިޒިއޮތެރަޕީގެ ހިދުމަތް ވެސް އެ ކްލިނިކުން އަންނަނީ ދެމުންނެވެ.
ޕިޒިއޯތެރަޕީ ދިނުމަށް ހާއްސަ ކޮޓަރިއެއް. ޓޯޓަލްފިޒިއޯއިން އަންނަނީ ލޭޒާތެރަޕީ ވެސް ދެމުން. -- ފޮޓޯ: ފަޔާޒް މޫސާ / މިހާރު
ކްލިނިކަށް އައިސް ފަރުވާ ހޯދަން ދަތިވާ ފަރާތްތަކާއި ދުވަސްވީ މީހުންނަށާއި ބެޑްރިޑަން ފަރާތްތަކާއި ސްޓްރޯކް ޖެހިފައިވާ ޕޭޝަނުންނަށް ވެސް އެ ހިދުމަތް ދެ އެވެ. އަދި ފައިގެ ނުވަތަ އެހެންވެސް ސާޖަރީއެއް ހަދައިގެން ވަގުތީ ގޮތުން ހިނގަން އުނދަގޫވާ ފަރާތްތަކަށް ވެސް ޓޯޓަލްފިޒިއޯގެ ހޯމް ފިޒިއޮތެރަޕީ ފޯރުކޮށްދެ އެވެ.
"އަޅުގަނޑުމެން ގޭގެއަށް ގޮސް ދުވަސްވީ މީހުންނަށް ސްރެންތަނިން ޕްރޮގްރާމްތައް ވެސް ހިންގަން. އަދި އަޅުގަނޑުމެން ކުރިއަށް އޮތްތަނުގައި ދުވަސްވީ މީހުންނަށް ހާއްސަކޮށްގެން އައުޓްޑޯ ޕްރޮގްރާމެއް ފެށުމަށް ކުރަންޖެހޭ ތައްޔާރީތައް ވަމުން އެބަދަން،" އޭނާ ވިދާޅުވި އެވެ.
ޓޯޓަލްފިޒިއޯ: ޕޭޝަނެއް އެ ކްލިނިކްގެ ހިދުމަތް ހޯދަނީ -- ފޮޓޯ: ފަޔާޒް މޫސާ / މިހާރު
ޓޯޓަލްފިޒިއޯއިން އެފަދަ ޕްރޮގްރާމެއް ހިންގަނީ ދުވަސްވީ މީހުންނަށް ބޭނުންވާ ކަސްރަތު ހިމެނޭ ބެލެންސް އަދި ސްރެންތެނިން ކަސްރަތުތައް ކުރުމަށެވެ. އެ ޕްރޮގްރާމުގައި ބައިވެރިވުމަށް ނަން ނޯޓު ކުރުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލައިފަ އެވެ.
އޭނާ ވިދާޅުވީ، ކޮންސަލްޓޭޝަނަށް ފަހު ކޮންމެހެން ފިޒިއޯ ހަދަން ނުޖެހޭ، ނުވަތަ އެ ކަސްރަތުތަކަކީ، އަމިއްލައަށް ގޭގައި ކުރެވޭނެ ފަދަ ކަސްރަތުތަކެއް ނަމަ، އެކަން ކަން ކިޔައިދޭނެ ކަމަށެވެ. ހޯމް ފިޒިއޮތެރަޕީގެ އިތުރުން ކުޑަކުދިންނަށް ހާއްސަކޮށްގެން ކުޑަކުދިންނަށް ބޭނުންވާ ފިޒިއޮތެރަޕީގެ ހިދުމަތްތައް ފެށުމަށް އެ ކްލިނިކުން އަންނަނީ ތައްޔާރުވަމުންނެވެ.
ޓޯޓަލްފިޒިއޯއިން ދޭ ހިދުމަތްތަކާއި އިތުރު މައުލޫމާތުތައް އޮޅުން ފިލުވަން ނުވަތަ ބުކިން ހެދުމަށް 3301700 އަށް ނުވަތަ 7661700 ގުޅައިގެން ކުރިއަށް ދެވޭނެ އެވެ. ނުވަތަ ވައިބާ ނަންބަރު 7661700 އަށް މެދުވެރިކޮށް މައުލޫމާތު ސާފުކޮށް އަދި އެޕޮއިންޓްމެންޓް ހެދޭނެ އެވެ.
އޯވީއެސް: ވަރަށް ކޮލިޓީ، ނުވަދެ ވާކަށް ނެތް
ޕްލާޒާއިން އަހުމަދު އަލް މަގްރިބީ ބްރޭންޑް ރާއްޖެއަށް
އޭޑީކޭ: ދުންފަތުން ދުރުވުމަށް އެހީތެރިކަން ފޯރުކޮށްދެނީ
މެގަޗިޕް އިން މައިކްރޯސޮފްޓް ކޯޕައިލެޓް ރާއްޖެއަށް!
އިލެކްޓްރިފައި މޯލްޑިވްސް އަހަރީ ދުވަސް ކުލަގަދަކޮށް!
ގިބްލަ އުމްރާ ގްރޫޕުން ރަޖިސްޓްރޭޝަނަށް ހުޅުވާލައިފި
ރާއްޖޭގައި ދިވެހިން ތައްޔާރުކުރާ ކޮމްބޫޗާ
ކްރޮސްރޯޑްސްގައި "ވެލްނަސް ޑޭ" ފާހަގަ ކުރަނީ
ވިލާގެ 37 އަހަރުގެ ކާމިޔާބީގެ އަސްލަކީ މުވައްޒަފުން
ހާޑްރޮކްގައި ހެލްތް އެންޑް ފިޓްނަސް ފެސްޓިވަލެއް